ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ ފިޔަވަޅުތައް އަޅަން އަންގައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި:

ރޯގާޖެހި ދިގުލާަނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކަށް ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުން. 

އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވައިވާނެހެން ރަނގަޅަށް މާސްކް އެޅުން.

އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.

ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.

ކޮވިޑުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

އެޗްޕީއޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުރިއާ އަޅާބަލާއިރު ކޮވިޑު ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން މިދިޔަ ހަފުތާގެ ކުރީ ހަފުތާގައި 39 މީހުން ޕޮޒިޓިވްވިއިރު މިދިޔަ ހަފުތާގައި ވަނީ އެ އަދަދު ދެގުނައަށް އަރައިފައެވެ. މިދިޔަ ހަފުތާގައި 84 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިިދިޔަ ޖަނަވަރީ މަހު 29,307 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު, ފެބްރުއަރީ މަހުގައި 30,628 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް