މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރި ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޑަގިރި ހުޅުވަން ތައްޔާރުވަމުން އައިއިރުގައި ތަފާތު އެތައް މެސެޖުތަކެއް އެ މަނިކުފާނަށް ވެސް ލިބެމުންދިޔަ ކަމަށެވެ.
“އަޅުގަނޑަށް އައި އެއް ސުވާލަކީ ކީއްވެގެންހޭ މުޅި މި ރަށް ”ނޯ ސްމޯކިންގ“ ރަށަކަށް ނުހެދީ. ތެދުފުޅެއް. އެއީވެސް ހަމަ ވިސްނާލަންޖެހޭ ކަމެއް.“
ރައީސް ވިދާޅުވީ ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ ކަމަށެވެ.
“މި ރަށް މިހާރު ހުޅުވިގެންދާއިރުގައި އަޅުގަނޑު ހިތުން މުޅިން ދެ ސްޕޮޓެއް މިވަނީ ހަމައެކަނި އެއީ ސް.. މަސްތުއާ.. ސިނގިރެޓް, ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އެކަނި ޚާއްސަ ކުރެވިފައި ހުރި ތަނަކަށް ހަދާފައި. އެހެން ނޫނީވިއްޔާ މުޅި ރަށަކީ ދުންފަތުގެ އިސްތިޢުލާމު ކުރުން މުޅިން މަނާ ރަށެއް. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވި ފަދައިން މި ރަށް ބޭނުންކުރަން ފެށުމުން ލިބޭ ތަޖުރިބާގެ އަލީގައި ގެންނަންޖެހޭ ބަދަލެއް ގެންނާނެކަމީ އަޅުގަނޑު ހިތުން އެޗްޑީސީއިން ކުރާނެ ކަމެއް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ދެއްކެވި ވާހަކަ ފުޅާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެއީ ޤާނޫނު މަނާކުރާ ކަމެއް ކުރަން ހިތްވަރު ދެއްވުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ.
ފޮޓޯ: ރައީސް އޮފީސް
One Response
Masthuvaanethaneh h7riiru ethanun masthuvaathakelibenhunnaanetho