މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އިތުރު ބަޔަކާއެކު ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙްގެ ދަރިފުޅު އަޙްމަދު ޠައިބާން މުޙައްމަދު ކޯޓަށް ހާޒިރުނުކޮށް ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ.
ޠައިބާންއާއި ރައްޔާން އާތިފް ކިޔާ ދިވެއްސަކާއި ބަންގްލަދޭޝްގެ ޑިޑަރ އަލަމް ބުއިޔަން ކިޔާ މީހަކު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުގެރޭގައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޠައިބާނާއި ރައްޔާންގެ ބަންދަށް ދިނީ ތިން ދުވަހެވެ.
ޑިޑަރ އަލަމް ބުއިޔަންގެ ބަންދަށް ދިނީ 15 ދުވަހެވެ.
ފުލުހުން މިރޭ ބުނީ ޠައިބާންއާއި ރައްޔާންއަށް ދިން ބަންދުގެ މުއްދަތު ހަމަވުމުން އެ ދެ މީހުން މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލީ ބަންދުގައި އިތުރަށް ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ.
One Response
ވިޔަފާރިދައްވެދާނެތީ