ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުމަށް އަމާޒު ހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ނަސީމް ވިދާޅުވީ އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ”ހެލްތް ފޮރ އޯލް“ ނުވަތަ “އެންމެންނަށް ސިއްހަތު“ މި ޝިއާރާ ގުޅޭ ސިޔާސަތުތައް މިވަގުތު އެންމެ ބާރަށް ތަންފީޒުކުރާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
އެ ގޮތުން ސަރަހައްދުތަކަށް މުޅި ގައުމު ބަހާލެވިގެން ޓަރޝަރީ އަމާޒުގައި ”ހެލްތް ފޮރ އޯލް“ ޓަރގެޓްގައި ރާއްޖެ ދަނީ ކުރިއަށް ކަމަށް ނަސީމް ވިދާޅުވިއެވެ.
“ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހޯދި. ކަމާގުޅޭ އދ ގެ ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތް ކުރި. ކުޑަކުދިންނާ އަންހެނުންނަށް ޚާއްސަ ކަންމުގައި ޝާމިލްވެވުނު. އޭގެ ކާމިޔާބީ ވެސް ލިބިއްޖެ.“
ނަސީމް ފާހަގަކުރެއްވި ގޮތުގައި:
ބޮޑެތި ބައެއް ބަލިތައް ނައްތައިލެވި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެ.
މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ލިއްބައި ދެވިއްޖެ.
އަމާޒަކީ ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުން ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި 2025 ގެ ނިޔަލަށް ޓީބީ ނައްތައިލައި އަދި ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން ލެޕްރަސީ ވެސް މުޅިން ފޮހެލުން ކަމަށެވެ.