ތުރުކީގެ އިންޓީރިއަރ މިނިސްޓަރު އެމެރިކާގެ ސަފީރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފި

Loading

February 16, 2023
profile
Facebook
Twitter
WhatsApp

ތުރުކީގެ އިންޓީރިއަރ މިނިސްޓަރ، ސުލޭމާން ސޮއިލޫ، އެމެރިކާއިން ތުރުކީ އަށް އައްޔަންކޮށް އަންކާރާގައި ހުންނަވާ ސަފީރު ޖެފްރީ ފްލޭކް އަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ. 

ހަބާރްޓާރކް ނޫހާއި ޙަވާލާދީ، ސުލޭމާން ސޮއިލޫވަނީ ”ތިޔަ މުޑުދާރު އަތުން ތުރުކީގައި އަތްނުލާތި“ މިހެން ވިދާޅުވެ ބަހުގެ ޙަމާލަތަކެއް ދެއްވާފައެވެ. އެނޫހުގައި އިތުރަށް ވިދާޅުވެފައިވަނީ ތުރުކީއަށް އައްޔަން ކުރާ ކޮންމެ އެމެރިކާ ސަފީރެއްވެސް އަވަސްވެގަންނަނީ ތުރުކީގައި ޤާނޫނާއި ދެކޮޅު ބަޣާވާތެއް ކުރުމަށްކަމަށެވެ. 

ސޮއިލޫ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ ސަފީރުންގެ ވިސްނުމަކީ އަބަދުވެސް ތުރުކީ ހަލަބޮލިކޮށްލުން ކަމަށެވެ. އަދި މި އެޖެންޑާއަކީ އެންމެނަށްވެސް އެނގިގެން، އެމެރިކާއަށް ވާގިވެރިވާ ނޫސްވެރިން އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. 

ގުރުއާން އެންދުމާއި ދެކޮޅަށް ތުރުކީގައި ކުރެވޭ މުޒާހަރާ 

”އެމެރިކާގެ ކޮންމެ ސަފީރެއްވެސް އަމިއްލަ ނަފްސާ ސުވާލު ކުރަމުންދަނީ ތުރުކީއަށް ހާނީއްކަ ކުރެވޭނެ ގޮތްތަކާއި މެދު. މިއީ ތުރުކީއަށް ދިމާވެފައިވާ އެންމެ ބޮޑު މުޞީބާތް. އެމެރިކާގެ އެންބަސީއިން ދަނީ މި ޤައުމުގައި ހުރި އެހެނިހެން އެންބަސީތަކުގެ ސަފީރުން އެއްތަން ކޮށްގެން ނަސޭހަތްދެމުން.“ ތުރުކީގައި ދާދިފަހުން ދީފައިވާ ޢުދުވާނީ ޙަމަލާތަކާއި މެދު ސޮއިލޫ ވިދާޅުވެފައި ވެއެވެ. 

އެމެރިކާގެ އެންބަސީއިން ވަނީ ތުރުކީގައި އެއްވި އެއްވުން ތަކުގެ ސަބަބުން ބަސްދީގަތުމެއްވެސް ނެރެފައެވެ. މިއީ ޔޫރަޕުގެ ހައްދުފަހަނަ އަޅާފައިވާ ’ރެޑިކަލް ރައިޓް ވިންގް‘ ގެ ފަރާތުން ކީރިތި ޤުރްޢާން އަންދާލުމުގެ ސަބަބުން އެކަމާ ނުރުހުން ފާޅުކޮށް ތުރުކީއިން ބޭއްވި އެއްވުންތަކެކެވެ. 

މި އެއްވުންތަކުގެ ސަބަބުން ހުޅަނގުގެ ގިނަ ޤައުމުތަކުން އަންނަނީ ތުރުކީގައި ހުރި އެންބަސީ އަދި ކޮންސުލޭޓްތައް ބަންދުކުރުމުގެ ވިސްނުން ގެންގުޅެމުންނެވެ. އަދި މިއީ ޓެރަރިޒަމްގެ ޙަމަލާއަކުން ސަލާމަތްވުމަށް ކަމަށްވެސް ގިނަ ޤައުމުތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާ ގުޅިގެން ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ކަވަސޮލޫ ވިދާޅުވެފައިވަނީ މިއީ ޤަސްދުގައި ކުރި ކަމެއް ކަމަށާއި އެއީ ތުރުކީއަށް ހެޔޮ އެދޭ ބައެއް ކަމުގައިވާ ނަމަ ޓެރަރިސްޓުންނާއި ދެކޮޅަށް މަސައްކަތް ކުރުމަށް އަތް ގުޅާލާނެކަމަށެވެ. އަދި އެބުނަމުންދާ ޙަމަލާއެއްގެ މަޢުލޫމާތު ލިބޭކަމުގައި ވާނަމަ ތުރުކީގެ އިދާރާތަކާއި ހިއްސާކުރަންޖެހޭނެ ކަމަށެވެ. 

ކަވަސޫލޫ ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވަވާ، ހުޅަނގުގެ ޤައުމުތަކުން ތުރުކީއަށް ވާގިވެރިނުވާކަމަށާއި، އަދި އަބަދުމެ މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ކަންތައްތަކެއް ޙާސިލްކުރަން ކަމަށް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް