އަވަސް އިންތިޚާބަކަށް ކުރި އަމުރު ޕާލަމެންޓުން ގަބޫލެއް ނުކުރި

Loading

April 8, 2023
profile
Facebook
Twitter
WhatsApp


ޕާކިސްތާނުގައި އުވާލައިފައިވާ ދެ ސަރައްޙަދުގެ އެސެމްބްލީ އިންތިޚާބު އަވަސްކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު ޕާކިސްތާނުގެ ޕާލަމެންޓުން ގަބޫލެއް ނުކުރިއެވެ. 

ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ އަޣްލަބިއްޔަތު އޮތް ދެ އެސެމްބްލީގެ އިންތިޚާބު ސަރުކާރުން ލަސްކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެ ދެސަރަޙައްދުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބައިއަތު ހިފާފައިވާ ލޯކަލް ސަރުކާރު އުވާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ ގައުމުގެ އިގްތިސާދީ ޙާލަތާ އަދި ހަލަބޮލި ވެފައިވާ ސިޔާސީ މަޝްރަހަކީ އަކީ އިންތިޚާބު ލަސްކުރަން ސަބަބެއްކަމުގައި ބަލާނުގަނެވޭނެ ކަމަށެވެ.

ސުޕްރީމްކޯޓުގެ ޙުކުމުގެ ކޮޕީއެއް މީޑިއާއަށްވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް ކޯޓުގެ ޙުކުމަށް ގޮންޖައްސަވައި ސަރުކާރުން ބުނަމުންގެންދަނީ އިންތިޚާބު ބޭއްވޭނީ އޮކްޓޯބަރ 8 ވަނަދުވަހުގައި ކަމަށެވެ. އިލެކްޝަން ކޮމިޝަނުންވެސް ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ތާރީޚަށް އެއްބަސްވެފައެވެ.       

ޕާކިސްތާނުގެ އެންމެބޮޑު ޕްރޮވިންސް ޕަންޖާބުގެ އިންތިޚާބު މިއަންނަ މޭ މަހުގެ 14 ވަނަދުވަހު ބޭއްވުމަށާއި ޚައިބަރ ޕަޚްތުންޚާވާގެ އިންތިޚާބު ޓެކްނިކަލް ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ ފަހުތެ ތާރީޚަކަށް ހަމަޖެއްސުން ގަބޫލުކުރެވިދާނެކަމަށެވެ. އަދި އެ ޙުކުމްގައި މި އިންތިޚާބު ބޭއްވުމަށް ބޭނުންވާ 21 ބިލިއަން ރުޕީސް އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ކުރިން އިލެކްޝަން ކޮމިޝަނަށް ދިނުމަށާއި އެކަމުގެ އަޕްޑޭޓް ކޯޓަށް ޙިއްސާކުރުމަށް ޕާކިސްތާނު ސަރުކާރަށްވެސް ވަނީ އަމުރު ކުރައްވާފައެވެ.                          

ޕާލަމެންޓުން ލައިވްކޮށްދެއްކި ބްރޯޑްކާސްޓެއްގައި ޕާލަމެންޓުގެ ސްޕީކަރ ވިދާޅުވީ އެ އަމުރަކީ ހަމައެކަނި ތިންފަނޑިޔާރުންގެ ބެންޗަކުން ކުރި ޙުކުމަމަކަށްވީމާ ޕާލަމެންޓުގެ އަޣްލަބިއްޔަތުން އެ އަމުރު ގަބޫލު ނުކުރަން ކަނޑައެޅީ ކަމަށެވެ. 

އަދި ހުރިހާ ފަނޑިޔާރުންގެ ބެންޗަކުން ކުރާ އަމުރެއް ނޫނީ ގަބޫލު ނުކުރެވޭނެކަމަށެވެ. ސުޕްރީމް ކޯޓުގެ ބާރު ހަނކުރުމަށް މިދިޔަ ހަފްތާގައި ގާނޫނެއްވެސް ވަނީ ޕާލަމެންޓަށް ހުށައަޅާފައެވެ.       

Loading

One Response

  1. މިއީވެސް ޑިމޮކްރެސީގެ ވައްތަރެކެވެ. ސުޕްރީމްކޯޓުގެ ޓިނުނަގައިގެންވެސް ވަންނަން ޖެހިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް