ޚިޔާލު ފާޅުކުރުމުގެ މިނިވންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްގަށް އެކިސަރުކާ ތަކުން ހުރަސް އަޅަނީ ކީއްވެހެއްޔެވެ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނުނެއްގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާޙައްގެކެވެ. މީހެއްގެ ނުވަތަ ބައެއްގެ ހެޔޮފުޅުކަމުން ލިބޭދެވޭ އެއްޗެއް ނޫނެވެ.
އެމްޑީޕީ ގެ ބަހުރުވައިންނަމަ ބޭނުން ތަނެއްގައި ބޭނުންގަޑިޔަކު ފުލުހުންގެ ހުއްދައެއް ހޯދުމެއްނެތި ޖެއްސޭނެއެވެ. އާއެކެވެ. ގާނޫނު ބުނަނީ އެހެންކަމަށް އެމްޑީޕީން މާނަކޮށް އެކަން އެގޮތައްވަނީ ކޮށްފައެވެ. ސުވާލަކީ އެމްޑީޕީގެ ސަރުކާރެއްގައި އެކަން އެގޮތައް ތަށްމިނަށް ނުބޭއްވެނީ ކީއްވެހެއްޔެވެ؟ ކަނޑައެޅިގެން ނޫސްވެރީންނަށްވެސް ފުލުހުން ޙަމަލާދޭތަން އެބަފެނެއެވެ.
ޖުމްލަކޮށް ހުރިހާ ސަރުކާރަކުންވެސް ވަނީ މިދެއްނެވި މިނިވަންކަން ހަނިކޮށް އެޙައްގުން ރައްޔިން މަޙްރޫމް ކުރުވާފައެވެ.
މިގޮތުން އިދިކޮޅު ޕާޓީތަކުން އެއްވެ މަގުމަތީގައި ބާއްވަމުން ގެންދާ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ގާނޫނީ ގޮތުން ލިބިދޭ މިދެންވި ޙައްގު ތަކަށް ސަރުކާރުތަކުން އަންނީ އަރައިގަނެ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ. އިދިކޮޅުގައި ތިބެ ވެރިކަމަށް އާދެވުމުން އިސްވެ ބަޔާކުރެވުނު ޙައްގުތަކަށް ހުރަސްއަޅާ ރައްޔިތުންނަށް އަނިޔާކޮށް ހައްޔަރުކޮށް އެބަހަދައެވެ.
މިސާލަކަށް 2013 އިން ފެށިގެން އެމްޑީޕީއިން އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައެވެ. އެހެން ކަމާއެކު އެޕާޓީން މަގުމަތީގައިބޭއްވި މިނިވަން ހިނގާލުތަކަށް އޭރު ވެރިކަން ކުރަމުންދިޔަ ސަރުކާރުންވެސް ވަނީ ހުރަސް އަޅާ ދުވާރުމަތީގައި ނޫންގޮތަކަށް އެއްވެ ނުއުޅެވޭނޭކަން އަންގާ އެޙައްގުތައް ހަނިކޮށްފައެވެ.
އަދި ރައްޔިތުންގެ ބާރު ޔަޢުނީ ރައްޔިތުން މަޖިލީސް ކުރާގޭގައި ތަޅުއަޅުވާ މަޖީލީސް ކުރާގެއަށް ރައްޔިތުންގެ މަންދޫބުން ވަނަނުދީވެސް ހިފަހައްޓާފަ ވެއެވެ. އަދި އެގެއަށް ވަންނަށް ދިޔަ އެ މަޖިލީހުގެ މެންބަރުން މަޖިލީސް ކުރާގޭގެ ފާރުމަތިން ބޭރަށް އުކާލާފަވެސް ވެއެވެ.
އިއްތިފާގަކުން ނަމަވެސް މިއަދު ވެރިކަމުގައި ތިއްބެވީ އެދުވަހު މަޖިލީހުގެ ފާރުމަތީން އުކާލެވުނު ފަރާތްތަކެވެ. ދެރައީ އެހެންވެގެނެވެ. އެތަޖުރިބާ އަލުން އިދިކޮޅަށް މިހާރު ތަކުރާރުކޮށް އަނިޔާދެމުން ގެންދާތީއެވެ.
ކޮންމެއަކަސް އެއްވެސް ބަޔަކު ނުވަތަ އެއްވެސް ސަރުކާރަކުން އިދިކޮޅުގައި ތިބޭ ބަޔަކަށް ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫގައި ބަޔާން ކޮށްފައިވާ މިންވަރަށް ލިބިދިން ތަނެއް ނުފެނުނެވެ. މިއީ ހިތާމަ ހުރިކަމެކެވެ. މިހާރި ގާނޫނުގައި އެބުނާ ގޮތް އެކަމުގައި ކަމުނުދާނަމަ ލިިބިފައިވާ މަޖިލީސް މެޖޯރިޓީ ބޭނުންކޮށްގެން މުޒާހަރާ ޖެއްސޭނެ ތަންތަން ގާނޫނަކުން ކަނޑައަޅުއްވަމާ ތޯއެވެ؟
ރައްޔިތުން ދެކޭގޮތުގައި އަވައްޓެރި ސިރީލާންކާ އާއި އިންޑިޔާފަދަ ގައުތަކުގައި ސަރުކާތަކުން ކަންކުރާގޮތް ކަމުނުގޮސްގެން ރައްޔިތުން މަގުތަކަށް އެއްވާއިރު ސަލާމަތީ ފަރާތްތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ހަމަނުޖެހުން ނުހިންގޭނެ ފަދައަކުން ޢަމަލުތައް ބަހައްޓާތަން ފެނެއެވެ.
ޑިމޮކްރަސީގައި ރައްޔަތުންގެ ވެރިކަމެއް ކުރެވޭ އެއްވެސް ގައުމެއްގައި އެއްވެއުޅުން ހަނިކޮށް މަނާކުރާތަނެއް ނުފެނެއެވެ.
އެހެނަސް މިހާރުގެ ރާއްޖޭގެ ސަރުކާރު ތަކުން ފެންނަމުން ދިވެހި ގާނޫނު އަސާސީގެ ރުޙާއި ޚިލާފަށް މިދެންނެވި އުޞޫލު މުގުރާލާ ސަރުކާރުން ގާނޫނުގެ ބާރު ކަނޑުވާލާތަނެވެ.
މިއަދު އިދިކޮޅުގައި ތިބެގެން އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުލިބޭވާހަކަ ބުނަން މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ލަދުފުޅުގަންނަޖެހޭނެ ކަމަށް ދެކެމެވެ.
މިސަރުކާރުންވެސް އެ ނަގަހައްޓަނީ ކުރީގެ ސަރުކާރުން ގެންގުޅުއްވި ޑިމޮކްރެސީއާއި ދިވެހި ގާނޫނާއި ޚިލާފު އުޞޫތައް ކަމަށް ވުންވެސް އެކަށީގެން ވެއެވެ. އެހެންވެގެން ނުވާނެއެވެ. ރައްޔަތުން ސަރުކާރެއް ބަދަލުކުރަނީ ރައްޔަތުންނަށް ވެވުނު ވަޢުދުތައް ވެރިކަން ދިނުމުން ރައްޔަތުންގެ ބޮލާލައި ޖެހީމައެވެ. ވީމާ އަލަށްއުފެދޭ ސަރުކާރަކުން ކުރީގެ ސަރުކާރުން އެވެނިހެން މިވެނިހެން ހެދިޔޭކިޔަ އެފަދަ ގާނޫނާއި ޑިމޮކްރެސީއާއި ޚިލާފު ޢަމަލުތަކަށް އަރައިގަނެއް ނުވާނެއެވެ.
ރައްޔިތެއްގެ ޙައިސިއްޔަތުން ބުނަނީ ނަމަ އެއްވެސް ސަރުކާރަކުން މިދެންބެވި މިނިވަންކަން ސަލާމަތީ ބާރުގެ އަތްދަށުން ދޫކޮށްލައިޔައްޔިތުންނަށް ގާނޫނުން ދީފައިވާބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ލިބިދީފައެއް ނެތެވެ.
ރައްޔިތުންނަށް ގާނޫނަކުން ލިބިދީފައިވާ ބާރެއް ނިގުޅައި ގަނެވޭނީ ވެސް ގާނޫނަކުން ކަމުގައި ގާނޫނީ މާހިރުން ބުނެތެވެ. މިހާރު ރައްޔިތުންނަށް ފެންމުން އެދަނީ ދިނީ ޝެއިޚެއްކަމަށް ބުނާ މިނިސްޓަރު އިމްރާނާއި، ކޮމިޝަނަރ އޮފް ޕޮލިސްއާއި މުޅި އެ މުވައްސަސާ ގާނޫނެ މައްޗަށް އަރައިގަންނަ ތަނެވެ. ދެރައީ އެމްޑީޕީ ސަރުކާރެކޭ ބުނާތީއެވެ. އެމްޑީޕީގެ ގިނަ މެމްބަރުނަކަށްވެސް މީތި ގަބޫލެއް ނުކުރެވެއެވެ.

މިނިވަންކަމާއި ޞުލްވެރިކަމާއެކު ރައްޔިތުން މަގުމަތީގަ ބާއްވާ ހިނގާލުންތަކަށް ހުރަސް އެޅޭނެ އެވެސް ބާރެއް އޮވެގެން ނުވާނެއެވެ. އެފަދަ އެއްވުންތަކުގައި ރައްޔަތުމީހާ ޙިމާޔަތްކޮށްދީ މުޒަހަރާ ހޫނު ނުކޮށް، ކަރުގޭހާއި ޕެޕަސްޕްރޭ މަދިރި ކުރަފި މަރަަން ސްޕްރޭކުރާހެން ސްޕްރޭނުކޮށް ޢަމާންކަން ލިބިދެވޭނެ ހުރިހާ ޙިކުމަތެއް ބޭނުންކުރެވެން ޖެހޭނެއެވެ.
މޭޑޭގައި މިހާރުގެ ހޯމް މިނިސްޓަރު ޖެއްސިކަހަލަ ނުރައްކާތެރި ހަވަރުއެއްވުމެއް އަދި މިހާރު އެއްވާ އެއްވުންތަކުން ފެނިފާވެސް ނެތްއިރު އެފަދަ އަނިޔާވެރިކޮށް ރައްޔަތުންނަށް ފުލުހުން މެދުވެރިކޮށް އަނިޔާ ދެވިގެން ނުވާނެއެވެ. އަދި ޚާއްސަކޮށް އަޅުގަނޑުމެން މީޑިއާ މީހުނަށް އެޓޭކް ކޮށްގެން ނުވާނއެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ހަރު އަޑުން ކުއްވެރިކުރަމެވެ.
މިހާރު ދެން މިފެންނަނީ މާ ހުތުރު އަދަބު ސަދަބު ނެތްގޮތަކަށް މިސަރުކާރުން ޢަމަލު ކުރައްވާ ތަނެވެ. އެއްވެސް ސަރުކާރަކުން މިނިވަން ސުލްޙަވެރި ހިނގާލުން ތަކަށް ޕޮލިސް މެދުވެރިކޮށް ޙަމަލާ ދެވިގެން ނުވާނެއެވެ.
ޕޮލިސް ޒިންމާދާރު ބަޔަކަށް މިއަދު ނުހަދަައިފިނަމަ މާދަމާ އުފެދޭ ސަރުކާރަކުންވެސް މި ނޭއްގާނީ ޢަމަލު ތަކުރާރު ކުރާނެއެވެ. ރައްޔަތުންގެ އަޑު އެހޭވަރުގެ ފުށްދުން ތެރިކަން ރައީސްމީހާގެ ހުންނަން ޖެހޭނެއެވެ. ހިނގާލުންތަކަށް ފުރުޞަތު ދޭ ތަނެއް ނުފެނެއެވެ. މިފަދަ އެއްވުންތަކުން ގިނަބަޔަކަށް މުސީބާތަކަށް ވާނަމަ ގާނޫނަށް އަވަސް އިސްލާޙެއް ގެންނަވާށެވެ!
2 Responses
ވަރަށް ރަނގަޅު ވާހަކައެކެވެ. އެމްޑީޕީ އިން ދަސްކުރި އެއްޗެއް ނުފެނުނެވެ. އަދި ރައްޔަތުންނަށް ބުނެދޭން އުޅޭއެއްޗެއްވެސް ނުމެ އެނގުނެވެ. ވެރިކަން ލިބޭ ކޮންމެފަހަރަކު ގައުމު ހަމަމަގަށް އަޅުވާ އެއްބައިވަންތަކަން އުފެއްދުމަށްވުރެ ހަމަ ފެނިގެންދަނީ ބަދަލު ހިފުމާއި ރައްޔަތުން ލިބިދެ ބާރުވެެސް ނަހަމަގޮތުގައި އަމިއްލަ ފައިދާއަށް ބޭނުން ކުރާތަނެވެ. ކަރަޕްޝަންވެސް ހަމަ ހަބޭސްކޮށްގެން ނަށާތަނެވެ. ތިބުނިހެން ރައީސްކަން ލިބިދީ މަޖިލިސް ފުލް މެޖޯރިޓީ ދިނީމާ އިންޑިޔާއަށް ގައުމުވިއްކާލައި ކަރަޕްޓް އަނިޔާވެރި ސަރުކާރެއް ދަމަހަށްޓަން އިންޑިއާގެ މިލިޓެރީއާއި ޑީލްހެދުމަށްވުރެ މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން އެއްވެ އުޅުމުގެ މިނިވަންކަމަށް ޙައްލެއް ހޯދަދިނަސް މާ ރަނގަޅުތާއެވެ. ގާނޫނަކުން އެއްވެ އުޅެވޭނީ ކާނިވާ ސަރަޙައްދާއި، ބޮޑުދިދަ ކާއިރީގަޔާއި، ރަސްފަންނާއި އާރޓިފިޝަލް ބީޗް އާއި މާލެކަައިރީ ކަނދުގައި އޯޕަންޓޮޕް ބާޖުތަކުގައޭ ލިޔެފާ ނިންމާލަންވީ ނޫންހެއްޔެވެ. އޭރުން އެމްޑީޕީ އޮޕަޒިޝަނަށް ތިރިވުމުންވެސް އެގޮތް އޯކޭ ވާނެނޫންތޯއެވެ.
މިރިނުވެ ގޮބޮޅި ކާށިވީމާ ވާނެއެތި އަޅުގަނޑުމެންނަށް މިއޮތީ ވެފައެވެ. ޑިމޮކްރެސީގެ ބައްޕަ ޑިމޮކްރެސީ އަކީ މާމޮޅު ނިޒާމަކަށްވެގެން ދިވެހިންގެ ބޮލަށް ސަވާރުވާން މަސައްކަތް ކުރެއްވިއިރު އެބޭފުޅާގެ އަމިއްލަ ރައުޔު ނޫނީ އެކަމުގައި ރައްޔިތުންނަށް އޮޅުންފިލުވާދިން އެކައްޗެއްވެސް ނެތެވެ. ދުވަހެއް ދުވަހަކަށް ފާޅުވެ ހާމަ ވެގެންދަނީ އެބޭފުޅާއަށްވެސް ޑިމޮކްރެސީ އެނގިވަޑައި ގަތުން ކުޑަކަމެވެ. ޑިމޮކްރެސީ ގައި ރައްޔިތު އެންމެންގެ ބައިވެރިވުން އެއްކޮޅަށްވިޔަސް ދެކޮޅަށްވިޔަސް ހަމަހަމކޮށް ލިބިފައި އޮންނަން ޖެހޭނެއެވެ. އެކަމަކު އެބޭފުޅާގެ ނަޒަރުގައި ޕާރޓީގެ މީހަކު އަތުވެއްޖެނަމަ ބުނާ ކަމެއް ކޮށްދީފައި އެހެންމީހުންނަށް ދައްކާލާނީ ނުލަފާކަމެވެ. ޕާރޓީތެރޭގައި އެބޭފުޅާގެ ވިސްނުން ވިއްކަވަން މަސައްކަތް ކުރައްވަނީވެސް މިކަހަލަ ގޮތަކަށެވެ. އިދިކޮޅު ވިސްނުމަށް ޖަދަލު ކުރައްވަނީއެވެ. އޭގެ ބަދަލުގައި އެބޭފުޅާގެ ވިސްނުމުގައި ހުރި ރަނގަޅު ސިފަތައް ކިޔާދޭށެވެ. ޑިމޮކްރެސީގެ މޮޅުކަން ކިޔާ ދިން ގޮތަކަށް ނޫނެވެ. ޑިމޮކްރެސީގައި ރައްޔިތުން މިއޮތީ ބައިބައި ވެފައެވެ. ބޭނުންވަނީ ރައްޔިތުން އެކުވެރިކުރުވާނެ ނިޒާމެކެވެ. ފަރުދީ މިނިވަންކަމާއި އިޖްތިމާއީ މިނިވަންކަމަކީ އެއީއެވެ.