ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
“ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް.“ ޖަމީލު ވިދާޅުވިއެވެ.
މީގެއިތުރުން ޖަމީލު ވަނީ ހައިކޯޓުގައި މައްސަލަ ކާމިޔާބުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޖަމީލު ކުރިން ވިދާޅުވި ގޮތުގައި މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެއެވެ. އެ ހިސާބުގައި މައްސަލަ ނިންމޭނެ ކަމަށް ލަފާކުރައްވަނީ އެއްވެސް ނުފޫޒެއް ނެތި ހުރިހާ ކަމެއް ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނަމަ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
3 Responses
އެމްބަސީއެއްގެ ނުފޫޒް އޮންނަކަމައް ވާނަމަ ކިހިނެތްބާވާނީ!!!
އިސްތިއުނާފަށް ހުށަހެޅީ..އިސްތިއުނާފު ކޮށްފި ނަމަ އޮންނާނީ ނިމިފަ.
އަންނި އާއި އިބޫމެން އިންޑިޔާއާއި ގުޅިގެން އިންޑިޔާއިން ޝަކީލްމެން ޓްރެއިން ކޮށްދީގެން ޔާމީނަށް ކުރާ އަނިޔާއެކެވެ. އިރާދަފުޅުން ސަލާމަތްވާނެއެވެ. އާމީން! އެނޫނީ އަންނި އެބުނާ 209 މީހުނަށްވެސް ދައުވާކޮށްބަލާށެވެ. ހުސް ފޭކް ޖެއްސުން. ސެލެކްޓިވް ޖަސްޓިސް އެއީ ވަރަށް ދެރަވަރުވީމާ ވެރީން ހިންގާ ޖަރީމާއެކެވެ.