ރައީސް ނަޝީދު ވެރިކަމަށް އައުމަށް ރައީސް ޔާމީނާއެކު ކޯލިޝަން ހަދާފާނެތީ ބިރުގަނޭ: މާރިޔާ

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކޯލިޝަން ހައްދަވާފާނެކަމުގެ ބިރުހީވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް އިވެނީ ރައީސް ނަޝީދު ރައީސް ޔާމީނަށް ތަޢުރީފު ކުރައްވާ އަޑު ކަމަށާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން އެ މަނިކުފާނާ އެއްކޮށް ތިއްބެވި ކަމަށް ރައީސް ނަޝީދު ވިދާޅުވާ އަޑު ކަމަށެވެ.

“މިހާރަކަށް އައިސް މި އިވެނީ ރައީސް ނަޝީދު ވިދާޅުވާ އަޑު ރައީސް ޔާމީނާ އެމަނިކުފާނާ އެއްގޮތޭ. އިންޑިއާ އައުޓް ފިޔަވައި އެ މަނިކުފާނާއި ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދާ ވާހަކަ. އަޅުގަނޑުމެންނަށް މި އިވެނީ ރައީސް ޔާމީނަކީ ވިޝަނަރީ ވިދާޅުވަމުން ރައީސް ނަޝީދު ވަޑައިގަންނަވާ ތަން. ރަށްރަށަށް ވަޑައިގަތީމާ އެ ވަޑައިގަންނަވާއިރަށް ތަން ތައްޔާރު ކުރުމަށްޓަކައި ޕީޕީއެމްގެ އެކްޓިވިސްޓުން ނުކުމެ ޕޯސްޓަރުތަކާއި ބެނާތަކާ ދަމާ ތަން. އަދި ރައީސް ނަޝީދު ރަށްރަށަށް އަރާވަޑައިގަންނަވާއިރު ޕީޕީއެމްގެ ހަރަކާތްތެރިން އެ މަނިކުފާނުގެ އިސްތިގުބާލުގައި ހުންނަ ވާހަކަ.“

“އެ މަނިކުފާނު އެބަދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކީ ކޯލިޝަނެއް ހައްދަވާފާނެތީ.“ މާރިޔާ އިތުރަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން ޖަލަށް ލެއްވި ކަމަށާއި ނުވިތާކަށް ބޭބޭފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ޖަލަށްލެއްވި ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރެއްގެ ގޮނޑި ގެއްލުވާލައި މަޖިލީހުގެ ތެރެއިން އެތައް ހާސް ރައްޔިތުންނެއްގެ އަޑުކަނޑުވައިލި ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް ހިޞާރު ކުރެއްވި ކަމަށެވެ.

“އެ ބޭފުޅާ އެދިވަޑައިގަންނަވާ ގޮތަށް ނޫން ގޮތަށް ޙުކުމެއް ލިބުނީމާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދެން ހުންނެވި ދެ ފަނޑިޔާރުން ހައްޔަރުކުރެއްވި. 2018 ގައި ރައްޔިތުން ނުކުމެ ރައީސް އިބޫ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިޚްތިޔާރުކޮށް ބޮޑު އަޣްލަބިއްޔަތަކުން ނެގީމަ ވެސް ސްޕްރީމް ކޯޓަށް ވަޑައިގެން އެ ރައްޔިތުން ބުނި ބަސް ބޭކާރުކޮށްލެވޭތޯ ވެސް މަސައްކަތްޕުޅު ކުރެއްވި.“

“މިއަދު އަޅުގަނޑުމެންގެ ޕާޓީގެ އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނުކުމެވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމާ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެން ވެސް އެ މަނިކުފާނު އެފަދަ މޮޔައެއް އެކަހަލަ ކަމެއް ކުރެއްވިޔަ ދީގެން ނުވާނެ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދާ އެކު ވެސް ތިއްބެވި އެމްޑީޕީ ބޭފުޅުންނަށް 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ނުކުމެވަޑައިގެން ރައީސް އިބޫ ކެންޑިޑޭޓް ނަންބަރަށް ވޯޓެއް ދެއްވާށޭ.“ މާރިޔާ ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ޕީޕީއެމްއާއި ދެމެދު އޮތް ޚިޔާލުތަފާތުވުމަކީ އެ ޕާޓީން އިންޑިއާއާމެދު ގެންގުޅޭ ވިސްނުން ކަމަށެވެ.


“އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމް ބޭފުޅުން ކައިރީގަ އެބަ ދަންނަވަން އަޅުގަނޑާ ތިބޭފުޅުންނާ އޮތް ހަމައެކަނި ޚިޔާލު ތަފާތުވާ ތަނަކީ މިއީއޭ. އިންޑިއާ އައުޓު ދޫކޮށްލައްވާށޭ. އަޅުގަނޑު ރައީސް ޔާމީން އަރިހުގަ ވެސް ތަކުރާރުކޮށް އެބަ ދަންނަވަން އެވިސްނުން ދޫކޮށްލައްވާށޭ.“

އެއަށްފަހު ރައީސް ނަޝީދު ރައީސް ޔާމީނަށް ތަޢުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް ބޭފުޅެއް ކަމަށާއި ޔާމީނަކީ ވަރަށް އެކަޑެމިކް ބޭފުޅެއް ކަމަށެވެ. އަދި އެއީ ތަންދޮރު ދަންނަ ވިޝަނެއް އޮތް ބޭފުޅެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Loading

4 Responses

  1. އަސްލުވެސް ބިރުގަންނަންޖެހެއެވެ. އެއީ އެޕްޕީއައިޑީ އިން ފިރިމަނިކުފާނު ސަޓޯކުރި ވައްކަމުންފެށިގެން އިބުރާހިމުގެ ވެރިކަން ނިމުމާހަމަޔަށް ކުރެވިފާހުރި ވައްކަމާއި ހެދިފާ ހުރި ޑީލްތައް ހަމަ ބައްލަވާފާނެއެވެ. އެހެންކަމަށް ވަންޏާ މާރީ އާއި ހިންގާލާ ގުރޫޕް ބިރުގަންނާނެ ތާއެވެ. ފިލައިގެން ދިޔަސް މިހާރު ބައެއްތަންތަނުން ދައުލަތްތަކުން ވައްކަން ކޮށްގެން ހޯދައިފާހުންނަ ހަރުމުދާވެސް އަތުލަދޭތީއެވެ. ބޭންކް އެކައުންޓް ފްރީޒްވެސް ކުރެވޭނެދޯއެވެ. ދެން މިއެންމެން ބިރުގަތީދޯ؟ އަސްލުވެސް ނަޝީދު ބޭނުންވާގޮތަކަށް ޕޕއެމް އާއި ގުޅިގެން ޑީއަރޕީ އަދި ބާޣީ އެމްޑީޕީ ފެކްޝަން ބުރާންތި ކޮށްލެވިދާނެއެވެ. ލަހީ އެކަން އެނގުނުލެއް، މާލަސްވީއެވެ. ދެންބަލަމާ؟

  2. ބާޣީންނޭގޮވާ އެމީހުން ރާޑިކޮށްފާ އެމީހުނާއި އެކުވެސް ކޯލިޝަން ހެދީ ވިއްޔާއެވެ. ޕީޕީއެމް އައީ އެކު ނަޝީދު ކޯލިޝަން ހަދާ ހިސާބުން ބޮދުބުޑަށް ސައިވީއެވެ. ދެން އަރާނެ ގެ ހުސްވީއެވެ. ބިރުގަންނާނެތާއެވެ.

  3. ފަހަރެއްގާ ރަނގަޅު ފާލަކަށްވެސް ވެދާނެއެވެ. ޔާމީނުގެ ތަރައްގީ އަށް ހިތުރު ހިތްވަރަކާއި ބާރަކަށް ވާނެކަން ޔަގީނެވެ. އެހެނަސް ބޮޑުވަޒީރު ކަމެއް ނުލިބޭނެއެވެ. އެގޮތަށް ޔާމީނު ލެބޭވަރަށްވުރެ ސިޔާސީ ބާރުވެރިކަން ގަދަކަމަށް ފެނެއެވެ. ދެންވެސް އަތުޖެހުނު އެއްޗެއް ބައްކުރަން ނުހައްދަވާ ސޯލިޙު ލައްވާ ހެޔޮވެރިކަމެއް ކުރެވޭތޯ ބައްލަވާށެވެ. ބުނެވޭގޮތުގައި ސިއްކަ ލައްވާ ސިލޯނުގެ ވަރަށްގިން ބިން ހިންގާލާ ގުރޫޕްގެ ވެރީން އެބަ ގަނެއެވެ. ސަމާލުވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް