އެމެރިކާގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތިފާ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އިގްތިސާދަށް މެދުވެރިވާ ކޮންމެ ނުރަނގަޅު ބަދެލެއްގެ ބުރަ މުޅިދުނިޔެއިން އުފުލަން ޖައްސާނެއެވެ. މި މަޢުލޫމާތު ކިއުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވަނީ މިކަމާދޭތެރޭ ވިސްނާ ފިކުރު ކުރުމަށް ޓަކައެވެ. މިޙާލަތުގައި ބިލިއަނަރ ޖެފް ބެޒޯސްގެ އިރުޝާދަކީ ކޮންމެހެން ބޭނުން ޖެހިއްޖެ ޚަރަދެއްނޫނީ ނުކުރާށެވެ. ކުރިއަށް އޮތީ ގޮތްނޭންގޭ ދަތި ދުވަސްތަކެއް ކަމަށް ގަބޫލުކުރާށެވެ.                               

ދުނިޔެއަށް ކުރިމަތިވަމުން މިދާ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް ސަރުކާރުންވެސް އެމީހުންގެ ދަރަނިތައް އަދާ ނުކުރެވިދާނެ ކަމުގެ ބިރު ބޮޑުވަމުން ދިއުމުގެ ސަބަބުން ވޯލްސްޓްރީޓްގެ ވިޔަފާރިވެރިން 2023 ގައި ރަނާ ރިހިން އަގުއަދާ ކުރާގޮތަށް ވިސްނުން ގެންގުޅެން ފަށައިފިއެވެ. 

އެންމެ ފަހުގެ އިންފްލޭޝަން ޑޭޓާ ތަކުން އެނގިގެން ދިޔައީ އާންމުކޮށް ބޭނުންކުރަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުތައް ކޮންމެ އަހަރަކު %6.5 އުފުލެމުން ދާކަމަށާއި އަދި މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ދަރަނި 31.4 ޓްރިލިއަން ޑޮލަރަށް އަރައިފި ކަމަށެވެ.        

ފާއިތުވެގެން މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރަނުގެ އަގު %15 އަދި ރިހީގެ އަގު %21 އަށް ވަނީ އުފުލިފައެވެ. ހަމައެއާއިއެކު އެމެރިކާ ޑޮލަރުގެ އަގު އުޅެނީ އިނގިރޭސި ޕައުންޑަކަށް 0.81 އަދި ޔޫރޯ އަކަށް 0.92ގައެވެ.

ޖެނެސިސް ގޯލްޑް ގްރޫޕްގެ ޗެއަރމަން ޖޮނަތަން ރޯސް ފޮކްސް ބިޒްނަސް އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފާވަނީ ރަނާއި ރިހީގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާ ޑޮލަރުގެ އަގު ވެއްޓެމުންދާ ދިއުން ކަމަށާއި އެމެރިކާގެ އިންފްލޭޝަން މައްޗަށް ދިއުމާއި އެމެރިކާ ސަރުކާރުގެ ނުރަނގަޅު މަނިޓަރީ ސިޔާސަތެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ސަރުކާރުން މިވަނީ ދަރަނިތައް އަދާކުރުމަށް ނުކުޅެދިފައެވެ. 

އެމެރިކާއަށް އެމީހުންގެ ދަރަނިތައް ނުދެއްކޭ ވަރުވީމާ އިންވެސްޓް ކުރާމީހުންގެ އިތުބާރު ގެއްލޭނެކަމާއި އެމެރިކާ ޑޮލަރުގެ އަގު ވެއްޓޭނެކަން މީހަކު ކިޔާނުދިނަސް އެނގޭނެއެވެ. އެހެންވީމާ އެމެރިކާ ޓްރެޝަރީ ޑިޕާރޓްމެންޓުން ކޮންމެ ގޮތެއްހަދާފައިވެސް ސަރުކާރުން އެ ދަރަނި ދައްކަން މަޖްބޫރު ކުރުވާނެއެވެ. ޖޮނަތަން ރޯސްގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. މިޙާލަތުގައި ރަނާއި ރިހީގެ އަގު މައްޗަށް ދިއުމަކީ ނުވެ ނުދާނެ ކަމެކެވެ.         

ކިޓްކޯ ނިއުސްގެ އޮންލައިން ސަރވޭއަކުން ހާމަވެގެން ދިޔަގޮތުގައި 2023 ވަނަ އަހަރު ނިމޭއިރު ރިހީގެ އަގު އައުންސެއް 38 އެމެރިކާ ޑޮލަރަށް އަދި ރަން އައުންސެއް 2100 އެމެރިކާ ޑޮލަރަށް އުފުލޭނެއެވެ.

ރޯސް ދެކޭގޮތުގައި މުސްތަގްބަލްގައި އިންވެސްޓް ކުރުމަށް ތަޖްރިބާކާރުން ރިހީގެ މައްޗަށް ބުރަވަމުންދާލެއް ބޮޑުކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ ރިހި ބޭނުންކުރެވޭ ސިނާޢީ ދާއިރާތައް ފުޅާވަމުން ދިއުމެވެ.

ސޯލާ ސިސްޓަމަށް އިލެކްޓްރިކަލް ބޭނުންތައް ބަދަލުވެގެން ދާއިރު ސޯލާ ޕެނެލްތަކާއި އަދި އެއްގަމު ދަތުރުތަކަށް ބޭނުންކުރާ އުޅަނދުފަހަރު އުފެއްދުމުގައިކޮންޑަކްޓަރަށްވެސް ރިހި ބޭނުން ކުރެވޭނެތީއެވެ. ފާއިތުވެގެން މިދާ ބާރަ ވަރަކަށް މަސްދުވަހުގެ ތެރޭގައި މީގެ ކުރިން ދުވަހަކުވެސް ރިހީގެ ބޭނުން ނުކުރެވޭ ވަރަށް ރިހީގެ ބޭނުން ދަނީ ކުރެވެމުންނެވެ.

އެމެރިކާގެ އިގްތިސާދަށް އަންނަ ކޮންމެ ނުރަނގަޅު ބަދަލެއްގެބުރަ މުޅިދުނިޔެ އުފުލަން ޖައްސާނެއެވެ. އެމެރިކާގެ އިކޮނޮމިކް އެޑްވައިޒަރުންގެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ދަރަނިތައް އަދާ ނުކުރެވިއްޖެނަމަ މުޅި ގައުމަށް އެކަމުގެ ނިކަމެތިކަން ފޯރާނެއެވެ. ގައުމުގެ އާންމެ ސިއްޙަތާއި ދިފާޢީ ނިޒާމުވެސް އޭގެތެރޭގައި ހިމެނޭނެއެވެ. އެމެރިކާގެ މާލީ ނިޒާމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.

Loading

2 Responses

  1. މާލޭގެ ގެތަކުގެ ކުލި ކޮންޓްރޯލް ކުރަން ޖެހޭނީ ވަށާޖެހޭ އުސޫލުންނޭ ވިޔަފާރި އާއި އިގްތިސާދުގެ ސައެންސް ގެ އަލީގައި އެކަން ދިރާސާ ކުރާ ނަމަ މާލޭގައި ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރާ ތަނުން އެތަންތަން ބަދަލުވެގެން ދާނެއޭ ވިޔަފާރީގެ އެކިބޭނުން ތަކަށް ކުއްޔަށް ދޭ ތަންތަނަށް ތިލަފަތް ހަމަނުކޮށް މިކަން ނުކުރެވޭނެއޭ ފުރަތަމަ ހުޅުމާލޭ ހުޅަނގުން އޮތް ބިން ހިއްކާ މާލޭގައި ހުރި ވިޔަފާރިތަކަށް އެތަނުން ބިންދޭންވީއޭ އެއިރުން އަމިއްލަ އަށް ހަމަހަމަ ވެ ކުލި އަމިއްލަ އަށް ކޮންޓްރޯލް ވެގެންދާނެއޭ މިފަދަ ކަންކަން ކުރަން ޖެހޭނީ އެފަދަ ސިޔާސަތު ތައް މޭޒު މަތީގައި ދިރާސާ ކޮށްހަދާފައޭ މުޅި މިއާލަމް ގައި ވާ ހުރިހާ ކަންކަމަކީ އެއީ ހަމަހަމަ އުސޫލުން ހިނގާނެ އުސޫލުން ލައްވަވާ އެނިޒާމްގެ ދަށުން ހިނގާ ކަންކަމޭ އެކަންކަން އެއީ ތޮބީއީ ކަމަކަށް ހައްދަވާ ތޮބީއީ ގޮތުން އަމިއްލަ އަށް ހިނގާނެ އުސޫލުން މެދުވެރިކުރުވާ ނިއުމަތަކީ އެއީ ހިސާބު އިލްމްގެ ނިއުމަތޭ ކަން މިހެން ހުރުމުން މާލޭގެ ކުލި ކޮންޓްރޯލް ކުރާ އިރު ވެސް ހިސާބު އިލްމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ އެކަމަށް ވިޔަފާރި އާއި އިގްތިސާދު ދައްކާ ދޭ ސައެންސްގެ ދަށުން ކޮށްފިނަމަ ކާމިޔާބު ވާނެއޭ ބަދަލުގައި އޮބި އަޅައިގެން އެކަން ގާނޫނު ތައް ހަދައިގެން ކުރަން ހަދައިފިނަމަ އެއިން އުފެދޭނީ ވައްކަން ކުރުމާއި އޮޅުވާލުމާއި މަކަރާއި ހީލަތޭ މިސާލު އެފެންނަނީއޭ މާލޭގެ ގަރާޖް ތަކަށް ރަޖިސްޓްރީ ކުރާ ވެހިކަލްސް ތަކުން ފެންނަނީ މިސާލު ތަކޭ ގާނޫނު ތަކަކީ އެއީ ވިޔަފާރި އާއި އިގްތިސާދަށް ހުރި ހައްލު ތަކެއް ނޫނޭ އެއީ ވިޔަފާރި އާއި އިގްތިސާދަށް ހުރި ނުރައްކާ ތަކޭ ހިނގާ ނަފާ ހޯދަން މާލޭގެ ކުލި ކޮންޓްރޯލް ކޮށްގެން ހިނގާ ހިފާ މަމެން އަތުގައި ނުވާނަމޭ ވަރުބަލި މިކަން ކާމިޔާބު ކޮށްފައި ނޫނީ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު މިކަން ކުރާނެއޭ އަންނި އެއީ އެއްވަނައޭ ހިނގާ ބަހީ އާދޭ އެންމެ ކަތުންނޭ ގުޅިގެން މިކަން ކުރަމާ ހިނގާ ބަހީ އާދޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް