ސަަޢޫދީ އީރާނުގެ ގުޅުމާއިހެދި ސީ އައި އޭ ރަތަށް

Loading

April 8, 2023
profile
Facebook
Twitter
WhatsApp

ވޯލްސްޓްރީޓް ޖާނަލުންރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާގެ އިސްނެގުމާއިއެކު ސަޢޫދީ އެރޭބިޔާއާއި އީރާންގެ ސުލްޙައިގެ އެއްބަސްވުމަށް މަސްދުވަސްވެސް ނުވަނީސް އީރާނުގެ ފުރިހަމަ ތާއީދާއެކު ފާއިތުވެގެން މިދާ ދިހައަހަރުދުވަހު ދާޚިލީ ހަނގުރާމައެއް ކުރަމުންގެންދާ ސީރިޔާއާއިއެކު ސަޢޫދީން އެއްބައިވަންތަ ކަމުގެ ގުޅުން ގާއިމްކުރަންވެސް ނިންމައިފިއެވެ. 

އަދި ސަޢޫދީ އެރޭބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބްލީގުގެ ވެރިންގެ ބައްދަލުވުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ދައުވަތު ދިނުމާދޭތެރޭއެކެމާއިބެހޭ އިތުރު މަޢުލޫމާތު އެގުމަށްޓަކައި، ކުރިން ހަމަޖެހިފައިނުވާ ދަތުރުފުޅެއްގައި މިހަފްތާގެތެރޭގައި ސަޢޫދީ އެރޭބިޔާއަށް ވަޑައިގެންނެވި  ސީ އައީ އޭ ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ރުޅިއައިސް ރަތްވެއްޖެއެކަމަށް ޚަބަރުދީފައިވެއެވެ.

ސީރިޔާ އާއި ސަޢޫދީ އެރޭބިޔާ ގުޅުމުގެ ވާހަކަތަކުގައި އިސްދައުރެއް އަދާކޮށްފައިވަނީ ރަޝިޔާއިންނެވެ. މިއިން އެއްވެސް މަޝްވަރާއެއްގައި ބައިވެރިވުމަށް އެމެރިކާއަށް ފުރުސަތު ދީފައެއް ނުވެއެވެ.                       

ސަޢޫދީ އެރޭބިޔާއާއި އިރާނުގެ ޚާރިޖީ ވަޒީރުން ބެއިޖިންގައި ބައްދަލު ކުރެއްވުމަށްފަހު ދެއްވި ގުޅިފައިވާ ބަސްދީ ގަތުމުގައި ވިދާޅުވެފައިވަނީ ދެގައުމުގެ އެމްބަސީ އާއި ކޮންސިއުލޭޓްތައް ހުޅުވުމުގެ ތައްޔާރީ ތަކާއިއެކު ދެގައުމުގެ ސަރުކާރާއި އަމިއްލަވިޔަފާރީގެ ފުރުސަތުތަކަށް މަގު ފަހިކުރުމަށްޓަކައި ގަވައިދުން ވައިގެ ދަތުރުތައް ފެށުމަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.                                                          

ސަޢޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ބެއިޖިންގައި ބައްދަލު ކުރެއްވުމަކީ މިދެގައުމުގެ އެންމެ އިސް ޑިޕްލޯމެޓުން ފާއިތުވެގެން މިދާ 7 އަހަރު ދުވަހުގެ ތެރޭގައި އެންމެ ފުރަތަމަފަހަރު ބައްދަލުވާ ބައްދަލުކުރެއްވުމެވެ.

ޕްރެސްއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިއީ މެދުއިރުމަތީގައި ޗައިނާއަށް ލިބުނު ވަރަށްބޮޑު ރަނުގެ ފުރުސަތެކެވެ. އަދި އެމެރިކާއަށް ލިބެމުންދާ ނާކާބިޔާބީއެކެވެ.                                                           

ޗައިނާއަކީ އީރާނާއި އަދި ސަޢޫދީ އެރޭބިޔާއާއި އެކުވެސް ރަނގަޅު ސިޔާސީ ގުޅުމެއް އޮންނަ ގައުމެކެވެ. އަދި ޗައިނާއިން އެންމެ ގިނަ ތެޔޮ ގަންނަނީވެސް ސަޢޫދީ އެރޭބިޔާއިންނެވެ. މިސަބަބަށްޓަކައި ސަޢޫދީ އެރޭބިޔާއާއި ޗައިނާއަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް މިހާރު ވަރަށް ބޮޑަށް ގުޅިފައިވާ ދެގައުމެވެ.            

Loading

One Response

  1. ސާބަހޭ ޗައިނާ. ވަރަށް ކާމިޔާބު. އެނޫނީ ފޮޑިއެއްވެސް ޖަހޭނީ ވައިޓްހައުސް ހުއްދަހޯދައިގެނެވެ. މިހާރު ދެން މެދުއިރުމަތި ހަމަޔަކަށް އެޅިދާނެފާޑު ޖަހައިފިއެވެ. ހުރިހާ ނުބައެއްގެ ހެޑް އެމެރިކާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް