ދައުރު ނިމުމުގެ ކުރިން އަދީބާއި ޒިޔަތު ދޫކޮށްލަން މަޝްވަރާ ކުރައްވަނީ

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި, އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު މިނިވަން ކުރަން ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވެވީ 20 އަހަރުގެ ޖަލު ހުކުމެވެ. ޒިޔަތުގެ މައްޗަށް އިއްވެވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ދެ ބޭފުޅުން ތިއްބަވަނީ ގޭގައެވެ.

“ސަންދާނަށް“ މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ ދައުރު ނިމުމުގެ ކުރިން އަދީބާއި ޒިޔަތު ދޫކޮށްލުމަށް ސަރުކާރުގެ އެތެރެއިން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދީބު ގޭބަންދުގައި ހުންނަވަނީ މެޝިނެއްގެ އެހީގައި ނިދިކުރައްވަންޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވެއެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނުން ފަހުން ބުނެފައިވާ ގޮތުގައި އަދީބު ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނުކުތާގެ ދަށުންނެވެ.

އަދީބާއި ޒިޔަތު ގޭގައި ތިއްބަވާއިރު ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޖަލުގައި ބާއްވާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މީގެކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ގާނޫނާއި ޚިލާފުކަމެއް އެކަމުގައި ނުހިމެނޭ ކަމަށެވެ.

އަދީބުގެ މައްޗަށް 800 އަހަރުގެ ހުކުމެއް ކުރެއްވޭ ވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވާއިރު, އަދީބު ގޭގައި ހުންނެވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް ހެކިބަސްދިނުމުގެ ހަދިޔާއެއްގެ ގޮތުންކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.

އަދީބު ދޫކޮށްލަން މަޝްވަރާ ކުރައްވަމުން ގެންދަވާއިރު, ރައީސް ޞާލިޙް ވެސް އަދީބު އަތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ނެންގެވި ކަމަށާއި އެ ފައިސާއާ ހަވާލުވެވަޑައިގަތީ ރެހެންދި ފުލެޓުގައި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ. 

Loading

3 Responses

  1. އެހާ ބޮޑު ދެކުއްވެރިން ދޫކޮށްފައި އެ ދެމީހުންގެވއަދަބު ޔާމީނަށް. ދެއުޅިއެއްނުވާ ނުބައި ބައެއް.

  2. ސަރުކާރުން މިހާރު ކުއްވެރިންވެސް ދޫކޮށްގެން އިބުރާހީމަށް ވޯޓުގަނޑެއް ލިބޭތޯބަލަނީ،

  3. ތިދެން ވީ ވަޢުދު ފުއްދާ ނިމުނީ. މމފރސ މައްސަލަ ބައްލަވާ ތި ނިންމާލަނީ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް