ކޯވިޑް 19 އާއި ވިދިގެން ރައްޔިތުންނަށް ސިއްޙީ ފަރުވާދިނުމަށް ސަރުކާރުން ރާއްޖެއަށް ގެންނަން އުޅުނު ވެންޓީލޭޓަރު ތަކުގެ ތެރެއިން 60 ވެންޓިލޭޓަރަށް ވީ ނުވީއެއްނޭގި ކޯވިޑްގެ ޢާލަމީ ވަބާ ވެސް ނިމިގެން ހިނގައްޖެއެވެ. އަދިވެސް އެ ވެންޓީލޭޓަރ ތަކަށްވީ ގޮތެއް ނޭގުނެވެ.
ކުރީ ސަރުކާރުގެ ވައްކަމުގެ ވާހަކަ ވަގޭވަގޭ ގޮވައި ވައްކަން ނުކޮށް ވަގުހިފަން އައިމީހުން ދައުލަތާއި ޙަވާލުވެ ވައްކަން ޖެހީ މިކުހަށެވެ. މިފަދަ ބޮޑެތި ޚިޔާނާތުގެ ޢަމަލުތައް ނުބަލާ އޮއްބާލުމަކީ ވަރަށް ދަށުޖަރައިގެ ޢަމަލެކެވެ. މިފަދަ ބޮޑެތި ވައްކަން ނުބަލާ ދުއްވާލުމަކީ މުޅި އެމްޑީޕީ ލަދުގަންނަން ޖެހޭނޭ ކަމެކެވެ.
ދުބާޢީގެ ޕޭޕަރ (ރައުސުލްމާލެއް ނެތް) ހަމަ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅައިގެން އެފަދަ ބޮޑު ޒިންމާނަގަންޖެހޭ އަވަސް ސިއްޙީ ކުއްލި ނުރައްކަލަށް ބޭނުންވާ ސަޕްލައިއެއްގެ ފުލް ޕޭމަންޓް ބޮޑު ކަޓެއް ނަގައިގެން ނޫނީ މާލިއްޔަތު ގާނޫނާއި ދައުލަތަށް ތަކެތިގަތުމަށް ހެދިފާވާ ހުރިހާ ގަވާޢިދުތަކާއި ދެކޮޅަށް، ނުހަދާނެކަން ކަށަވަރެވެ.
ކުރީގެ އެމްއެމްޕީއަރސީގެ ވައްކަންވެސް ބަލަން އެފައިސާތައް ހޯދައިދިނުމަށް ރައްޔަތުންނަށް ވަޢުދުވެގެން ދައުލަތް ހިންގުމަށް ގެނެވުނު ސަރުކާރަކުން އެފައިސާ ހޯދުމަށް އުފެއްދި ރިކަވަރީ ކަމިޝަން އުވާލައި އެކަމިޝަނުން ބެލިބެލުންތައް ރައްޔަތުންނަށް ހާމަކޮށްނުދިންކަމީ މިވެރިކަމުގެ ޒީރޯ ޓޮލެރެންސް ގެ ނަމޫނާއެކެވެ. ނޫންތޯއެވެ؟ ރިކަވަރީ ކަމީޝަން އުވާލީ އެތަކެއް މިލިޔަނުން ރައްޔަތުންގެ ޚަޒާނާއިން ފައިސާތަކެއް ޚަރަދު ކުރުމަށްފަހުގައެވެ. ހިތަކަށް އަސަރެއްވެސް ނުކުރިއެވެ.
އަދި ނުވިތާކަށް ވެންޓީލޭޓަރު ވަގުންނަށްވެތިބެ ގުރޫޕް ހަދައިގެން ފާޙިޝު އަމަލުތައް ހިންގައި ނުވިތާކަށް ގުރޫހަދައިގެނ ފިރިހެން ކުޅި ކުޅެގެން ބަސްޓްވެގެންތިބެ ކޯޓް ފަޓުލޫނުލައިގެން އެކަކު އަނެކަށް ޢިއްޒަތެރިއޭ ގޮވާތީ ޢަޖައިބު އަންތަރީސް ވެއްޖެއެވެ. ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތީ ތީއެވެ. މިވައްކަމުގައި ބައިވެރިވެފައިވާ ވަގުންތައް ޙިމާޔަތްކޮށްދޭ ވެރިމީހާގެ ޙާލަތާއިމެދު ރައްޔަތުންގެ ކަންބޮޑުވަންތައް ދަނީ އިތުރުވަމުންނެވެ. ހޮޅުއަށިތަކުގައި އެއޮއްގޮވާ ޙަޔާތް މޫނުދިއްކޮށްލަން ވެސް ނުކެރޭނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
ިދެންނެވި ވައްކަންތަކުގެ މައްސަލަތައް ބަލާ ރައްޔިތުންނަށް އިންސާފު ނުލިބި މިވެރިކަމުގެ 5 އަހަރުވެސް މިވަނީ ނިމެން ގާތްވެފައެވެ. އަނެއްކާވެސް ކޮންމެވެސް ދޮތު ވަޢުދުތަކެއްވެ ވޯޓަށް ސަލާމް ޖަހަން ރައްޔަތުންގެ ގާތަށް މިވަނީ ދުވަން ފަށާފައެވެ.
މިދެންނެވި ވެންޓިލޭޓަރުތައް ގެނައުމުގައި ބައިވެރިވި ފަރާތްތައް އެތިބީ ފައިސާތައް ރަނގަޅަށް ބޭނުންކޮށްގެން މުއްސަދިވެ ބަނޑުދަމާލާފައެވެ. އިންސާފުގެ ކަންފުޅެއްވެސް ހަމަ ނެތީއެވެ. ތަޙުގީގީ އިދާރާތައްވެސް ވަނީ ވެރިމީހާގެ މުށުތެރެއަށްލާފައެވެ. ދައުލަތުން ވައްކަން ކުރުމަކީ މިފަދަ ވަގުން ދެކޭގޮތުގައި ގޯހެއްނޫނެވެ. ވާނީވެސް އެހެންތާއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން އާއި ޢަދުލް އިންސާފު ދެމެހެއްޓުމަށް ކަމަށް ބުނެ އުފެދުނު ޢަދާލަތު ޕާޓީގެ ކަނު ފުރިހަމަ ސަޕޯޓް ސަރުކާރަށް ލިބިދީފާ އޮތުމުން ވައްކަންވެސް ޙަލާލު ވާގޮތްތައްވާނީ އެޑްވައިސްކޮށް ދީފާކަަމަށް ގަބޫލުކުރެވެއެވެ.
ީރޯ ޓޮލެރެންސްގެ ދަށުން މައްސަލަ ބައްލަވައި އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އެޅިފިޔަވަޅެއް އަދިއެއް ނުފެނެއެވެ. ވެންޓިލޭޓަރ ގެނައުމުގައި އެތަކެއް އޮޅުވާލުން ތައްހުރި ހުރިއިރު އެކަމުގައި ޝާމިލްވާ ފަރާތްތަކުން ޒިންމާއެއް ނަގާފައެއްވެސް ނުވެއެވެ. ގިނަގުނަ މުއައްސަސާތައް ހެދި ރައްޔަތުންގެ ޓެކްސްފައިސާތަކުން ދަނީ އެންމެން ނާޗަރަންގީ ކުޅެމުންނެވެ. ސަރުކާރު އޮތީ ހަމަ ބޮޑު ވަރިހަމައިގައެވެ. ވާނީވެސް އެހެންތާއެވެ. ރައްޔަތުން އަތުން ވައްކަންކޮށްގެން ނާއި ބަދަލުހޯދައިގެން ދައުލަތުން ނެގިފާސާއިން ބައިކުޅަބައި ދިނީމާވެސް ރައްޔަތުން އެފަދަ ވަގުންނަށް ވޯޓްދޭން ތިބިއްޔާމު އެފަދަ ވަގުންގެ ޢަމަލުތައް އެގޮތަށް ނުބަހަށްޓާންވީ ސަބަބެއްވެސް ނެތެވެ.
ވެންޓިލޭޓަރު ވައްކަމުގައި ބައިވެރިވެފާވަނީ ދައުލަތުގެ އިސް ބައެެއް ވެރިން ކަމަށް ވާތީ ގާނޫނުގެ އެއްވެސް އަތެއް އެވަގުންނާއި ދިމާލަށް ދިގެއް ނުވިއެވެ. ރިހާކުރުފުޅި ވަގައްނެގިމީހާ 6 މަސްދުވަހަށް ޖަލަށް ލެވުނުއިރު އެމްއެމްޕީއަރ ސީގެ ބޮޑުވައްކަމުގެ ބޮޑު ވަގުންތައްވެސް އެވަނީ ހުޅޫމާލޭ ޕެންޓް ހައުސްގައި އަރާމުކުރުމަށް ބައިތިއްބާފައެވެ. ރޭގަނޑު އުޅުއްވަނީ ކަޅުބިއްލޫރި ޖެހި އެތެރެ ނުފެންނަ ކާރުގައި މަގުމަތީގައއެވެ.
އެފަދަ ވަގުންނާއި މިސަރުކާރުގައި ދައުލަތުން ވައްކަން ކުރި ފަރާތްތަކަށް ރައްޔިތުންގެ ރައީސްގެ ފަރާތުން ލިބިދިނީ ރައްކާތެރިކަމާއި ސަލާމަތެވެ. ރިހާކުރުފުޅިޔާއި މިރުސްގަހަކުން މިރުސްބިން މީހުން އަދިވެސް ތިބީ ޖަލުތަކުގައެވެ. ސަހަރޯ ހީފުޅެއް ނުވޭތޯއެވެ؟
ެންފަހެ ދެވަނަ ދައުރެއްގެ ވާކަޔަކީ ލަދުވެތިވާހަކެއް ނޫންތޯއެވެ. ވަގޭވަގޭ ގޮވާ ވަގުހިފައިދޭން އައި މީހުންގެ ވައްކަންވީ ހަ ގުނަ އިތުރެވެ.
![]()

One Response
ވަގުންގެ ރާއްޖެ ކޮން ރާއްޖެ؟ އަނެއް ދިވެހި ރާއްޖެ!