މޫސުމް ދިރާސާ ކުރާ އިދާރާތަކުން ސިފަކުރާގޮތުގައި އެމެރިކާއަކީ މޫސުމުގެ ގަދަފަދަ މުސީބާތްތައް އަޅަން ޖެހިފާއޮތް ސުންބުންޔެކެވެ.
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މޫސުމުގެ ސުންޕާކަން އެމެރިކާއަށް އެންމެގިނައިން މެދުވެރިވާ ސަބަބަކީ އެގައުމު އޮތް ސަރަޙައްދެވެ. ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑަށް ހުޅުވިފައި އޮތުމާއި ގަލްފް އޮފް މެކްސިކޯއާއި ތުންދިއްކޮށްގެން އޮތް ފްލޮރިޑާއާއި އުސްފަރުބަދަތައް އެއީ އެންމެ ނުރައްކާތެރި މޫސުމީ ވަބާއަށް މަގުފަހިވެގެންދާ އެއްވަސީލަތް ކަމުގައެވެ.
މިއީ ގުދުރަތުން އެމެރިކާއަށް މެދުވެރި ކުރައްވާފައިވާ މުސީބާތެކޭ ބުނެވިދާނެއެވެ. ޖައްވަށް އަންނަ ބަދަލުތަކާއި ނޭންގިތިބެނަމަވެސް އެމެރިކާގައި ކަންތައް ކުރެވެމުން ދާގޮތުން މޫސުމުގެ މިނުރައްކާ މިހާރު މާ ބޮޑުވެއްޖެއެވެ.
ބާރުގަދަ އެނބުރޭ ރޯޅީގެ ތޫފާންގެ ވައްތަރުތައް ފެންބޮޑުވުން ހަނަފަސްކަމުގެ އިންތިހާ ގޮތްނޭގޭ އަލިފާން ގަނޑުފެނުގެ ކޮޅިގަނޑުތައް ގުގުރުމާއެކު އަންނަމުންދާ ގަދަފަދަ ކޮޅިގަނޑުތަކާ ވިދުވަރު ޖައްވީ ފެންކޯރުތައް ބޮމް ސައިކްލޯން އަދި މިނޫނަސް މޫސުމީ ކޮންމެ މުސީބާތެއްގެ ގެއްލުމާއި އެންމެބޮޑަށް ކުރިމަތިލާންޖެހޭ ގައުމަކީ އެމެރިކާއެވެ.
އުތުރު ކެރޮލީނާގެ ޖައްވީ މާހިރު ކެތީ ޑެއްލޯގެ ބަހުރުވައިން ބުނާނަމައެމެރިކާ މިތާގައި އޮންނަންޖެހުމަކީ އަހަރެމެންގެ ބަދުނަސީބެވެ.
ޗައިނާއަކީ އެމެރިކާއަށްވުރެން އާބާދީ ގިނަ އަދި ބިމުގެ ގޮތުން އެމެރިކާއާއި އެއްވަރުގެ ގައުމެކެވެ. އެކަމަކު އެމެރިކާގެ ޖައްވުތެރޭގައި ދެމެމުންދާ ވައި ފަދައިން ޗައިނާގެ ޖައްވުތެރޭގައި ދައުރު ކުރަމުންދާ ވައި އެކިދިމަ ދިމާލުން ޖެހިގަނެ މުޑިއަރައި މިފަދަގޮތްތަކެއް މެދުވެރިއެއް ނުވެއެވެ.
ދެކުނު ކެރޮލީނާގެ ހެޒާރޑްސް ވަލްނަރަބިލިޓީ ޔުނިވަރސިޓީގެ ޑިރެކްޓަރ ގެ ނަޒަރުގައި އެމެރިކާ ސަރަޙައްދުގެ ޖައްވުގައި ހިނގާ ވައި މިގޮތަށް ޖެހިގަނެ މުޑިއަރަމުން ދިއުމަކީ މޫސުމީ ވަބާތަކަށް މަގުފަހިވުމުގެ ހަގީގަތެވެ. އެމެރިކާއަކީ ކިތަންމެ ބާރުގަދަ ގައުމަކަށްވިޔަސް މި ޙަގީގަތް ބަދަލުކުރުމަށް މިއޮތީ ނުކުޅެދިފައެވެ.
މިދިޔަ ހުކުރުދުވަހުގެ ބިރުވެރި މޫސުމީ ވަބާއަށް ނަޒަރު ހިންގާބަލަމާ ހިނގާށެވެ. ބާރުގަދަ މަދު ނަގޫރޯޅި ތަކަކުން އެމެރިކާގެ ބޮޑުސަރަޙައްދެއް އެއޮތީ ސުންނާފަތި ކޮށްލާފައެވެ. އަދި ހަމައެކަނިބާރުގަދަ އެންމެ ނަގޫރޯޅިއަކުން ސައުތު މިޑްވެސްޓްގެ އެތަންމިތަން އެއޮތީ ވިރާނާކޮށްލާފައެވެ.
ކުރިއަށް އޮތް ހަފްތާގެ މޫސުމަށް ބަލާއިރު މިހަފްތާގައި މެދުވެރިވި ނުރައްކާތެރި ނަގޫރޯޅިތަކުގެ ސަބަބުން ހުޅަނގު ފަރާތުން ޖެހެމުންއަންނަ ހިކިހޫނު ވައިރޯޅި ފަރުބަދަތަކުގެ ހޫނާއި އެކުވުމުންނާއި ގަލްފް އޮފް މެކްސިކޯގައި އުފެދިފައިވާ ތެތްފިނި ވައި އެކުވުމުން އިތުރު ކޮޅިގަނޑުތަކެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވެއްޖެކަމަށް ބުނެއެވެ.
އެއީ ހުޅަނގު ސަރަޙައްދު ތަކުގައި ޖައްވީ ކޯރުތަކެއް އުފެދުމާއި އެޓްލާންޓިކް ކަނޑަށް ހުޅުވިފައިވާ ސަރަޙައްދު ތަކުގައި ހަރިކޭން އަދި މޫސުމަށް މެދުވެރިވެފައިވާ މިޙާލަތު ތައް އެކުވެގެން އުފެދޭ ބާރުގަދަ ސުޕަރ ސްޓޯރމްތައް އުފެދުމުގެ ފުރުސަތު ތަކެކެވެ.
އެމެރިކާގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅުނު ކަމުގައިވިޔަސް މޫސުމުގެ ސަބަބުން މެދުވެރިވަމުންދާ މުސީބާތްތަކުން ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަމެއް ނޯވެއެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ކެންޓަކީ ސަރަޙައްދަށް މެދުވެރިވި ކިލަރ ނަގޫރޯޅިން އިބްރަތް ލިބިގަންނަން ޖެހެއެވެ. އެ ނަގޫރޯޅި ފޭބީ އެންމެ ގިނައިން އެހެންގައުމުތަކުން އައިސް ތިބި މީހުން ދިރިއުޅޭ ސަރަޙައްދަކަށެވެ. މެދުތެރޭ އަދި މަރުކަޒީ އެމެރިކާއާއި ބޮސްނިޔާއާއި އެފްރިކާފަދަ ގައުމުތަކުން އައިސްތިބި އެތައްބަޔަކު ޙާލުގައި ޖެހުނެވެ.
އާރޓިކްގެ ފިނި ވަޔާއި ޓްރޮޕިކްގެ ހޫނު ވަޔާއި ދޭތެރޭގައި އެމެރިކާ އޮންނަނީ ފިތިފައެވެ. ފިނި ވަޔާއި ހޫނު ވައި އެކުވެ މޮޑެވުމުގެ ސަބަބުން ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން އުފެދިގެން އަންނަ ބާރުވައި ފަރުބަދަ ތަކުގެތެރޭގައި އުފެދިފައިވާ ހިކިވަޔާ އެކުވެގެން ގަލްފް އޮފް މެކްސިކޯއަށް ވާސިލުވުމުން ދެން އުދެފިގެންއަންނަ ނުރައްކާތެރި މޫސުމީ ޙާލަތަކީ ދުނިޔޭގެ އެހެންއެއްވެސް ހިސާބެއްގައި ތަޖްރިބާ ކުރަންޖެހޭ ޙާލަތެއް ނޫނެވެ.
އާންމުގޮތެއްގައި މުޅި އެމެރިކާއަށްވެސް އެއީ ނުރައްކާތެރި ޙާލަތެކެވެ. ވަކިން ޚާއްސަކޮށް އެމެރިކާގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. ގޮތްނޭގޭ އަލިފާނުގެ ޙާދިސާތަކާއި ބާރުގަދަ ނަގޫރޯޅިތަކާއި ނުރައްކާތެރި ތޫފާންތަކާއި ފެންބޮޑުވުމާއި ހަނަފަސްކަމާއި މިހުރިހާކަމެއްގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އެމެރިކާގެ އެހެން އެއްވެސް ސަރަޙައްދަކަށް ވުރެން ބޮޑަށް ދެކުނުގެ ސަރަޙައްދުތަކުން އޮންނަނީ އަބަދުވެސް ތަޙަންމަލް ކުރަން ޖެހިފައެވެ. ފްލޮރިޑާއާއި ނޯތު ކެރޮލީނާއާއި ލޫޒިޔާނާ ވަކިން ބޮޑަށް ފާހަގަ ކުރަންޖެހެއެވެ.
ދެކުނުގެ ސަރަހައްދުތަކުގައި ގެދޮރު އިމާރާތްކޮށްފައި ހުންނަނީ މޫސުމުގެ ނުރައްކަލާދޭތެރޭ ވިސްނާފައެވެ. އެހެންނަމަވެސް ބައެއްފަހަރު ކުއްލިއަކަށް ރޭގަނޑުގެ ވަގުތުތަކުގައި މެދުވަމުންދާ ގަދަފަދަ މޫސުމީ ނުރައްކަލުން ސަލާމަތް ވާނެ މަގެއް އޮންނަނީ ނުފެނިފައެވެ. ޢާންމުގޮތެއްގައި ރޭގަނޑުގެ ޙާދިސާތަކުގެ ނުރައްކާތެރިކަން މާބޮޑެވެ.
އެމެރިކާ މިއޮތީ މޫސުމީ ވަބާތަކުން ރައްކާތެރިކަން ނުހޯދޭނެ ތަނެއްގައެވެ. މިކަންތައްތައް އިތުރަށް ނުރައްކާ ވެގެންދިއުމުގައި އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ވަރަށް ބޮޑު ޙިއްސާއެއް އޮތްކަމަށް ގަބޫލުކުރަން ޖެހޭކަމަށް މޫސުމާ ބެހޭ ބައެއް ތަޖްރިބާކާރުން ބުނެފައި ވެއެވެ.
އެބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި މޫސުމީ ނުރައްކާތެރިކަން އެންމެބޮޑީ ޑެންވަރ ފިޔަވައި ދެކުނުގެ ސަރަޙައްދު ތަކުގައެވެ. އެކަމަކު އާބާދީ އެންމެގިނައިން ޖަމާވަނީވެސް ދެކުނުގެ ސަރަޙައްދު ތަކަށެވެ.
އީސްޓްކޯސްޓް އާއި ގަލްފް ކޯސްޓް ތަރައްގީ ކުރަމުން ގެންދިއުމަކީ ހުރިހާގޮތަކުން ބެލިއަސް ވަރަށް ދެކޮޅުނުޖެހޭ ކަމެކެވެ. މޫސުމީ ނުރައްކާތެރިކަން އެހާ ބޮޑުކަން އެނގޭއިރުވެސް އެ ސަރަޙައްދު ތަރައްގީ ކުރަން ސަރުކާރުން ބާރުއަޅާނީ ކޮން ސަބަބަކާހުރެ ކަމެއް ބުނާކަށް ނޭގެއެވެ.
ހަމަކަށަވަރުންވެސް އެ ސަރަޙައްދު ތަރައްގީ ކުރުމަށްޓަކައި ކުރެވެމުންދާ ހޭދައަކީ ބޭކާރު ވެގެންދާ ފައިސާ ތަކެއްކަމުގައި ކަމުގެ މާހިރުން ބުނެއެވެ.
ފައިސާވެރިންނަށް ރައްކާތެރިކަން ލިބިގަތުމުގެ ވަސީލަތްތައް ގާއިމް ކުރެވިދާނެއެވެ. އެކަމަކު އެއީ ގައުމުގެ އާބާދީގެ ނިސްބަތުން ވަރަށް މަދު ބައެކެވެ. ބްރައުން ޔުނިވަރސިޓިގެ ތިމާވެއްޓާބެހޭ ޕްރޮފެސަރ ކިމް ކޯބް ވިދާޅުވެފައިވެއެވެ. ޖޯގްރަފީގައި އެމެރިކާއޮތްތަނުގެ ސަބަބުން ގުދުރަތީ ގޮތުން އެމެރިކާ ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި މޫސުމީ ވަބާތައް އިތުރަށް ނުރައްކާތެރި ކުރަމުން މިގެންދަނީ އަހަރެމެންގެ އަމަލުތަކުންނެވެ.
One Response
ކިތަންމެ ބާރުގަދަވެފާ ވަސީލަތްތައް ގާއިމުވެފާ ހުއްޓަސް ގުދުރަތުގެ ގާނޫނުގެ ދިގު އަތް ނުހުއްޓުވޭނެއެވެ. ވިސްނާބަޔަކަށް އެތައް ހާސް ފިލާވަޅެއް މި ލިއުމުންވެސް ލިބިގެންދާނެއެވެ. މި މައުލޫމާތު އެނގޭ ކިތަންމެ ބަޔަކު ތިބިކަމުގައިވިޔަސް އާންމު ކިއުންތެރިންނަށް މިކަހަލަ މައުލޫމާތު އެނގެން ބޭނުމެވެ. އިލްމުވެރިން ވިދާޅުވަމުން ގެންދަވާ ފަދައިން އިންސާނުންކުރާ ކަންތަކުގެ ނަތީޖާ ދުނިޔެމަތީގައިވެސް ދައްކަވާނެއެވެ.