ނޭޓޯ އިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަށް ވަންނަން ތައްޔާރު

Loading

Facebook
Twitter
WhatsApp

ޔުކްރެނިސްކާ ޕްރަވްޑާއިން ނޭޓޯގެ މިލިޓްރީ ކޮމިޓީގެ ޗެއަރ އެޑްމިރަލް ރޮބް ބައުއާ އަށް ޙަވާލާދީ އިއްޔެ ހާމަކުރި ގޮތުގައި ހަތިޔާރު ޖަމާކުރުމަކީ އެޖަމާއަތުގެ އެންމެ މުހިންމު ވިސްނުން ކަމަށާއި އަދި ނޭޓޯއިން މިހާރު އޮތީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމާގައި ބައިވެރި ވުމަށް ތައްޔާރަށް ކަމަށެވެ.

އެހެންނަމަވެސް މިލިޓްރީގޮތުން ކުރިން އޮތް އިސްނެގުން މިހާރު އެޖަމާޢަތުގެ ތެރޭގައި ގެއްލިއްޖެކަމަށް އޭނާ އެއްބަސްވިއެވެ.              

ރޮބް ބައުއާ ވާހަކަ ކުރިއަށް ގެންދަމުން މިދިޔައަހަރު މެޑްރިޑްގައި އޮތް އެ ޖަމާޢަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރަޝިޔާއިން ޔޫކްރެއިންގައި ހިންގާ އުދުވާނާއިބެހޭގޮތުން ހަތަރު ގައުމެއްގައި އެ ޖަމާޢަތުގެ ބައިނަލް އަގްވާމީ ލަޝްކަރުތަކެއް ބައިތިއްބަން އެއްބަސްވިކަން ފާހަގަކުރިއެވެ. އެއީ ބަލްގޭރިޔާ އާއި ހަންގޭރީ އާއި ރޮމޭނިޔާ އަދި ސްލޮވާކިޔާ ގައެވެ. 

މިއީ ރަޝިޔާއަށް ރަނގަޅު ފިލާވަޅަކަށް ވާނެކަމަށްވެސް އެނާ ބުނެފާވެއެވެ. އަދި ރަޝިޔާއިން ނޭޓްގެ ރަތްރޮނގެއް އޮވެފައި އެރަތްރޮނގު ހުރަސް ކޮށްފިނަމަ އަހަރެމެން ހަމަހިމޭނުން ނުތިބޭނެ ކަމުގެ ފިލާވަޅެވެ.

ހަނގުރާމައަކަށް ވަނުމުގެ ކުރިން ހަނގުރާމައިގެ ޙާލަތު ދެނެގަނެ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ނުފޯރާނެ މިންވަރަށް ނޭޓޯ ގައުމުތަކުގެ ސިވިލިއަން އިންޑަސްޓްރީތަކުގެ އުފެއްދުން ކަށަވަރު ކުރަން ޖެހޭނެއެވެ. އަހަރެން ގަބޫލުކުރާނީ ރަޝިޔާގެ މަގްސަދަކީ ހަމައެކަނި ޔޫކްރެއިން އަތުލުން ނޫންކަމަށާއި ކުރީގެ ސޮވިއެޓް ޔުނިއަންގެ ބްލޮކްތައް އަނބުރާ ގެނައުމެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީ ނޭޓޯ ޖެހިލުންވޭތޯ ކުރެވުނު ސުވާލަށް ދެއްވި ޖަވާބަކީ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެކަމަށް ބެލެވޭކަމަށެވެ. އެއީ ޔޫކްރެއިނުން އެމީހުންގެ ކިބައިން ނިގުޅައިގެންފައިވާ ބިންތައް ހޯދުމަށްޓަކައި ގޮތްދޫނުކޮށް ހިފާއްޓާނެތީއެވެ.

އެކަމަކު ރަޝިޔާއިން މިއަދުވެސް ހަނގުރާމަ ހުއްޓާލައިފިނަމަ އެހިސާބުން އެ ނިމުނީއެވެ. މި ޖެނުއަރީ މަހުގެ 19 ވަނަދުވަހު އެޑްމިރަލް ރޮބް ބައުއާ ބުނެފައިވަނީ ހަނގުރާމައިގާ ރަޝިޔާ ބަލިވިޔަސް ރަޝިޔާއަކީ ނޭޓޯއަށް އަބަދުވެސްއޮތް ބިރެކެވެ.                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް