އިސްރާއީލުގެ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމު މިދަނީ ހަލާކުގެ މަގުން

Loading

Facebook
Twitter
WhatsApp

http://sandhaanu.today/27989/  އާއި ގުޅޭ

ނަތަންޔާހޫގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމާދެކޮޅަށް ކުރަމުންގެންދާ މުޒާހަރާއަށް 11 ހަފްތާ ފުރުނީއެވެ. މުޒާހަރާގެ ބައިވެރިންގެ ބިރަކީ މިހާރު ޕާލަމެންޓުގައި ބަހުސް ކުރެވެމުންދާ ބިލްތައް އެމީހުންގެ އަޣްލަބިއްޔަތާއި އެކު ފާސްވުމެވެ. 

އެހެންވެއްޖެނަމަ ޝަރުއީ މަރުޙަލާ ތަކުގައި ސިޔާސީ ވެރިންގެ އަތް ގަދަވެގެން ދާނެއެވެ. އޭރުން އިސްރާއީލުގައި ޑިމޮރެސީ ނިތި ދިޔައީކަމަށް މުޒާހަރާގެ ބައިވެރީން ބުނެއެވެ. އުފެދިގެންއުޅޭ މައްސަލަތަކަށް ރަނގަޅު ޙައްލެއް ގެނައުމުގެ ބޭނުމުގައި އިސްރާއީލުގެ ރައީސް އައިޒާކް ހަރޒޯގް ސަރުކާރަށް ތަޖްވީޒެއް ހުށައެޅުއްވިއެވެ. އެހެންނަމަވެސް އެ ހުށައެޅުން ސަރުކާރަށް ލިބުމާއިއެކު އެއްލާލީ ކުނިވަށިގަނޑަށެވެ. 

އެކަމަކު އިދިކޮޅު ސިޔާސީ ބޭފުޅުން އެ ހުށައެޅުމަށް ތާއީދު ކުރައްވައެވެ. ހަރޒޯގް ވިދާޅުވެފައިވަނީ އިންސާނުން މަރުވެގެން ދިޔަސް ހެޔޮކަމަށް ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވައްޓާލަން މަސައްކަތްކުރާ މީހަކާ ދެއްކޭނެ ވާހަކައެއް ނޯންނާނެއެވެ.                  

ނަތަންޔާހޫގެ އަމާޒަކީ ޝަރުއީ ނިޒާމު އޭނާ ބޭނުންވާގޮތަށް ބަދަލު ކުރުމަށްފަހު ޚުދުމުޚްތާރު ވެރިކަމެއް ގާއިމް ކުރުމެވެ. އެކަމަކު އޭރުން އެއީ އަހަރެމެންގެ މިގައުމު އުފެއްދި ބޭފުޅުން އަހަރެމެން ދިރިއުޅެން އުފެއްދި މިގައުމަކަށް ނުވާނެއެވެ. 

މި ގައުމު އުފެއްދެވި ބޭފުޅުން އިޚްތިޔާރު ކުރެއްވި މި ގައުމުދޫކޮށްފައި ދާން ބޭނުންވާނެ ހަމައެކަކުވެސް ނުހުންނާނެ އެފަލްސަފާ ތަންފީޒުކުރެވޭ އިސްރާއީލަކަށް ނުވާނެއެވެ. މިގައުމުގެ އެއްވެސް ރައްޔިތަކު މިއީ އަހަރެން ދިރިއުޅެން ބޭނުންވާ ގައުމުނޫންކަން އިޙުސާސް ކުރަން ނުޖެހޭނެގޮތަށް އެބޭފުޅުން ބިންގާ އަޅުއްވާދެއްވި އިސްރާއީލަކަށް ނުވާނެއެވެ. މިއީ އިސްރާއީލުގެ މަސްހޫރު ރޯލިންގސްޓޯން ނޫހުގެ މަސްއޫލުވެރިޔާ ޑޭވިޑް ގްރޮސްމަންގެ ޚިޔާލުހުރިގޮތެވެ. 

ގްރޮސްމަން އަކީ ޖަހޫދީންގެ ވަޒަނެއް އޮންނަން ޖެހޭނެކަމަށް ގަދަޔަށް ވަކާލާތުކުރާ މީހެކެވެ. ހަމައެއާއެކު ފަލަސްތީނުގެ ބިންތަކަށް އަރައިގަނެގެން އުޅުމާ ދެކޮޅަށްވެސް ވަކާލާތު ކުރާ މީހެކެވެ. 2006 ވަނައަހަރު އިސްރާއީލު ސިފައިންނާ ހިޒްބުއްލާ އާއި ދެމެދު ހިނގާދިޔަ ކުރިމަތިލުމުގައި އޭނާގެ ދަރި 21 އަހަރުގެ ޔޫރީ ވަނީ މަރުވެފައެވެ. 

އެތެރެއާއި ބޭރުން ކޮންމެގޮތަކަށް ނުފޫޒު ފޯރުވަމުން ގެންދިޔަނަމަވެސް މިއަދާ ހަމަޔަށްވެސް އަހަރެމެން ގަބޫލުކޮށްގެންތިބީ އިބްރާހިމްގެ ފާނު ވިދާޅުވެފައިވާ ފަދައިން އަހަރެމެންނަކީ އަޚުންތަކެއް ކަމުގައެވެ. 

އެހެންނަމަވެސް މިއަދުގެ މަންޒަރުން ފެންނަމުން މިދަނީ އެއްޖިންސުން ގުޅުންހިންގަން ބޭނުންވާ މީހުން ގަލުންތަޅާ މަރަންޖެހޭ ކަމަށެވެ. އަދި ޔަހޫދީން ނޫން މީހުންނަކީ އިންސާނީ ޙައްގުތައް ޔަހޫދީންނެކޭ އެއްފަދައިން ލިބެންޖެހޭބައެއް ނޫންކަމަށެވެ. 

އިންސާނިއްޔަތަކީ އަޚުންތަކެއް ކަމުގެ އިޙްސާސް މަޑުމަޑުން ނެތިގެންދާކަމަށްޓަކައި ޖެހިލުންވާކަމަށް ގްރޮސްމަންގެ ވާހަކާގައި އިޝާރާތްކުރެއެވެ. މީގެކުރިން އަހަރެމެން ގަބޫލުކޮށްގެން ތިބީ އަހަރެމެންގެ މެދުގައި އުފެދޭ ދެބަސްވުންތައް ނެތިކޮށްލެވިދާނެ ކަމަށެވެ. 

އެކަމަކު މިހާރު ހިންގަމުންދާ ދާޚިލީ ހަމަނުޖެހުން ތަކުގައި ފެންނަނީ އަލުން ހީރަސް ނުޖެހޭވަރަށް ގާނޫނުގެ ފަތްފުއްތައްވެސް އިރާލެވިގެން ދާތަނެވެ. މިހާރުގެ މާލީ ވަޒީރަކީ ފަލަސްތީނުގެ ހުވާރާ އަވަށުން ފަލަސްތީނިން ހުސްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން ގެންދާ ޓެރަރިސްޓެކެވެ. އޭނާ ބާރު އަޅަމުންގެންދަނީ ތަވްރާތުގެ ޙުކުމްތައް އެއްފަރާތްކޮށްފާ އިސްރާއީލުގެ ސިވިލް ގާނޫނުތަށް ފީޒުކުރުމަށެވެ. މި ކަންތައްގަނޑުގެ ތެރޭގައި އޭނާ އެމެރިކާއަށް ދިއުމުން އެގައުމުގެ އެއްވެސް މަސްޢޫލުވެރިއަކު އޭނާއާއި ބައްދަލު ކުރާކަށް ބޭނުމެއް ނުވިއެވެ.   

މިއަހަރު އޭޕްރިލް 25 ވަނަ ދުވަހު ގައުމުގެ 75 ވަނަ މިނިވަންދުވަސް ދައްކާފާނެ ކުލަވަރެއް ރައްޔިތުންނަކަށް ތަސައްވުރެއް ނުކުރެވެއެވެ. ގައުމުގެ އުއްތަމަ ފަނޑިޔާރު އެސްތަރ ހަޔޫތު ވިދާޅުވެފައި އެވަނީ ތެދުފުޅެކެވެ. “ ހިންގަމުން މިގެންދާ ޙަރަކާތަކީ އިސްރާއީލުގެ ޝަރުއީ ނިޒާމު ފައިދަށުލައި ޗިސްޗިސްކޮށްލުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަސްތޮޅު އެޅުވުމުގެ ޙަރަކާތެކެވެ. 

އެމީހުން ބޭނުންވާގޮތަށް ޝަރުއީ ނިޒާމު ބައްޓަން ކުރެވިއްޖެނަމަ 75 ވަނަ އަހަރު ފާހަގަކުރާ މިނިވަންދުވސް ވެގެންދާނީ މިގައުމު ދުވަހަކުވެސް ނުދެކޭފަދަ ޒަލްޒަލާ އަކަށެވެ. “ އެހެންނަމަވެސް އެމީހުން ބޭނުންވާ ގޮތަށް އިސްރާއީލު ބަދަލެއް ނުކުރެވޭނެއެވެ.                      

މިހާރު ހިނގަމުންދާ މުޒާހަރާ ތަކުގައި އިސްރާއީލުގެ އާބާދީގެ ވިހި އިން ސައްތަ ރައްޔިތުން ބައިވެރިވަމުން އެބަ ގެންދެއެވެ. ނަތަންޔާހޫ ވިދާޅުވަނީ އެއީ ބޭރުގެ ފަރާތްތަކަކުން ފައިސާގެ އެހީތެރިކަން  ފޯރުކޮށްދީގެން ސަރުކާރު ވައްޓަލުމަށް ކުރަމުންގެންދާ މުޒާހަރާތަކެއް ކަމަށެވެ. އަދި ލެފްޓް ވިންގަށް ބުރަވެފާ ތިބި މީޑިއާއިން ރައްޔިތުންނަށް ހުތްލައިދެނީ ކަމަށެވެ.                                                        

އިސްރާއީލު ސިފައިންގެ ރިޒާވް ގައި ތިބި ވަރަށް ގިނަ ތަޖްރިބާކާރު ބޭފުޅުންވެސް ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަޒާގައި ބައިވެރިވަމުންނެވެ. އެމީހުން ހާމަކުރަމުން ގެންދަނީ އެމީހުންގެ ވަޒީފާއަކީ އިސްރާއީލުގެ ޑިމޮކްރެސީ ރައްކާތެރިކުރުން ކަމަށްވާއިރު ނަތަންޔާހޫގެ ޚުދުމުޚްތާރު ވިސްނުމަށް ޖާގަ ދިނުމެއް ނެތް ކަމަށެވެ. 

އަހަރެމެން ކުރި ހުވާގައި އެފުރުސަތަށް މަގުހުޅުވާފައެއް ނެތެވެ.  އިސްރާއީލުގެ ސަދާން ކޮމާންޑުގެ ޗީފް އޮފް ސްޓާފް ރޯޔީ އެލްކަބެޓްސް ބުނަނީ އޭނާގެ ވަގުތުތަކުގެ %70 ހޭދަކުރަނީ ނަތަންޔާހޫއާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާއަށް ތާއީދު ކުރުމުގައެވެ. 

ރޯލިންގެ ސްޓޯނަށް ދިން ބަސްދީ ގަތުމެއްގައި އޭނާ ބުނީ ގައުމަށް ދިމާވެފައި މިވަނީ ބިރުހުރި ޙާލަތެއް ކަމަށެވެ. އޭނާގެ މަސައްކަތުން މިހާތަނަށް ރިޒާވް ސިފައިންގެ ދެހާހަށްވުރެން ގިނައިން މުޒާހަރާގައި ބައިވެރި ކުރެވިއްޖެ ކަމަށާއި އޭގެތެރޭގައި ސާޅީސް ޖެނެރަލުންވެސް ހިމެނޭ ކަމަށެވެ. 

މިއަދުގެ ވަގުތެއްގައި  އިސްރާއީލް އެއްގަމު ސިފައިންގެ އާމީ ޗީފް އޮފް ޖެނެރަލް ސްޓާފް ހަރްޒީ ހަލޭވީ އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި އިސްރާއީލުގެ ދިފާއީ ލަޝްކަރުތަކަށް ރިޒާވް ސިފައިންގެ އެއްބާރުލުން ލިބިގެންނޫނީ ނަތީޖާ ނުނެރޭވެނެއެވެ.  

އެލްކަބެޓްސް ބުނާ ގޮތުގައި އޭނާގެ ހަނދާނަށް އަންނަނީ އެމެރިކާގެ އުމުރުން 74 ވަނައަހަރުގެ ހާދިސާއެކެވެ. އެއީ އެމެރިކާގެ މިނިވަން ސްޓޭޓް ތަކާއި އަޅުންގެންގުޅޭ ސްޓޭޓްތަކާއި ދޭތެރޭ ހިގި ދާޚިލީ ދެކޮޅުވެރި ކަމެކެވެ. އެ ދެކޮޅުވެރިކަން ހަމަޔަކަށް އެޅުވުމަށްޓަކައި 5 ގާނޫނެއް ވުޖޫދު ކުރެވިގެން ދިޔައެވެ. އެކަމަކު އޭގެ ސަބަބުން އެއްވެސް ޙައްލެއް ނުލިބުންވެ. ދެކޮޅުވެރިކަން ނިމުނު އިރު 250000 މީހުން މަރުވެގެން ހިގައްޖެއެވެ.                                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް