ބިދޭސީއަކު ރާއްޖެއަށް އެތެރެކުރި 2 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ދިވެއްސަކު ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައި ބްރެޒިލުން ރާއްޖެއައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ވަނީ 2.198 ކިލޯގްރާމްގެ ކޮކެއިން ފެނިފައެވެ.
އެ ތަކެތީގެ މަގުމަތީއަގު ހަތް މިިލިއަން ހަތް ލައްކަ ރުފިޔާއަށް އަރައެވެ.
ފުލުހުން އޭނާ ހައްޔަރުކޮށް އޭނާގެ އެއްބާރުލުމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޑްރަގް ހުރި ލަގެޖާ ހަވާލުވުމަށް ދެ ފިރިހެނަކު ދިޔައެވެ. އެ ގޮތުން ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައެވެ.
ނަމަވެސް އޭގެތެރެއިން 32 އަހަރުގެ މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ކޯޓުން ބުނި ގޮތުގައި އޭނާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި އެބަ ހުރިއެވެ.
ނަމަވެސް މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ޑްރަގް ގެނައި މީހާ ހުރި ތަނަށް ދާންޖެހުނު ހާލަތާއި ސަބަބަށް ބަލާއިރު އޭނާގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި އޭނާ ދޫކޮށްލީއެވެ.
އެ މީހާ ބަންދުން ދޫކޮށްލީ މިފަދަ އެހެން މައްސަލަތަކުގައި މީގެކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަމަށް ދައުލަތުން ބުނެއެވެ.
އެހެންވެ ދައުލަތުން ދައުލަތުން ވަނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފައެވެ.