މި ރަމަޟާންމަހުގެ ފަހު ދިހައިގައި މާލެ ސިޓީގެ 32 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
އޭގެތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި, ވިލިމާލޭގެ 3 މިސްކިތަކާއި, ހުޅުމާލޭގެ 11 މިސްކިތެވެ.
މާލޭގައި ދަމުނަމާދު ކުރާނެ މިސްކިތްތައް:
އިސްލާމީ މަރުކަޒު
މަސްޖިދު މަލިކް ސަލްމާން
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދު ޞަލާޙުއްދީން
މަސްޖިދުލް ފުރްޤާން
މަސްޖިދު ޖަލާލުއްދީން
އިބްރާހީމީ މިސްކިތް
މަސްޖިދުއްނޫރު
މަސްޖިދުއްޝަހީދު ޢަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދުއްސުލްޠާން މުޙައްމަދު އިމާދުއްދީން
މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ
ފަނޑިޔާރު މިސްކިތް
މާފަންނު އާ މިސްކިތް
މަސްޖިދު ޢަލީ ޙުސައިން
ވިލިމާލޭގައި ދަމުނަމާދު ކުރާނެ މިސްކިތްތައް:
މަސްޖިދުއްސަލާމް
މަސްޖިދުލް އިޚްލާސް
މަސްޖިދުލްބިއްރި
ހުޅުމާލޭގައި ދަމުނަމާދު ކުރާނެ މިސްކިތްތައް:
މަސްޖިދު ޝައިޚް ޤާސިމް މުޙައްމަދު ބިން އާލްޘާނީ
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދު ޢުމަރު ބިން ޚައްޠާބް
މަސްޖިދުލް ވާލިދައިނި
ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހޫޑް 3)
މަސްޖިދު މުޙައްމަދު
މަސްޖިދުލް އަސްތިޤާޢު
މަސްޖިދު ރަޝީދު
މަސްޖިދު ޢުޘްމާން ބިން ޢައްފާން (ފޭސް 2)
މަސްޖިދު އަމީލް ޖަލީލް (ފޭސް 2)
މަސްޖިދު އަބީބަކުރުއްޞިއްދީޤް (ފޭސް 2)
އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު 14 މިސްކިތެއްގައި ހަމަޖެހިފައިވާނެއެވެ. އެ މިސްކިތްތަކަކީ އިސްލާމީ މަރުކަޒު, މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ, މަސްޖިދުލް ފުރްޤާން, މަސްޖިދުލް ޖަލާލުއްދީން, މަސްޖިދުއްޝަހީދު ޢަލީ, މަސްޖިދުއްނޫރު, މަސްޖިދު ޢަލީ ޙުސައިން, މަސްޖިދުލް އިޚްލާސް (ވިލިމާލެ)
މަސްޖިދު މުޙައްމަދު (ހުޅުމާލެ), މަސްޖިދުލް އަސްތިޤާއު (ހުޅުމާލެ),މަސްޖިދު ރަޝީދު (ހުޅުމާލެ) ,މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ) ,މަސްޖިދު ޝައިޚް ޤާސިމް މުޙައްމަދު ބިން އާލްޘާނީ (ހުޅުމާލެ) , މަސްޖިދު އަމީލް ޖަލީލް (ފޭސް 2) އެވެ.