ފަތުރުވެރިޔާ މަރުވި މައްސަލަ: ޑިންގީގެ ކެޕްޓަން ހައްޔަރުކޮށް ގޭބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ކ.ތުލުސްދޫ ކަނޑުއޮޅިއަށް މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި އޭނާ މަރުވި މައްސަލައިގައި އެ ޑިންގީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ކ.ތުލުސްދޫ ކަނޑު އޮޅިއަށް ގޮސް އުޅެނިކޮށް މަރުވީ ޕޮލެންޑަށް ނިސްބަތްވާ ފިރިހެނެކެވެ.

ޑިންގީގެ ބުރަފަތީގައި ޖެހުމުން އޭނާގެ ބަނޑު ފަޅައިގެން ގޮސް ގޮހޮރު އޮތީ ބޭރަށް ނުކުމެފައެވެ. އަދި އޭނާގެ އެއް އަތް ވެސް ބުރިވިއެވެ. 

ފުލުހުން ވިދާޅުވީ އެ މައްސަލައިގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 10 ދުވަހުގެ މުއްދަތަކަށް އޭނާ ގޭ ބަންދުކުރަން ކޯޓުން ޢަމުރުކޮށްފައިވާ ކަމަށެވެ.

ޑިންގީ ދުއްވަން ހުރި މީހާއަކީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް