އައިޑީ ކާޑު ހެއްދުމަށް އުނދަގޫކުރިމަތި ކުރުވަނީ ކީއްވެ

Loading

Facebook
Twitter
WhatsApp


     ޑީއެންއާރުން މިހާރު އައިޑީ ކާޑު ހެއްދުމަކީ ވަރަށްބޮދު ތަކުލީފަކަށް ވެއްޖެއެވެ.

     އައިޑީ ކާޑަށް އެދޭ ފޯމް ނަގަން ޖެހެނީ އޮންލައިން ކޮށެވެ. ފޯމު ހުށަހަޅަން ޖެހެހެނީ އޮންލައިން ކޮށެވެ. ފޯމް ހުށަހެޅުމުން ފައިސާދައްކަން ލިބޭ ލިންކަށް ނޫން ގޮތަކަށް ފައިސާ ދެއަކޭނެ އެހެން ގޮތެއް ނުއޮވެއެވެ.

     ރާއްޖޭގެ ރައްޔިތުންގެ އެވްރެޖެ ތަޢުލީމީ ފެންވަރާއި އިންޓަނެޓްގެ ޒަރީޢާއިން އޮން ލައިން ކޮށް އައިޑީ ކާޑު ހެއްދުމަށް ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފުތަކާއި އުފުލަން ޖެހޭ ބުރަމައްކަތް ސަރުކާރުގެ ފަރާތުން މިކަންކަން އިންތިޒާމްކޮށް ހިންގަވާ ފަރާތްތަކުގެ ވިސްނުމއިާމެދު ޙައިރާންވާންވެ އަންތަރީސް ވެއްޖެއެވެ.

 މިއީ ތޯތޯވާހަކައެއް ނޫނެވެ. މިދިޔަހަފްތާގައި އަމިއްއަށް ތަޖުރިބާ ކުރުމަށްފަހު ލިޔާލިއުމެކެވެ. ވެރިކަން ލިބުމުން ވެރިކަމުގެ ބާރުގައިތިބޭއިރު އެމީނާއި އެމީހުންގެ ޢާއިލާއަށް ފޯނުކޯލަކުން ބޭނުންހުރިހާ ކަމެއްވާކަން އެނގެއެވެ. ނަމަވެސް  ރައްޔިތުންގެ ކިބައިން ރައްޔަތުންނަށޭ ކިޔައިފާ އުފެއްދި ސަރުކާރެއް ރައްޔަތުމީހަށް ދެމުންގެންދާ މިފަދަ ޚިދުމަތެއް މިދެންނެވި ސިފައަށް ބަދަލުކޮށްލުމަކީ ރައްޔަތުމީހާއަށް ބެލުމެއްނެތި ނޭއްގާނީ ރޫޙެއްގައި މަސައްކަތް ކުރައްވާކަމުގެ އިހުސާސެއް ތަޞައްވުރުވާ ކަމެކެވެ.

ކޮންމެ މީހަކަށް ފޯނުން އޮބލައިންކޮށް ފޯމް އެޕްލައިކޮށް ޑީ.އެން.އާރު. އާއި ކުރަންޖެހޭ މުޢާމަލާތް ކުރެވޭނެ ކުރެވޭނެ ހެއްޔެވެ. ނުކުރެވޭނެކަން ޔަގީނެވެ. އަދި މިކަން ރަނގަޅަށް މިފަދަ ގަވާއިދުތައް ހަދާމީހުނަށް އެނގޭނެއެވެ. 

     ކަން މިހެން ހުރުމުން ރައްޔިތުމީހާ އުފުލަން ޖެހޭ ތަކުލީފާއި ޖީބުން ކުރަންޖެހޭ ހޭދަވެސް އަންނަނީ އަބަދުމެ ބޮޑުވަމުންނެވެ. ޢިލްމީބޭފުޅުންނަށް އެފަދަ ގަވާޢިދުތައް ފަސޭނަމަ އެގޮތަށް ކަންކުރެވެން އޮންނައިރު އެފަދަގޮތްގޮތަށް އެކަންނުކުރެވޭ ރައްޔަތުމީހާއަށްވެސް ދައުލަތުން ދެއްވާ ޚިދުމަތެއް ފޯރުކޮށްދެވޭނެ ފަސޭހަގޮތެއް ސަަރުކާރުން ހަމަޖައްސަދޭން ޖެހޭނެއެވެ. 

 އެޖެންޓަކަށް ނުވަތަ  މީހަކަށް 200ރުފިޔާ ދީގެން ފޮޓޯ ނަގުވާ މީހަކަށް 50ރުފިޔާދީގެން ފޯމެއް ޑައުންލޯޑުކޮށް މީހަކަށް 100ރުފިޔާދީގެން އޮންލައިންކޮށް އެފޯމު ހުށަޅާ ޑީ.އެނަ.އާރު.ގެ ފަރާތުން ދޭ ލިންކް ހިފައިގެން ތަނަކަށް ގޮސް 20ރުފިޔާ ދީގެން އެލިންކަށް އަނެއްކާ 150ރުފިޔާ ދައްކަން ޖެހުމަކީ މުސީބާތެއް ނޫންތޯއެވެ.

    މިހުރިހާމަސައްކަތް ފުރިހަމަކުރުމަށް ފަހު އޮންލައިންކޮށް ކިޔުބީ ނަމްބަރެއް ނަގަން ބުނެތެވެ. އެނަމްބަރު ދުވާލަކު ދޫކުރަނީ 150ނަމްބަރެވެ. އޮފީސް ހުޅުވިތާ 30 މިނިޓް ނުވަނީސް އޮންލައިންކޮށް ނަމްބަރު ހުސްވެދެއެވެ.

     މީ މުޞީބާތެއް ނޫނިއްޔާ ބަލާވެރި ކަމެއް ކަމަށް ނުބެލޭނެ ގޮތެއް ބުނެދީ ބަލާށެވެ. ދައްކަނީ އަބަދުވެސް ރައްޔަތުމީހާއަށް އުފަލުގައި ހަމަޖެހިލައިގެން އުޅެވެންޖެހޭނޭ ވާހަކައެވެ. ބޮޑުވަރިހަމަ ވެގެން ހުރެލަން އުޅުނަސް މިފަދަކަންކަން ފެނުމުން ބޮޑުވަރިހަމައިގާ ނުހުރެވެނީއެވެ. ވެދާނެ އަޅުގަނޑަކީ ސިޔާސީ މީހެއްނޫންވީމާ ކަމައްވެސް!​

Loading

6 Responses

  1. ރައްޔިތުންނަށް ފަސޭހަ ކުރާށޭ ކިޔާފަ މިޖައްސަނީ ބޮޑު އުދަގުލެވެ.މިއީ ހަމަ ސަތޭކަ ޕަސެންޓް ހަގީގަތެވެ.

  2. މި ލިޔުމުގައި މިވާ ޙަގީގަތަށް ތަޢުރީފު ކުރަމެވެ. މިހާރު ސަރުކާރުގެ ކޮންމެ އޮފީހަކުން ޕޯޓަލެއް ހަދައިގެން ރައްޔިތު މީހާ ގަނަ ފެޅުވުމަކީ ސަރުކާރުގެ އުފަލެކެވެ. ރައްޔިތުނީހާއަށް މުޞީބާތެކެވެ.

  3. ޑީ އެން އާރު އިމިގްރޭޝަން ޓްރާންސްޕޯޓް މިއިން ކޮން .ތާކުންވެސް ޢަމަލު ކުރަމުންދަނީ މި ބީދައިން. އިމިގްރޭޝަނުން އަދި މާ ފާޓު ފުޅާ. ޕާސްޕޯޓް ފޯމް އަށްފަހަރު ސަބްމިޓް ކުރަން ޖެހުނު އެއީ އަށް ދުވަސް. ފަސޭހަ ވާނެ މިންވަރު ވިސްނާލާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް