ޖަމްއިއްޔަތުއްސަލަފުގެ އިސް ބޭފުޅުން ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޖަމްއިއްޔާއިން ދޮގުކޮށްފިއެވެ.
ސަލަފުގެ އިސް ބޭފުޅުން މިދިޔަ ހަފުތާގައި ސަން އައިލެންޑް ރިސޯޓުގައި ޖޭޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.
ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭޕީގެ އެދިލެއްވުމަކަށް މި މަހުގެ 20 ވަނަ ދުވަހު އެ ޖަމްއިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާ ހަމައަށް ވެސް ޖޭޕީއާއެކު ބާއްވައިފައިނުވާނެ ކަމަށެވެ. ނަމަވެސް މިއާ ޚިލާފަށް ބައެއް ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ ޒިންމާދާރުކަމެއްނެތި ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށެވެ.
އެ ޖަމްއިއްޔާއަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި މީޑިއާތަކުން އެކަމަށް މައާފަށް އެދި ރައްޔިތުންނަށް ތެދު ހަގީގަތް ހާމަކޮށްދިނުމަށާއި ތެދުދޮގު ބެލުމެއްނެތި ލިބޭހައި ޚަބަރެއް ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ސަލަފުން ވަނީ ގޮވައިލާފައެވެ.
2 Responses
ބާއްވާނެ! ތިޔައީ ދީނޭ ކިޔައިގެން އުޅުނަސް ފައިސާއަށް ވިކޭ ބަޔެކެވެ. އެހެން ނޫންނަމަ، އެންމެ ގިނައިން ރާއްޖޭގައި ބަނގުރާ ވިއްކާ ބަޔަކާއެކީ އެންމެ ބައްދަލުވުމެއްވެސް ނުބާއްވާނެއެވެ.
ބާއްވާނެ! ތިޔައީ ދީނޭ ކިޔައިގެން އުޅުނަސް ފައިސާއަށް ވިކޭ ބަޔެކެވެ. އެހެން ނޫންނަމަ، އެންމެ ގިނައިން ރާއްޖޭގައި ބަނގުރާ ވިއްކާ ބަޔަކާއެކީ އެންމެ ބައްދަލުވުމެއްވެސް ނުބާއްވާނެއެވެ.