އެމެރިކާގެ ބޭންކުތަކުން ފައިސާކޮޅު ނަގަން ކަސްޓަމަރުން އަވަސް އަރުވާލައިފި

Loading

April 6, 2023
profile
Facebook
Twitter
WhatsApp

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޑޭޓާ ތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގެ ބޭންކުތަކުގައި ފައިސާ ޖަމާކޮށްފައި ހުރި ފަރާތްތަކުން 126 ބިލިއަން އެމެރިކާ ޑޮލަރު ނަގައިފިއެވެ. 

މިފަހަރު ފައިސާނަގާފައިމިވަނީ އެމެރިކާގެ އެންމެ ބިޔަ ބޭންކުތަކުންނެވެ. ފެޑެރަލް ޑޭޓާ ތަކުން އެނގޭގޮތުގައި އެންމެ ބޮޑެތި ބޭންކުތަކުން 90 ބިލިއަންޑޮލަރ ނަގާފައިވާއިރު ކުދި ބޭންކުތަކުން ނެގިފައިސާގެ ސަބަބުން އެ ބޭންކުތަކުގެ ޙާލަތުއޮތީ ވަރަށް ދަށަށް ވެއްޓިފައެވެ. 

މީގެއިތުރުން ސިލިކޯން ވެލީ ބޭންކާއި އަދި ސިގްނޭޗަރ ބޭންކު ބަންދުކޮށް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ސަބަބުން އެ ބޭންކުތަކުން ފައިސާނެގުން އޮތީ ހުއްޓުވާފައެވެ. ޖުމުލަގޮތެއްގައި ބުނާނަމަ 2022 ވަނައަހަރާ އަޅާބަލާއިރު ހަފްތާއެއްގެ ޑިޕޮޒިޓުން 17.3 ޓްރިލިއަން ޑޮލަރ މަދުވިއެވެ. އަދި މިއީ 2021 ވަނަ އަހަރުއްސުރެން ހަފްތާއެއްގެ ތެރޭގައި ޑިޕޮޒިޓް އެންމެމަދުވި ހަފްތާއެވެ.

ސިލިކޯން ވެލީ ބޭންކުގެ ޙާދިސާއަށްފަހު ބޭންކުގައި ފައިސާ ބަހައްޓަން މީހުން ޖެހިލުންވާން ފަށައިފިއެވެ. އެމެރިކާގެ ހުރިހާ ބޭންކެއްގައިވެސް ފައިސާ ޖަމާކުރާމީހުންގެ އަދަދު %5 ވަނީ މަދުވެފައެވެ. 

ވަރަށް ގިނަ ތަޖްރިބާކާރުން ވިދާޅުވަނީ ކަންތައް މިގޮތަށް ދިމާވުމުގައި އިންފްލޭޝަން ދަށްކުރުމަށްޓަކައި ފެޑެރަލް ރިޒާވުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ދައުރުވެސް ވަރަށް ބޮޑުކަމަށެވެ.                                                             

ކޯވިޑް19 ފެށުނު ދުވަސަވަރު ބޭންކުތަކަށް ނުކަތާވަރަށް މީހުން ފައިސާ ޑިޕޮޒިޓްކުރަމުން ގެންދިޔައެވެ. ދެންފެނިގެންދިޔައީ ފެޑެރަލް ސަރުކާރުން އިގްތިސާދު މައިތިރި ކުރުމަށްޓަކައި ގަވައިދުތައް ބަދަލުކުރަން ފެށިތަނެވެ.ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ ރަނގަޅު ފައިދާއެއް ލިބޭ ދިމަ ދިމާލަށް މީހުން ދާންފަށައިފިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ 2022 ވަނައަހަރުގެ މެދުތެރޭގައި ޑިޕޮޒިޓްކުރާ މިންވަރު ވަރަށް ބޮޑަށް ވެއްޓުމެވެ.             

ބޭންކުތަކުން ނަގާފައިސާ މިހާރު ޑިޕޮޒިޓް ކުރަމުން ގެންދަނީ ގިނައިން ފައިދާލިބޭ ފަންޑްތަކަށެވެ. ބޭންކް އޮފް އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެގެންމިދާ ދުވަސްކޮޅުގެ ތެރޭގައި 508 ބިލިއަން ޑޮލަރު އެކަހަލަ ފަންޑުތަކަށް ޖަމާކޮށްފިއެވެ. 

އަދި މިދިޔަ  ހަފްތާގައި އެކަނިވެސް 60 ބިލިއަން ޑޮލަރ އެ ފަންޑުތަކަށް ވަނީ ޖަމާކޮށްފައެވެ. މިގޮތަށް ބޭންކުން ފައިސާނެގުން މަދުކޮށް ޑެޕޮޒިޓަރުންގެ ކަންބޮޑުވުން ކުޑަކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ވެސް އެބަގެންދެއެވެ. 

އެ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ސަރުކާރުގެ ދަށަށް ގެނެވިފައިވާ ބޭންކުތަކުގައި ފައިސާ ބަހައްޓާފައިހުރި އެންމެންނަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ޢިއުލާން ކުރުން ހިމެނެއެވެ. އަދި ސަރަޙައްދީ ބޭންކުތަކަށް ބޭނުންވެއްޖެ ހިދެއްގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެއެވެ. 

މި އިންތިޒާމްގެ ދަށުން ފަސްޓް ރިޕަބްލިކް ބޭންކަށް 30 ބިލިއަން ޑޮލަރ ފޯރުކޮށްދިނުމުން މިހާރު އެ ބޭންކު ހަމަޖެހުމަކަށް އަތުވެއްޖެކަމަށް ޚަބަރުތައް ބުނެއެވެ.                      

ސިލިކޯން ވެލީ ބޭންކުގެ ޙާލަތު ފަޅާއެރުމުން ބޭންކުގެ ކަސްޓަމަރުން އެއްދުވަހުގެ ތެރޭގައި 42 ބިލިއަން ޑޮލަރ ބޭންކުން ނެގިއެވެ. މީގެ ސަބަބުން ބޭންކުގެ ކޭޝް ބެލެންސަކީ ނެގެޓިވް 958 މިލިއަން ޑޮލަރަށް ވެއްޓުނެވެ. އެ ބޭންކު ސަރކާރަށް ނަގަންޖެހުނީ މިސަބަބަށްޓަކައި ކަމަށް އެނގިފައިވެއެވެ.

ފައިނޭޝިއަލް ފޯރކާސްޓްތައް ދައްކާގޮތުންނަމަ ބޭންކުތަކަށް އަދި ފައިނޭސް ސެކްޓަރއަށް ޖުމްލަގޮތެއްގައި ވަރަށް ގޮންޖެހުންތަކާއި ކުރިމާތިލާން ޖެހޭނެކަމަށް ބުނެފާވެއެވެ.                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް