ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް: ޝުޖާއު

Loading

Facebook
Twitter
WhatsApp

ސިނާޢީ ބޭނުމަށް ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމަށް ހުޅުވައިލުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި, ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ބިން ވިއްކުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަމެއް ކަމަށެވެ.

ދިވެހިންގެ މަސްކަނޑު ވިއްކާލައިފިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން މި ފެށީ ބިންކޮޅު ވިއްކަން ކަމަށެވެ.

“އަސާސީއާއި ޚިލާފަށް ވިއްކާ ބިންތައް މި އަހަރު އުފެދޭ ރައީސް ޔާމީންގެ ވެރިކަމުގައި އަތުލެވޭނެ.“ ޝުޖާއު ވިދާޅުވިއެވެ.

ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން އެޗްޑީސީން ވަނީ ނިންމައިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް