ވެރިކަން ވައްޓާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ނެޕޯލިއަންގެ ހަނދާން އާކޮށްބަލަ -–ރަޝިޔާ

Loading

February 20, 2023
profile
Facebook
Twitter
WhatsApp

ރަޝިޔާ ވީރާނާ ކޮށްލަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ހަނގުރާމައިގާ ބަލިކޮށް ރަޝިޔާގެ ރައީސް ޕޫޓިންގެ ވެރިކަން ބަދަލުކުރަންކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ރަޝިޔާއިން ހޫނު ރައްދެއް ދީފިއެވެ.

ވެރިކަން ބަދަލުކުރަން ހިތަށް އެރުވުމުގެކުރިން އަދި އެއްފަހަރު ނެޕޯލިއަން ބޮނަޕާރޓޭ މަތިން ހަނދާން ކޮށްލުން ރަނގަޅުވާނެކަމަށް ބުނެފ. ނެޕޯލިއަން ގެ އުމުރުން 51 އަހަރުގައި އަވަހާރަވެފައިވަނީ އެޓްލާންޓިކް ކަނޑުގެ މެދުތެރޭގައި އޮންނަ ސެއިންޓް ހެލީނާ ޖަޒީރާގައެވެ. ނެޕޯލިއަން އަރުވާލުމުގައި އިނގިރޭސިން ޔަގީންކުރީ އޭނާއަށް ފަސޭހައިން ހިކިފަސް ތަނަކަށް ނޭރޭނެ ހިސާބެކެވެ. ސެއިންޓް ހެލީނާއާއި އެންމެ ކައިރިން ހިކިފަސްތަނެއް އަތުޖެހޭނީވެސް ދޮޅުހާހެއްހާ މޭލު ކަނޑު ހުރަސްކުރުމަށްފަހުގައެވެ. މިއީ އެޒަމާނުގައި ގިނިކަންޏާ ހުރި މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.                                                                 

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ސްޕޯކްސް ވުމަން މާރިޔާ ޒަޚަރޯވާ ވިދާޅުވީ ފަރަންސޭސި ވިލާތުގެ ފެށުމަކީ މެކްރޯން ނޫން ކަމަށާއި މިހާރުވެސް ނެޕޯލިއަންގެ ގަބުރު ރަސްމީ ޢިއްޒަތުގައި ޕެރިސްގެ މެދުތެރޭގައި އެއޮތީކަން ދަންނަން ޖެހޭނެއެވެ. 

ޙަގީގަތުގައި މެކްރޯން އަކީ އެއްވެސް އަގެއް ހުރި ޝަޚްސިއްޔަތެއް ނޫނެވެ. އޭނާގެ ބަހުން މި އެނގެނީ ރަޝިޔާގެ ވެރިކަން ބަދަލުކުރަން ހުޅަނގުން ވާހަކަ ދައްކަމުން ގެންދާކަމެވެ. އަދި ޕޫޓިން ނޫންމީހަކު ވެރިކަމަށް އަތުވެއްޖެނަމަ މާބޮޑަށް ގޯސްވާނެއޭވެސް ހަމަ އެ މެކްރޯން އެބަ ބުނެއެވެ. ހަމައެއާއެކު ރަޝިޔާގެ ވެރިންނާއެކު ވާހަކަ ދައްކަން ބޭނުންވާކަންވެސް ދޭތެރެ ދޭތެރެއިން އެގެންދަނީ ބުނަމުންނެވެ.

އަނެއްކާ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން އެބަ ޖެހެއޭ އެކަމަކު ރަޝިޔާގެ ވެރިކަން ބަދަލު ކުރާކަށް ބޭނުމެއް ނޫނޭ ހަމައެދުލުން އެބަ ބުނެއެވެ.ކޮންމެވެސް އެކައްޗެކޭ ކީމާ އަޑުއަހަންވެސް ފަސޭހަ ވާނެއެވެ. ވެރިކަން ބަދަލު ކުރާ ވާހަކަ ވަރަށްގިނަ އިން އަޑު އިވެއެވެ. ޕޫޓިންގެ ބަދަލުގައި ވެރިއަކަށް ގެންނަނީ ކާކު ހެއްޔެވެ؟ މާރިޔާ ޒަޚަރޯވާ ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.    

                                             

މެކްރޯން ވިދާޅުވަނީ އަހަރެމެން ޔޫކްރެއިންގެ ހަނގުރާމާގައި ޔޫކްރެއިނަށް މަދަދު ފޯރުކޮށްދެނީ އެހެން ބައިވެރިންގެ ވިސްނުމާއި އެއްގޮތަށް ރަޝިޔާ ގެ ބިމުގައި ރަޝިޔާ ވީރާނާ ކޮށްލާކަށް ނޫނެވެ.

މެކްރޯން މިހެން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ވެރިން ނާއިއެކު މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމުގެ ތެރޭގައެވެ.       

ނޭޓޯގެ ތެރޭގައިވެސް މެކްރޯނަށް ފާޑުކިއުން ދަނީ އިތުރުވަމުންނެވެ. ބައެއް މެމްނަރު ގައުމުތަކުން ދެކޭގޮތުގައި ފަރަންސޭސި ވިލާތަކީ މިހާރު ބަލިކަށި ބައިވެރިއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް