މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ރ.މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތުގައި ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހުގައި ކަމަށެވެ.

އެހާދިސާގައި ނިޔާވީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ނިޔާވީ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. 

ފުލުހުން ވިދާޅުވީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހާދިސާގައި މަރުވީ މަޑުއްވަރީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަސްލަމް (40 އ) އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް