2 ކިލޯ ރަން ވަގަށް އެތެރެކުރި އިންޑިއާ މީހަކު ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ފައިގެ ކަށިމަތީގައި ތަތްކޮށްގެން ވަގަށް ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ ޖޫން 2022 ގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހާރިފް މެލަޑެތް އަބޫބަކުރުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައިގެ ކަށިމަތީގައި މާސްކިންގ ޓޭޕްއަޅައި ތަތްކޮށްފައިވާ ރަންކުލައިގެ ޕޭސްޓް ހިމެނޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.

އަދި މޯލްޑިވްސް ކަސްޓަމްސްއިން އެ ތަކެތީގެ ފިޒިކަލް އެގްޒެމިނޭޝަން ހެދިއިރު އެ ތަކެތީގައި ގާތްގަނޑަކަށް 2755.5 ގްރާމް ރަން އަދި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗަރ ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

މި މައްސަލައިގައި ހާރިފްގެ މައްޗަށް އުފުލި “ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ“ ސާބިތުވާތީ ޝަރީއަތުން ނިންމެވީ 120,000 ރުފިޔާއިން ހާރިފް ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ ރަސްމީ ހަތަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގަވައިފައެވެ. 

މީގެއިތުރުން އޭނާގެ އަތުން ފެނުނު ރަން ކަސްޓަމްސްއަށް ނެގުމަށް ވެސް ޝަރީއަތުން ވަނީ އަންގަވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް