އިރާގުގައި ބަނގުރާ މަނާކުރުން ޒުވާބަކަށް

Loading

Facebook
Twitter
WhatsApp


އިރާގަކީ މުސްލިމް ގައުމެކެވެ. މަދު އަދަދެއްގެ ނަސާރާއީންނާއި އެހެންދީންތަކަށް ތަބާވާ ބަޔަކު ތިބިނަމަވެސް އިސްލާމްދީނުގެ އަސްލު އުސޫލުތަކާއި ޚިލާފް އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ހެދުމަކީ އެ ގައުމުގެ ގާނޫނު އަސާސީގެ އާރޓިކްލް 2 ގައި ސާފު އިބާރާތުން މަނާކޮށްފައިވާ ކަމެކެވެ. 

ރާބުއިމަކީ އިސްލާމްދީނުގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް މިބުނެވުނު ބައިމަދު މީސްކޮޅުން ރާބުއިމަކީ އަމިއްލަކަމެކޭ އެކަން މަނާ ކުރުމުން އިންސާނީ ޙައްގުތަކަށް އަރާއި ގަނެވެނިއްޔޭ ޑިމޮކްރެސީގެ އުސޫލުތަކެއްނޫނޭ ގޮވާ އަޑުގަދަ ކޮށް 2005 ގެ ގާނޫނު އަސާސީއަށް ގޮންޖަހަން ފަށާގަތްތަން ފެނިގެން ދިޔައެވެ. 

އަދި ރާބުއިން ހުއްޓުވޭނެއް ގޮތެއް ވަނީ ނުވެފައެވެ.އެންމެފަހުން ޕާރލަމެންޓުގައި ހިމެނޭ 329 މެމްބަރުންގެ ތެރެއިން ހަމައެކަނި ޣައިރު މުސްލިމުން ކަމުގައިވާ 5 މެމްބަރުން އެ މައްސަލަ ޝަރީއަތަށް ހުށައެޅިއެވެ. އެމީހުންގެ ދަޢުވާއަކީ އިސްލާމީ އުސޫލުތަކަށް ތަބާވާން ބޭނުންނުވާ ބަޔަކު ރާބުއިމާއި ރަލުގެ ވިޔަފާރި ކުރުން މަނާކޮށްފައި އޮތުމެވެ.                        

ބީބީސީން ޚަބަރުދީފައިވާ ގޮތުގައި ގާނޫނު އަސާސީން މަނާކޮށްފާ އޮތް އޮތުން ތަންފީޒުކުރުން މިދިޔަ ހަފްތާގައި އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެންފިއެވެ. 

އޭގެތެރޭގައި ރާ އުފެއްދުމާއި އެތެރެކުރުމާއި ވިއްކުމާއި ބުއިންވެސް ހިމެނެއެވެ. ގާނޫނާ ޚިލާފްވާ މީހުން ސަތާރަހާސް އެމެރިކާ ޑޮލަރުން ޖުރިމަނާ ކުރެވޭނެ ކަމަށް ބީ ބީ ސީން ބުނެއެވެ. ބައެއްމީހުން ދެކޭގޮތުގައި މިކަމުގެ ސަބަބުން ރާ ވިއްކުމާއި ރަލުގެ އަގު އުފުލިގެން ދާނެއެވެ. މިހާރުވެސް ސުލައިމާނިއްޔާ ފަދަ ޝަހަރުތަކުގައި ވަގަށް ރާ އެތެރެކުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ޕާލަމެންޓުގައި ތިބި ނަސާރާދީނުގެ މެމްބަރުން ބެބީލޯން މޫވްމެންޓުގެ ނަމުގައި ހިންގާ ޙަރަކާތުގެ ފަރާތުން ބުނަމުންގެންދަނީ ރަލާއިބެހޭ ގޮތުން މިހާރު ތަޢާރުފް ކުރިވިފައިމިވަނީ ގާނޫނު އަސާސީއާއި އަދި މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ހަތަރު އަހަރުގެ މުއްދަތަކަށް %200 އިމްޕޯޓް ޑިއުޓި ނަގާގޮތަށް ރާ އެތެރެކުރުން ހުއްދަ ދީފައިވާ ގަރާރާ ޚިލާފް ގަވައިދެކެވެ.

2016 ވަނައަހަރުން ފެށިގެން އިރާގުގައި ބަނގުރަލުގެ އެއްވެސް މުޢާމަލާތެއް ކުރުމާއި ރާ ބުއިން ބަންދު ކޮށްފައި އޮތްނަމަވެސް ލައިސަންސު ދިފައިހުރި ފިހާރަތަކާއި ބާރ ތަކުން އިއްޔެއާއި ހަމަޔަށް ރާ ގަންނަން ލިބުނެވެ. މުސްލިމް ނޫން މީހުން މިހާރު އިންތިޒާރުކުރަމުންގެންދަނީ އިރާގުގެ އެންމެ މަތީ ކޯޓުން މިކަމުގައި ނިންމަވާނެ ގޮތަކަށެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް