ސަރުކާރުގެ ހަސްފަތާލު ތަކުން ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމަކީ މުޞީބާތެއް ފަދަ ކަމެކެވެ. ކުރިން ކިއޫގައިޖެހިގެން ޚާއްޞަޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓް ހެއްދި ދުވަސްވަރަށްވުރެ ޓެކްނޯލޮޖީގެ ރޮގުން ކުރިއަރާފައިވާ މި ދުވަސްވަރު ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެދޭގޮތަށް ނިޒާމު ބަދަލު ވެފައި ވީނަމަވެސް ކިޔޫގައި ތިން ހަތަރުމަސް ވަންދެން ތިބެގެން ނޫނީ ޚާއްޞަ ޑޮކްޓަރަކަށް ދެއްކޭނެ ގޮތެއް ނުވެއެވެ.
މިމައްސަލަ އަކީ ހައްލު ނުވި މައްސަލައެކެވެ. ރައްޔަަތުންގެ ވަރަށް ގިނަ ޝަކުވާތަކެއް މިއުނދަގުލާއި ހެދި ހެލްތް މިނިސްޓަރާއި ހަމަޔަށްވެސް ތަކުރާރުކޮށް ވަނީ ފޮނުވިފައެވެ. އެޕޮއިންޓްމެންޓް ނޯޓު ކުރެވި ޑޮކްޓަރަށް ނުދެއްކި އުޅެނިކޮށް ބައެއްމީހުން މިދުނިޔެ ދޫކޮށް ދާތަން އެބަފެނެއެވެ.
ސަރުކާރުން މިކަން ކަން ޙައްލުކުރަން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ޑޮކްޓަރުންނަށް ބޮޑު މުސާރައާއި ޢިނާޔަތްތައް ދެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ހަބޭހަށް ޚަރަދުކޮށްލަނީއެވެ. ސަރުކާރުގެ މޮނިޓްރިމް ސިސްޓަމް އިންޑިޔާއަށްވުރެވެސް ޒީރޯ ވެއްޖެއެވެ. ވާނީ ވެސް އެހެންތާއޭ ހަސްފަތާލުން ދިމާވިމީހަކު ބުނެލިއެވެ. އިންޑިއާގެ ފަސްޓްޕޮލޮސީގެ ދަށުން ދިވެހިން އުޅެން ޖެހުނީމާ އިންޑިޔާއަށްވުރެ ދުއްތުރާ ބޮޑުވާނެ ނޫންހެއްޔެވެ!
ހޮސްޕިޓަލުގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުން ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ގަޑިތަކަށް ވުރެ ކުލިނިކް ތަކުގައި މަސައްކަތް ކުރައްވާ ގަޑިތައް މާގިނައެވެ. ޑޮކްޓަރުން ހޮސްޕިޓަލް ތަކަށް ވަދެ ކާޑު ޖެއްސެވުމަށްފަހު ވަޑައި ގަންންވަނީ ކުލިނިކްތަކަށް ކަމަށްވެއެވެ.
އެހެން ކަމުން ކުލިނިކްތަކުން ޑޮކްޓަރުންގެ އެޕޮއިންޓް މަންޓްތައް ޖީބަށް ބަރުވިނަމަވެސް ދުވަހުން ދުވަހަށް ލިބެއެވެ. އަމިއްލަ ކްލިނިކް އޮޕަރޭޓް ކުރާޑޮކްޓަރުންނާއި ކްލިނިކްތަކުގެ ޙިއްއަޞާ އޮންންނަ ޑޮކްޓަރުވެސް މަދެއް ނޫނެވެ.ހުރިހާދެރަ އަކާއި ތަކުލީފެއް ރައްޔަތުމީހާއަށެވެ. ފުށްދުން ތެރިކަން ކުޑަމީހުނަށެވެ.
ހެލްތު މިނިސްޓަރަށް މިކަންކަން އެނވަޑައި ނުގަތުމަކީ މައްސަލަ ޙައްލު ނުވެދާ އެއްސަބު ކަމުގައި ވެދާނެއެވެ. ނޫންނަމަ ނިކަމެތި މީހާއާމެދު އެއްވެސް ސަމާލުކަމެއް ނުދީ ކުލިކްތަކަށް ފައިދާ ލިބޭގޮތަށް ޑޮކްޓަރުން ދޫކޮށްގެން ތިއްބަވަނީއެވެ.
މިނިސްޓަރންގެ ޙިއްސާތައް ބޭސްސަޕްލައި ޗޭންނުގައި ވަރަށް ބޮޑަށް އޮވެއެވެ.
ޒީރޯ ޓޮލެރެންސްގެ ދަށުން ހިންގޭ މިސަރުކާރު ޒިންމާދާރު ކުރުވާނެ ފަރާތެއް ހަމަނެތީ ހެއްޔެވެ. ސަރުކާރުގެ ހަސްފަތާލު ތަކުން ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކިގެން ރައްޔިތުން އުޅެމުންދާ ނިކަމެތި ޙާލާއި މެދުވިސްނާ އަޅާލާނޭ އިޚުލާސްތެރި ބަޔަކު މިސަރުކާރުގައި ހަމަ ނެތީހެއްޔެވެ.
ހެލްތް ސެކްޓަރ ފެއިލްވެފާވާއިރު ހޮސްޕިޓަލް ތަކުގެ ސާފުތާހިރުކަންވެސް ވަނީ މިހާރު ހަމަ ބޮއްސުންލާފައެވެ. އިލެކްޝަން ދުވަސްވަރެވެ. ކޯލިޝަން އެކުގައިވަނީ ފޭލްވެފައެވެ. ދެން މިހާރު ހުރިހާ ކުންޗެއް ރައީސް އިބްރާހިމްގެ އިސްތަށިފުޅަށް ޖަހާފައި އެންމެންގެ ލަވަ މިވަނީ ބަދަލުކޮށްލާފައެވެ.
ހެލްތް ސެކްޓަރ މިވަރަށް ފެއިލްވުމުން ބޭސްފަރުވާއަށް ސަލާމްޖަހައިގެންވެސް އިންޑިޔާއަށް ދަތުރުކުރާ މީހުން ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންނެވެ. އަވަސް ޙައްލަކަށް މިވަނީ ބޭނުންވެފައެވެ.
One Response
ބަންދޭއަށް ކޮން އައިޖީއެމްއެޗް އެއް ހިންގޭނީ؟ ޑިމޮކްރެސީއޭ ކިޔައިގެން މިކުރެވޭ ވެރިކަމުގައި އޮއްޓަރުލާ މީހަކަށް ވަޒީފާގެ ފުރުސަތު ނުލިބޭނެއެވެ. ވެރިމީހާ ނުވަތަ ޕާޓީގެ ބޮޑުންގެ ޖަރީމާތަށް ހިންގަން އެއްބަސްވާ މީހުނަށް ފުރުސަތު ބޮޑުވާނެއެވެ. ދެން ވާނެގޮތް މިވަނީއެވެ.