ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑު: އީސީ

Loading

Facebook
Twitter
WhatsApp

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކެނޑިޑެންސީ ހުށަހަޅުއްވައިފިނަމަ ކެންޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މި ވަގުތު ހުންނެވީ ޖަލުގައެވެ.

އެއީ ވ.އާރަށު މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި މިދިޔަ ޑިސެމްބަރު 25 ވަނަ އިއްވި 11 އަހަރުގެ ހުކުމާ ގުޅިގެންނެވެ.

ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ ނިންމުން ބަލައިގަންނާނެ ދުވަހެއް ނޭނގެއެވެ. އަނެއްކޮޅުން ރިޔާސީ އިންތިޚާބަށް ކެނޑިޑެންސީ ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 05 ވަނަ ދުވަސްކަމަށްވާއިރު, އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެތޯ ނުވަތަ ނުކުރެއްވޭނެތޯ މިއީ މިއަދު ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެވެ. 

އީސީގެ ރައީސް ފުއާދު ތައުފީގު ސަން އޮންލައިންއަށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި މައްސަލަ އޮތްކަމަށްވާނަމަ ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

ކެނޑިޑެންސީ ބަލައިގަތުމަށް ގޮތެއް ނިންމުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ކޯޓު މަރުހަލާއަށް މައްސަލަ ގެންދިއުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ކެނޑިޑެންސީ ބަލައިގަތުމަށް އޮތް ފުރުސަތެއް ގޮތުގައި ފުއާދު ފާހަގަކުރައްވާ ނުކުތަާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްގެ އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ފުރުސަތު ކޯޓު ދީފައި އޮތް ނުކުތާއެވެ.

Loading

3 Responses

  1. ޔާމީނު ކެންޑިޑަސީ ބަލައިގަނެ ވޯޓުން ހޮވިފައި އޮއްވާ ހައިކޯޓުން ނޫނީ ސްޕްރީމް ކޯޓުން ހުކުމް ދެމެހެއްޓީމާ ހުވާ ކުރާނީ ފުވާދު ހެއްޔެވެ؟ މޮޔަ ނުގޮވާށެވެ.

  2. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅަނީ ޢުމަރު ނަސީރު…ޢުމަރު މިފަހަރު ހޮވަންވީ.ކެރޭނެ .ކުރާނެ..ގަޓު ހުންނާނެ…ގައުމު ދީނަށް ސީދާ ކުރާނެ..އަމަން އަމާން ކަން ގެންނާނެ..ބައިތުލްމާލުން ވައްކަން ކޮށްފި ނަމަ ދީނުގައި ހުރި ހުކުމްތައް ތަންފީޒު ކުރާނެ..ގޭންގުތައް ރޫޅާލާނެ..ވިޔަފާރިތައް ދިވެހިންނަށް ހޯދަ ދޭނެ..ގޯތި ގެދޮރު ހަމައްޖައްސަދޭނެ…..މަގޭ ވޯޓު ޢުމަރަށް

  3. މިބޭފުޅާގެ ދާއިރާއިން ބޭރުވެވޭއިރުވެސް އެނގިވަޑައިނުގަންނަވާތީ މިހުންނަނީ ބުނާނެ އެއްޗެއް ނޭގިފާ. ޝަރީއަތުން ހުކުމް ކޮށްފާ ހުރި މީހަކަށް އިންތިޚާބުގައި ބައިވެރިވެވޭނެ ކަމުގެ އިޝާރާތެއް ދިނީމާ ދެންބުނެވޭނީ ފެންވަރެއް ނެތޭ. އަނގަ މަޑުންލައިގެން ހުރުން ބުއްދިވެރި

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް