އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސް ޞާލިޙް މިއަދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް އަންގަވައިފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙް އެ ގޮތަށް ނިންމެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިންނެވެ.
އަމްރު މަގާމުން ވަކިކޮށްފައިވާރު އެސްޓީއޯ ހިންގުން ހަވާލުކުރެއްވި ބޭފުޅެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.
އަމްރުއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ޕްރައިމަރީން ނަޝީދު ބަލިވި ނަމަވެސް ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި ނަޝީދާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އަމްރު ވަނީ ނިންމަވައިފައެވެ.
3 Responses
ކާންދޭ އަތް ނޭގުނީމާ ވާންވީ ތިހެން! ދެން ބަލާނަން ރިސޯޓްތަކަށް ގޮސް ހިނދުކޮޅު ގެނެވޭތޯ!
ފާޅުގައި ފަކުރެއްގެ ދިރުން ދިރުވަން އުޅުނީމާ ރައިސްވެސް ކޯފާ ވާނެތާއެވެ. ރައީސް ވަޒީފާ ދެއްވީ. އުޅެންބޭނުންވަނީ ރައީސް އާއި ދެކޮޅަސް. އެ ސަކަރާތް. ގާސިމާއި ގުޅިގެން ތެޔޮޑީލް ހެދުމުންވެސް ރައީސް އޭރުވެސް އޯކޭ ނޫންތޯއެވެ. ދެން ފައުޅުގައި ގާސިމާ ގުޅިގެން މުޅި ގައުމު ފަކުރަކަށް ހަދާކަށް ރައީސް އަކަށް އޯކޭ ނުވާނެނޫން ހެއްޔެވެ. ޙައިރާނެއް ނުވޭ. ނަޝީދު ހުރިހާ ފަންޏެއްގެ އަސްލަކީ. އަދީބު ފަނީވެސް ތިމަންނަ ޕޕމ ގައި އިންދީމޭ ބުނިއަޑު އެހީމެވެ. މިފަހަރު އިބޫ ހަލާކޮށްލާ ފަނިވެސް އެވަނީ އުފަށްދާފައެވެ. ސޯ ސޭޑް ބޯއި!
މީނާ ވަކިކުރުން މާ ލަސްވެސް ވެއްޖެއެވެ. މީނައަކީވެސް ހިނދުކޮޅު އަންނަ މީހެކެވެ. ވީމާ މިމީހުން ތިބޭނީ އަންނި ފަޅީގައެވެ.