އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އަށް ދައުވަތުދީފިއެވެ.
އެމްޑީއޭއާ ކޯލިޝަން ހަދަން އިދިކޮޅު ކޯލިޝަނުން ހުށަހެޅީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދުގެ ދަށުންނެވެ.
ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ހެނދުނު ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.
އެ ގޮތުން އެމްޑީއޭއިން ވަނީ މިއަދު ހަވީރު އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ނިންމާފައެވެ.
އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 17:00 ގައި ސަން ސިޔާމް ބިލްޑިންގުގައެވެ.
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައިި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރައްވާފައިވާ ސިޔާމް އެ ނިންމެވުން އަނބުރާ ގެންދެވިކަން ހާމަކުރެއްވީ އިއްޔެގައެވެ.
އެމްޑީއޭއިން އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމައިފައެވެ. އެއީ ސިޔާމް އިންތިޚާބުގައި ވާދަނުކުރައްވައި އިންތިޚާބުގައި ވާދަކުރާ ޕާޓީއަކާއެކު ކޯލިޝަނެއް ހެދުމަށެވެ.
އެމްޑީއޭގެ ތާއީދަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.
One Response
ޝިޔަމަށްވުރެ ގިނަ ވޯޓް ވިޔާފާރި ގާސިމު އަތުގައި އޮންނާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ސަރުކާރު މެދުވެރިކޮށްގެން ނަގާފައިވާ ބަދަ 830 މިލިޔަން ރުފިޔާއިން 500 މިލިޔަން ރުފިޔާ އެވަނީ ކެމްޕޭން ބަޖެޓަށްވެސް ހަމަޖައްސާފައެވެ. ވީމޭ ޝިޔަމަށްވުރެ ވޯޓް ބުރަދަން ބޮޑީ ގާސިމެވެ ޕޕމ އަށްވެސް އެކެން އެގޭނެދޯ؟