ރައީސް ޞާލިޙްގެ އޯޑިއޯ ވީޑިއޯ ދިމާނުވާކަން ބޭރު ދުނިޔެެއަށް އެނގިއްޖެ: އެމްޕީ ސަޢީދު

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އޯޑިއޯއާއި ވީޑިއޯ ދިމާނުވާކަން ބޭރު ދުނިޔެެއަށް އެނގިއްޖެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިިދިކޮޅު ކޯލިޝަނުން ރޭ “ދުއްޕާން“ ގެ ނަމުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ސަޢީދު ވަނީ ދާދިފަހުން އިދިކޮޅު ކޯލިޝަންގެ ވަފުދަކުން ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައިފައެވެ.

ކޮންފަރެންސެއްގެ ގޮތުގައި އެ ބައްދަލުވުން ކުރިއަށްގެންދިޔަކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވީ ކަމަށާއި, އެ ބޭފުޅުން އެ ގޮތަށް ކަންކަން ކުރެއްވީ އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީނުގެ މައްޗަށް ކުރާ އިތުބާރު ދެއްކުމުގެ ގޮތުން ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި އެކަން އެ ގޮތުގެ މަތިން ކޮށްފައިވަނީ ރައީސް ޞާލިޙްގެ އަޑާއި މަންޒަރު ދިމާނުވާކަން ބޭރު ދުނިޔެއަށް ހާމަވެގެން ގޮސްފައިވާތީ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ތިމަންނަމެންނަށް ބާރު ލިބިއްޖެއްޔާ ލާދީނިއްޔަތަށް ފުރުސަތު ދޭނެކަމަށާއި, ހުރިހާ ދީނަކަށް އުޅެވޭ ޤައުމަކަށް މި ޤައުމުވާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ އަދި ބާރެއް ލިބިގެންވާ ކަންކަމެއް ނޫންކަން އެނގި މުޅި ދުނިޔެއަށް އެމްޑީޕީ ފަޟީހަތް ވެގެން ގޮސްފައިވާކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިތުބާރު ކުރެއްވި ސަބަބު ހާމަކުރައްވަމުން ސަޢީދު ވިދާޅުވީ ތަފާތަކީ އެމަނިކުފާނުގެ  އަޑާއި މަންޒަރު ދިމާވުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް