އެމެރިކާއަށް ދިމާވެފާއޮތީ ހަގީގީ ޔޫ އެފް އޯ ގެ މައްސަލައެއް

Loading

April 9, 2023
profile
Facebook
Twitter
WhatsApp

އެމެރިކާ ނޭވީންގެ ކުރީގެ ފައިޓަރ ޕައިލެޓަކު ދަ ޓެލެގްރާފަށް ކިޔާދިންގޮތުގައި އެމެރިކާގެ ކަރަގޮނޑުގައި އޭނާ ތަމްރީނު ހަދަމުންދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކުހެން ޔޫ އެފް އޯ އާއި ކުރިމަތިލާން ޖެހުނެވެ. 

ވަށް ބުރަކަށް ހުންނަ އެ އުޅަނދުތައް ބައެއްފަހަރު ކިރިޔާ އެކްސިޑެންޓު ނުވާވަރަށް ކައިރިވެސް ވެއެވެ. އެއީ ޗައިނާގެ ފުއްޕާ ހަމެއް ނޫނެވެ. އެއްފަހަރު އަހަރެން ތަމްރީނު ހަދަމުން ގެންދިޔައިރު އޭގެ އުޅަނދަކާ މުޑިނޭރީ ހަމަކިރިޔާއެވެ. 

ޖައްވުތެރެ ވަރަށް ސާފު ދުވަހެއްގައި ގަދަ އަޅިކުލައެއްގެ އެ އުޅަނދު އޭރު އޮތީ އެއްކޮށް ހުއްޓާލައި ގެންނެވެ. ބައެއްފަހަރު އެތައް ބައިވަރެއް އެއްފަހަރާ އާދެއެވެ. އެއަށްފަހު ވައިގެ ތެރެއަށް ގެއްލިދާނެއެވެ. އާންމު ގޮތެއްގައި އެ އުޅަނދުފަހަރުގެ ދުވެލި އުޅެނީ ގަޑިއަކު 120 މޭލުގައެވެ.                                

މި ކަންތައްގަނޑު ބޮޑުވެގެން ލެފްޓިނެންޓް ރިޔާން ގްރޭވެސްގެ ވެރިކަމުގެ ދަށުން ފައިޓަރ އެއަރކްރާފްޓްގެ އެންމެ މޮޅު 18 ޕައިލެޓުންގެ ޖަމާޢަތަކާއެކު މިލިޓްރީގޮތުން މިކިޔާ އަންއައިޓެންޓިފައިޑް އޭރިއަލް ފެނޯމެނާ ( ޔޫ. އޭ. ޕީ. ) ގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފަށައިގަތެވެ.                                

ފާއިތުވެގެން މިދާ 50 އަހަރު ދުވަހު ފާހަގަކުރެވިފައިވާ ޔޫ އޭ ޕީ ގެ މަޢުލޫމާތު ކޮންގެރެސްއަށް ދިނުން މިދިޔަ އަހަރުގައި ބޭއްވުނެވެ. ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 350 ރިޕޯޓް ޕެންޓަގަނަށް ލިބިފައިވާ ކަމަށާއި އޭގެތެރޭން 171 ރިޕޯޓް ތަފްސީލުކޮށްދޭން ނޭންގުނު ކަމަށް ވެއެވެ.                              

ލެފްޓިނެންޓް ގްރޭވްސް މަޢުލޫމާތު ދީފައިވާގޮތުގައި ޕައިލެޓުން ތަމްރީނު ކުރެވެމުންދަނީ ވަރޖީނިޔާގެ ގޮނޑު ދޮށުގައި ޑަބްލިޔޫ-72 ގެ ނަމުންނަންދެވިފައިވާ އެހެން އެއްވެސް އެއްޗެއް އުދުހިފައި ނުވަދެވޭނެ ގޮތަށް މުޅިން ބަންދުކޮށްފައިވާ ސަރަޙައްދެއްގައެވެ. 

އެތަނުގައި ބޭނުންކުރަމުން ގެންދިޔަ ރާޑަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަހު ޕައިލެޓުންނަށް އެއްޗެހިތަކެއް ރާޑަރުން ފެންނާން ފެށިއެވެ. ފުރަތަމަ ހީކުރެވުނީ އެއީ ރާޑަރުގެ ތިކިތަކެއް ކަމަށެވެ. އެހެންނަމަވެސް ފަހުން އެއެއްޗެހިތައް ކައިރިވަމުން އައުމުން އެފް އެލް އައި އާރ ( ފޮރވާރޑް ލުކިންގ އިންފްރާރެޑް) ސިސްޓަމަށް އެއްޗެހި ދެނެގަނެވިއްޖެއެވެ. 

ލެފްޓިނެންޓް ގްރޭވްސް ބުނެފައިވަނީ އެއެއްޗެހި އެންމެ ރަނގަޅަށް ބުނެދެވޭނީއިރުން ޓޯރޗްލައިޓެއްގެ އަލި ފޮނުވާ މިސާލުގައެވެ. ރަނގަޅަށް އެއެއްޗެހިދެނެގަތުމަށްޓަކައި އަހަރެމެންނަށްވެސް އާދެވޭހާ ތިރިއަކަށް އަންނަމެވެ. ކޮންމެ ދުވަހެއްގެ ހެނދުނާ ހަވީރު އެއްޗެހިތައް އައިސް އޮންނާނެއެވެ. 

ބައެއްފަހަރު ދެތިން އެތި އަނެއްބައިފަހަރު ހައެއްކަ އަށެއްކަ އެތި އައިސް އުޅޭނެއެވެ. ކިރިޔަކިރިޔާ އެކްސިޑެންޓް ނުވާވަރަށް ކައިރި ވުމާއިއެކު ކުރިމަތީ އޮންނަ އެއަރކްރާފްޓާ ފަންސާހަކަށްފޫޓުން ކުއްލިއަށް އޭގެ އެއްޗެއް ހުރަސްކޮށްފާނެއެވެ.

އެއަރކްރާފްޓް ކެރިއަރަށް ޖައްސާއިރު ޕައިލެޓުންވެސް ތިބެނީ ބިރުގެންފައެވެ.ވަރަށްގިނަ ފަހަރު އެއެއްޗެހިން ދުރަށް ދިއުމުގެ ބޭނުމުގައި އެހެން ދިމަދިމާލަށް ޕައިލެޓުން ސޮއްސާލަންވެސް ޖެހެއެވެ.                                                                 

ލެފްޓިނެންޓް ގްރީވްސް އިންޒާރަކީ އެއީ ކޮން އެއްޗެއްކަން ޔަގީން ކަމާއިއެކު ބުނެދޭން ނޭންގުނަސް ހަމަކަށަވަރުންވެސް އެއީ އެމެރިކާގެ ޖައްވަށާއި ގައުމީ ސަލާމަތަށްހުރި ބިރުވެރިކަމެކެވެ.                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް