ބީ ބީ ސީ ޚަބަރުގައި އައިޝާ ޕެރޭރާ ކިޔާދީފައިވާ ގޮތުގައި ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމަށް މެދުވެރިވި އެންމެ ފުން އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދޭން ނިންމައިފިއެވެ.
ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި އަސާސީ ޚިދުމަތްތައްވެސް ލިބޭނެ ގޮތެއް ނެތިފައި އޮތް ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަންފެށުމުން ރައްޔިތުން ދޫކޮށްލާފާ ގައުމުގެ ރައީސް ފިލައިގެން ދިޔައީއެވެ.
2022 ވަނައަހަރުގެ ކުރީކޮޅުން ފެށިގެން ސްރީލަންކާގައި ގިނަވަގުތު ތަކެއްގައި ކަރަންޓް ކަނޑާލުން އާންމުވެގެންދާން ފަށައިފިއެވެ. ތެޔޮ ލިބޭނެގޮތެއް ނުހޯދުމުގެ ސަބަބުންނެވެ.
ދިރިއުޅުމުގެ އަގުތައް އަހަރަކު 50% އަށް އުފުލެމުންދާން ފަށިއެވެ. ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ޚިދުމަތާއި ދަތުރުފަތުރުގެ ނިޒާމަށް ކޮންމެހެން ބޭރުން ގެންނަން ޖެހޭ އެއްޗެއްސަށް އަގު އަދާކުރެވޭނެ ގޮތެއް ގައުމުގެ ޚަޒާނާގައި ނެތިދިޔައީއެވެ. އެންމެ ފަހުން އިމަރޖެންސީ ޙާލަތުގައި މެނުވީ ތެލުގެ ބާވަތްތައްވެސް ލިބޭނެގޮތެއް ނެތިދިޔައެވެ.
ސްކޫލްތައް ބަންދުކުރަންޖެހި ސަރުކާރުގެ އޮފީސްތަކާއި އާންމު ޚިދުމަތް ފޯރުކޮށްދޭއަމިއްލަ ތަންތަނުންވެސް ގެއިން މަސައްކަތް ކުރަންޖެހޭ ޙާލަތައް ބަދަލުވެގެން ދިޔައީއެވެ. ގައުމުގެ ޚަޒާނާގައި ފައިސާ ނެތުނީމާ ދެން މެދުވެރިވާނެ ނިކަމެތި ކަން ގައުމުގެ ރައްޔިތުން ތަޙަންމަލް ކުރަން ޖައްސައިފިއެވެ.
ބޭރުގައުމުތަކުން ދަރަންޏަށް ނަގާފައިވާ ފައިސާއަށް 2022 ވަނައަހަރު މޭމަހާ ހަމަޔަށް ދައްކަންޖެހޭ އިންޓެރެސްޓް ދެއްކޭނެ ގޮތެއްވެސް ނެތެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދަރަންޏަށް ފައިސާ ދޭނެ ފަރާތެއްވެސް ނެތިގެންދިއުމެވެ. ގައުމުގެ ޢިއްޒަތާ ކަރާމާތް ދަރަނިވެރިކަމުގެ ތެރޭގައި ވަޅުލެވުނީއެވެ.
ގައުމު މިޙާލަތަށް ވައްޓާލެވުނީމާ ރައީސް ފިއްލައިގެން ގައުމުދޫކޮށް ގޮސް ދެއްވީއިސްތިއުފާއެވެ. އަލަށް ވެރިކަމާ ޙަވާލުވި ރައީސް ރައްޔިތުން އޮބަހެއްޓުމަށްޓަކައި ޢިއްލާން ކުރެއްވީ އިމަރޖެންސީ ޙާލަތެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކުގައި ބޮޑުތަޅު އަޅުވައި ބަންދުކުރެވުނީއެވެ.
ސްރީލަންކާއިން ޗައިނާއަށް 7 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު އަވަށްޓެރި އިންޑިއާއަށް 1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން އޮތީ ޖެހިފައެވެ. ސްރީލަންކާގެ ރައްޔިތުންނާމެދު ހަމްދަރުދީ ވުމުގެ ގޮތުން މިހާރު ޗައިނާއާއި އިންޑިއާއިން ވަނީ ދަރަނި ދެއްކުމަށް އިތުރު ވަގުތު ދީފައެވެ.
ސްރީލަންކާއިން ލިބިދޭ ފިލާވަޅުތަކާއި ދޭތެރޭ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން ޖެހެއެވެ.
ދިވެހީންގެ ކުރިމަތީގައި އޮތީ ރިޔާސީ އިންތިޚާބުގެ މޫސުމެވެ. އަޅުގަނޑުމެންގެ ކުރިޔަށް ކުޅޭ ސިޔާސީ ބޭފުޅުންގެ ފަސްބައި ފެންނަފެނުމުގައި ސާފެކޭ ނުބުނެވޭނެއެވެ. އެއްބޭފުޅަކީ އެބޭފުޅުންނަކީ ވަރަށް މަޑުމައިތިރި ނުވަތަ ހެޔޮލަފާ ސަޚްސިއްޔަތެއްކަމަށްބުނެ ތަޢުރީފްކުރަމުން ގެންދާއިރު އެބޭފުޅުންގެ މަޑުމައިތިރި ކަމާއި ހެޔޮލަފާކަމުން ރައްޔިތުންނަށް ކުރި ފައިދާއަކާ ލިބުނު ގެއްލުމެއް އޮތީ ވިއްޔާ ހަނދާންކުރަންވީ އެންމެ މުނާސަބު ވަގުތަކީ މިއީވެ.
ބޯހިޔާވަހިކަން ހޯދާދިނުމުގެ ނަމުގައި އަމިއްލައަށް ލަގަބުތަކެއް ލިބިގަތުމުން ރައްޔިތުންނަށް ގެދޮރު ލިބުމުގައި ލިބުނު ލުއިތަކެއް ފެންނަން އޮތްނަމަ ހަނދާންކުރަންވީ ވަގުތަކީވެސް މިއީއެވެ.
ގައުމުތަރައްގީ ކުރެވޭނީ މިވެނި މިވެނިކަމެއް ކުރެވޭނީ މިވެނި ލީޑަރަކަށޭ ބުނެ އަޑުއުފުލަމުން ގެންދާއިރު ތަރައްގީގެ ފަހަތުގައި އުނގުޅިފައިވާ ހަލާލު ނަހަލާލާ ބޮޑެތި ޚިޔާނާތުގެ ކުލަ ތަކާއިދޭތެރޭ ވިސްނަންވީ ވަގުތަކީ މިއެވެ. ބޭރުގެ ފަރާތަކަށް ގައުމު އަޅުވެތިކޮށްފާވާނަމަ އެކަމަށްވެސް ޙައްލުހޯދޭނެ ވަގުތުއާއި ނަސީބު މިއޮތީ ވަރަށް ކައިރީގައެވެ. ބޭނުމީ ރައްޔަތުންގެ ތެދުވެރިކަމާއި ކެރުމެވެ.
ވަކި މަސްލަޙަތު ތަކެއް ރައްކާތެރި ކުރުމަށްޓަކައި ހަދާފައިވާ ގާނޫނުތަކާއި އަދި ގާނޫނު އަސާސީގައި ހުރި ރައްޔިތުންނަށް ކަމުނުދާ ބާބުތައް ފޮހެލަން މަޖުބޫރު ކުރަންވީ ވަގުތަކީވެސް ހަމަ މިއީއެވެ.
މިއީ ދިވެހި ގައުމު ސަލާމަތާއި އަމާންކަމުގެ މިސްރާބަކަށް ދަތުރު ކުރާނެ ލީޑަރަކު އިޚްތިޔާރުކުރުމުގައި ފަރުވާ ކުޑަނުކުރަންވީ ވަގުތެވެ. މިއީ އަނެއްކާވެސް 5 އަހަރު ދުވަސްފަހުން އަންނަ ރައްޔިތުންގެ ފުރުސަތެވެ. ބައެއްގެ ޙާލަތު ބަދަލުނުކުރައްވަތޭ އެބަޔަކު އެބައެއްގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލެއް ނޫވާނަމަ. މިކަން ހަނދާންކޮށް ބަދަލުގެންނަންވީ ވަގުތެވެ. އެއީ ސެޕްޓެމްބަރ 9 ގައި ލެވޭ ވޯޓުންނެވެ.
ދިވެހި ޅެންވެރިޔަކު ވިދާޅުވެފައިވާ ބަސްފުޅެއް ހަނދާން ކޮށްލަމާހެއްޔެވެ؟ ”ލިބޭ މިންވަރު ނިކަން ދަނެގެން މި ބޭނުންތައް ބަހާލައިގެން ތިބޭނަމައީ ޝުކުރުކޮށްގެން މި ބޭޒާރެއް ނުވެސް ވާނޭ“. ވަރަށް ބޮޑު ތެދުފުޅެކެވެ.
4 Responses
Dhivehinnakee angain vathanee, amalun farudhee baeh. Konme meehakuves kuriah nereynee emeehakah molheh vedhaanekamah fenna goiy. Vote ves dheynee emeehakah molhu goiy hadhaidheyne kamah heevaa meehaa ah.
ލިއުންތެރިޔާއަށް ޝުކުރުވެރިވަމެވެ. ހަނދާންކޮށް ދެއްވީތީއެވެ. ހަނދާންކޮށްދިނުމުން މުސްލިމުންނަށް ފައިދާކުރާނެކަމަށް ދަންނަބޭކަލުން އަބަދާ އަބަދު އެގެންދަވަނީ ވިދާޅުވަމުންނެވެ.
ދިވެހީންނަށްވެސް މިޙާލަތު މެދުވެރިވެދާނެއެވެ. އެހެނީ ޚަރަދުކުރަނީ ބެލުމެއްނެތި ވެރިކަން ދެމެހެއްޓުމަށްކަމަށް ވާތީއެވެ. ގާސިމުވެސް ބޭނުންވަރުކޮށްގެން މިހާރު ރައީސްކަމަށް އައުމަށެވެ. ރައީސް އިބޫއަށް ދެވަނަ ދައުރަކަށް ޖަމްޕުޖަހަން ހުތްލައިދިނީ މި ކޯލިޝަން ގުރޫޕުންނެވެ. އެނޫންނަމަ އިބު ވިދާޅުވެފާވަނީ 5 އަހަރުގެ ދައުރެއްވެސް ވެރިކަން ކުރުމަށް ދިގުކަމަށެވެ. ކޯލޝަންކުން ނަވަމަވެސް އިންޑިޔާމީހުންނަށް ގައުމުދީގެންވެސް މިހާރު ބޭނުންފުޅުވަނީ 2 ވަނަ ޓާރމްއެކެވެ. އެހެންކަމަށްވަންޏާ ބުރިޖް އަޅަން އިންޑިޔާ ކުންފުނިންތެޅޭހެން ކަންތައްތައް ބޮއްސުންލާނެއެވެ. ސްރީލަންކާއަށް ވީހެން ނުވިއްޔާ ކިތެންމެހާވެސް ރަނގަޅެވެ. ބޮޑަށް ހީވަނީ އެހެން ނުވާނެހެނެވެ. އެއީ 4 ލައްކަ މީހުންގެ އާބާދިއަކަށް 1.5 މިލިއަން ޓުއަރިސްޓުން އަންނައިރު ކަރަޕްޝަން މިހިންގާވަރަށް ހިންގިޔަސް ބޭންކްރަޕްޓް ވާނެހެނެއް ހިއެއް ނުވެއެވެ.
ޓްއަރިސްޓުން އަންނަ އަދަދު ގިނަވިޔަސް ކޮރަޕްޝަނާ ފަސާދަ އޭގެ އެތައްގުނައަކަށް އިތުރުވަމުންދަންޏާ ކުރިމަގު އަންދާޒާކުރާނީ ކިހެނެއްހެއްޔެވެ ؟