ކޯލިޝަނެއް ހެދޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން: ވައްޑެ

Loading

February 21, 2023
profile
Facebook
Twitter
WhatsApp

ކޯލިޝަނެއް އުފައްދަން ބަޔަކު އެއްބަސް ކުރުވޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައެވެ. ނަމަވެސް ނަޝީދު ވަނީ ބަލި ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން އިހުނަށްވުރެ ބޮޑަށް އެމްޑީޕީތެރޭގައި ވަނީ ހައިޖާނު އުފެދިފައެވެ. ނަޝީދު މިހާރު ގެންދަވަނީ “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ޕާޓީތެރޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ކޯލިޝަން ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޕާޓީތެރެ އެއްބައިކުރުވާކަށް އެއްވެސް މަސައްކަތެއް ނުކުރައްވައެވެ. އަދި ޕްރައިމަރީ އިންތިޚާބުގައި މައްސަލައެއް އުޅޭ ކަމަކަށް ވެސް ގަބޫލެއް ނުކުރައްވައެވެ. 

ވައްޑެ މިއަދު ވިދާޅުވީ ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށެވެ. މިހާރު ރައީސް ޞާލިޙް ފަހަތަށް ނޭރި ބަޔަކު އިތުރު ދުވަސް ވާވަރަކަށް ޖެހޭނީ އިތުރަށް ފެޔަށް ކަމަށް ވެސް ނަޝީދު ފަޅީގައި ހުންނެވި ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވިއިރު ރައީސް ޞާލިޙާއެކު ކޯލިޝަން ހަދާކަށް އަދި އެއްވެސް ޕާޓީއަކުން ނުނިންމައެވެ. ނަމަވެސް ޢަދާލަތު ޕަާޓީން ވަނީ މަޝްވަރާތައް ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް