ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިލި މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެެއްގައެވެ.
ފުލުހުން މިއަދު ވިދާޅުވީ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ގާބުރިއެއް އެއްލުމުން ކަމަށެވެ. އަދި ގާބުރި އެއްލި ވަގުތު ސްޓޭޝަނުގައި ހުރި ފުލުހަކަށް އަނިޔާވި ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޢުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރު ތަފްސީލެއް ނުދީ, ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.