ނޭޓޯއިން ހަނގުރާމައިގެ ތެރަށް ވަދެފި، ދެން ދާނީ ގޯހުން ގޯހަށް :ރަޝިޔާ

Loading

February 10, 2023
profile
Facebook
Twitter
WhatsApp


ސަންދާނުގެ ކިއުންތެރިންނަށް ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭން ބޭނުންވަނީ މި ހަނގުރާމައަކީ އާދައިގެ ހަނގުރާމައެއް ކަމުގައި ދުނިޔެ ނުދެކޭތީއެވެ. 

މިހާރުވެސް އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރުތައް މުޅިދުނިޔެ މިއޮތީ ތަޖުރިބާ ކުރަންޖެހިފައެވެ. ހުޅަނގުގެ އެންމެ މުއްސަނދި ގައުމުތަކުގައި ވެސް އާންމު ދިރިއުޅުމަށް ބޭނުންކުރަންޖެހޭ އަސާސީ ތަކެތީ އަގުތައްވެސް އެވްރެޖް ގޮތެއްގައި %25 އަށްވުރެން މައްޗަށް އުފުލިއްޖެއެވެ. 

ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދުލުކޮޅަށްވެސް ގެންނަން ނުވާވަރަށް ދަށަށް ހިނގައްޖެއެވެ. ހަނގުރާމައަކީ ބިރުހުރި ކަމެކެވެ. ހަނގުރާމައަކީ ފަނާކުރުމެކެވެ. މިކަމާމެދު އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ޖެހޭނެއެވެ.                                                 

ރޮއިޓާސް އިން ޚަބަރުދީފައިވާ ގޮތުގައި ނޭޓޯ އިން މި ހަނގުރާމައިގެ ތެރެއަށް ވަންނަކަމަށް ތުޙުމަތު ކުރައްވައި އޭގެ ނަތީޖާއަކީ ހަނގުރާމައިގެ ހުޅުގަނޑުން ސަލާމަތްވުން އުނދަގޫ މިންވަރަކަށް ހަނގުރާމަ ފެތުރިގެން ދިއުންކަމުގައި ރަޝިޔާގެ ދިފާއީ ވަޒީރުވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އެމީހުންގެ ބައިވެރިންގެ މަގްސަދަކީ މިހަނގުރާމް ދިގު ދެންމުން ކަމުގައި އޭނާ ވިދާޅުވިއެވެ. މިބޭނުމުގައި އަހަރެމެންގެ ބިންތައް ފޭރުމަށްޓަކައި ޔޫކްރެއިނަށް ނޭޓޯ އިން މިހާރު އެގެންދަނީ ބަރު ހަތިޔާރު ފޯރުކޮށް ދެމުންނެވެ. 

ނޭޓޯގެ މި ޢަމަލުގެ ސަބަބުން އަހަރެމެން ދެން ބަލާނީ ނޭޓޯއިން މިހަނގުރާމައިގެތެރެއަށް ވަދެއްޖެ ކަމަށެވެ. އަދި ނޭޓޯގެ ހަތިޔާރުތަކަކީ އަހަރެމެންގެ އަމާޒަކަށް ހަދައިފިކަމަށެވެ. 

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުންތައް ފެށުނީއްސުރެން މިހާތަނަށް އެމެރިކާއިން އެކަނިވެސް ވިހި ބިލިއަން އެމެރިކާޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދީފިއެވެ.މިހަތިޔާރުތައް ރަޝިޔާއާއި ދެކޮޅަށް ބޭނުން ކުރާނެކަން ޔޫކްރެއިނުންވަނީ ކަށަވަރު ކޮށްދީފައެވެ.                                               

ރަޝިޔާގެ ދިފާއީ ވަޒީރު ވިދާޅުވީ އިރުމަތީ ޔޫކްރެއިން ބަޚްމޫތު ގައި ކުރެވެމުންދާ ހަނގުރާމައިގާ ރަޝިޔާ ސިފައިން މިހާރުވެސް ކުރިއަށް ޖެހެމުންދާ ކަމަށެވެ.                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް