ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޮޕަރޭޝަނެއްގައެވެ.
“މާލޭގައި ރޭ ހިންގި އޮޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކޮށް 4 މީހުން ވަނީ ހައްޔަރުކޮށްފައި.“ ފުލުހުން ދެންމެއަކު ވިދާޅުވިއެވެ.
މި މައްސަލައިގައޮ ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަޙްޤީޤު ކުރައްވަމުންދާ ކަމަށެވެ.
މީގެކުރިން މިފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރަން ގެންދަނީ. ފޮޓޯ: އަވަސް
One Response
މީގައި ހަށިވިއްކުމާ ޖިންސީ ގުޅުން ހިންގުމުގެ ތަފާތެއް ނޭންގުނު. ހަށިވިއްކަނީވެސް އަގެއްކިޔައިގެން އަގު އަދާކުރީމާ. މިގޮތަށް ޖިންސީގުޅުން ހިންގަނީވެސް އަގެއް ކިޔައިގެން އަގު އަދާކުރީމާ.