މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްއިން މިއަދު ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެ ޕާޓީގެ މެންބަރު މުޙައްމަދު ޢައްބާސް ހައްޔަރުކޮށް ހުޅުމާލޭ ކޯޓުން މިއަދު އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިވމައްސަލައިގައި މީގެކުރިން ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ތިން ފިރިހެނުންނާއި އަންހެނެކެވެ. 

އޭގެތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަަސް ޖަހާފައިވާއިރު, އަނެއް ދެ މީހުންގެ ބަންދަށްޖެހީ 5 ދުވަހެވެ.

ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅީ މިދިޔަ ހޯމަ ދުވަހުގެރޭ ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުން ވަޑައިގަތް ވަގުތުގައެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ސިފައިންނާއި ފުލުުހުން މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. 

ރައީސްގެ މޮޓޯކޭޑް ހުއްޓުވާފައި. ފޮޓޯ: މިހާރު

Loading

One Response

  1. ހީވަނީ އިޒްރޭލު ޙަރާމީ ސިފައިން ފަލަސްތީނު މީހުނާ ދިމާކުރަނީ ހެނެވެ. އެމީހުން ގެންގުޅޭކަހަލަ ބަޑިޔާއި ހެދުން އަޅައިގެން ރައީސްގެ ބޮޑުކަމާއި ހައިބަތު ދައްކަންވެގެން. އެހެނަސް ކުރެވޭ ކަމެއް ހަތް ޙަރާމުން ޙަރާމެވެ. ގޮތް ދެއްކުން އެކަންޗެވެ. އިންޓެލިޖެންޓް ވެސް މަސައްކަތް ނުކުރެއެވެ. ތައްޔުމީހުން ނިކުމެ މުޒާހަރާ ގާނޫނުގެ ދަށުން މުޒާހަރާ ޖައްސައިގެން އޮއްވާ ރައީސް ކަނޑިޔާ ބަޑި ދީފާ ފޯސްނެރެގެން އެ މުޒާހަރާތެރަށް ވަންނާކަން ނުޖެހޭނެއެވެ. އިންޓެއް މަސައްކަތް ކުރާނަމަ އެހެން މަގަކުން ނުނީ ލޯންޗްކޯޅުގައި ދާން ކުރީއްސުރެ ރާވާނެއެވެ. ނަޝީދަށް ޙަމަލާދެވުނީވެސް ތި މާރީގެ އިންޓެއް ޒީރޯ ވީމައެވެ. ލަދުން ބޯހަލާކު. ދެމީހުނާއި ފޮއްޗެސް ހަމަނުވާ ގައުމެއްގެ ރައީސް ބޮޑޭހެދިގެން މުޅިފޯސް ނެރެގެން ކޮންސަކަރާތެއް ޖަހާކަށް ހެއްޔެވެ. ދެން ހީވަނީ ރައީސްމީހާގެ ސަލާމަތައްޓަކައި ޚާއްސަ ހެލިކޮޕްޓަރެއް ގަންނާނީ ހެނެވެ. ފައިސާ ޖަހައިގެން ނޫނީ ޓެކްސް ބޮޑުކޮށްގެންވެސް އެކަންކުރާނެއެވެ. ސަހަރޯ ހީވާވަރު ވެއްޖެއެވެ. މައުމޫނަށް ހަޔާތްގޮވި މީހުންގެ ޙާލު ދެކެބަލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް