ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޤާސިމް ހަމަޖެހިއްޖެ

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަމުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހަމަޖެހިއްޖެއެވެ.

ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި, ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 16 ވަނަ ދުވައެވެ. 

އެ ފުރުސަތު މިއަދު 12:00 ގައި ހަމަވިއިރު ފޯމު ހުށަހެޅުއްވީ ޤާސިމް އެކަންޏެވެ.

ފޯމާއެކު ޤާސިމް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ރިޔާސީ ކެންޑިޑޭޓެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުންނެއް ޕާޓީގައި އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް އިއުލާނުގެ މުއްދަތު ހަމަވާން ކުޑަތަންވީއިރު ވެސް އެއްވެސް ބޭފުޅަކު ފޯމު ހުށަހަޅުއްވާފައި ނުވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުންނެވީ އޭނާ ކަމަށްވާތީ ޕާޓީން އެދޭ ގޮތް ހާސިލުކޮށްދިނުމަށްޓަކައި ފޯމު ހުށަހެޅުއްވީ ކަމަށެވެ.

ސެޕްޓެމްބަރު 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ޖޭޕީން މިހާރު އަންނަނީ އެކި ފަރާތްތަކާއެކު މަޝްވަރާތައް ބާއްވަމުންނެވެ. އޭގެތެރޭގައި ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނާއި, ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެމްއާރްއެމްއާއި, ޖަމްއިއްޔަތުއްސަލަފް ހިމެނެއެވެ.

ފޮޓޯ: ދައުރު

Loading

3 Responses

  1. ފައިސާގެ ދަހިވެތިކަމުގައި ގާތްކަމަށް ހެދިގެން އުޅޭ ބަޔަކު އަނެއްކާވެސް ގާސިމް މޮޔަ ހައްދަނީއެވެ. މި 100 ޕަރސަންޓް މުސްލިމް ގައުމުގެ ރައްޔިތުންނެއް ގައުމުގައި އެންމެ ގިނަ ބަނގުރާ ވިއްކާ، އެންމެ ގިނަ ސްޕާ ހިންގާ މީހާއަށް ހަމަހޭގައި ވެރިކަމަށް ވޯޓެއް ނުލާނެއެވެ. ކިތަންމެ ފައިސާއެއް ހުއްޓަސް ދިވެހިންގެ ދީނެއް ނުވިއްކާނެއެވެ.

  2. މުސާރަ ދީގެން ގެންގުޅޭ ކުދީންކޮޅު ލީޑަރ ވިދާޅުނުވަނީސް ކުރިމަލާން ހިތައް އަރުވާންވެސް ނުކެރޭނެނޫންތޯއެވެ. ފޭކް ޖައްސަން ލީޑަރ ނުހައްދަވާށެވެ. ފަކުރެއްގެ ދިރުމާއިއެކު ފޭލްވާނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް