ގާޒީ ޙަސަން ސަޢީދު ސަސްޕެންޑްކޮށްފި

Loading

February 16, 2023
profile
Facebook
Twitter
WhatsApp

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު ޤާނޫނާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވާ ގޮތަށް އަމަލުކުރެއްވި މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ޙަސަން ސަޢީދު ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން ގާޒީ ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދެއްވާފައިވާ ކަމަށާއި, ނަމަވެސް އެ ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށެވެ. 

އެހެންކަމުން ޙަސަން ސަޢީދު ދެއްވާފައިވާ ލަފާގެ ސަބަބުން ޤާނޫނާ ގަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ ޙަސަން ސަޢީދުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށްކޮށްފައިވާ ޢަމަލެއް ކަމަށްވާތީ މުސާރައާއި ޢިނާޔަތްތައް ލިބޭ ގޮތަށް މިއަދުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އިއްޔެ ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް