ބްރިކްސް ޖަމާޢަތުގައި ހިމެނޭ ގައުމުތަކުން އިތުރު އެހެންގައުމުތައް ބައިވެރިކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި އަދި އިތުރު ގައުމުތަކަށް މެމްބަރޝިޕް ދިނުމާއިމެދު މިއަހަރުގެ ފަހުކޮޅުގައި ގޮތެއް ނިންމާނެކަމަށް އެ ޖަމާޢަތުގެ މިހާރުގެ ރިޔާސަތު ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލޭޑީ ޕާންޑޯރ ވިދާޅުވެއްޖެއެވެ.
ޖޯހަނަސްބާރގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ނުރަނގަޅު މަގުގައި ކަންބޮޑުވާ މިންވަރަށްބަދަލުވަމުން މިދާ ހަލުވިކަމާއިހުރެ ގިނަ ގައުމުތަކަކުން އެއްކަހަލަ ވިސްނުމަކާއި ފިކުރެއް ގެންގުޅޭ ގައުމުތަކާއި އެކު ބައިވެރިވެގެން ކުރިޔަށް ދާން ތިބީ އިންތިހާއަށް ބޭނުންވެފައެވެ.
މިސަބަބު ތަކަށްޓަކައި ބްރިކްސްއާއި ގުޅެން ގިނަ ގައުމުތަކަކުން ބޭނުންވާކަން މިހާރުވެސް ވަނީ ހުށައަޅާފައެވެ.ބްރިކްސް ޖަމާއަތުގެ މެމްބަރުން ގިނަވުމުން ދުނިޔޭގެ އިގްތިސާދުގައި އެ ޖަމާއަތުގެ ނުފޫޒު ގަބޫލުކުރަން ޖެހޭނެއެވެ. އަދި ކުރިއަރާފައިވާ ޔޫރަޕިއަން ޔުނިއަނާއި އެމެރިކާގެ އެއްބާރުވުންވެސް ލިބޭނެއެވެ.
ބްރިކްސް ޖަމާއަތުގެ ފުރަތަމަ ތަސައްވުރަކަށް ވެފާއޮތީ މެމްބަރު ގައުމުތަކުގެ އިގްތިސާދު ރަނގަޅު ކުރެވޭނެ އުސޫލުތަކެއް އެކަށައަޅައި އެމައްޗަށް އިގްތިސާދު ތަރައްގީކުރަމުން ގެންދިއުމެވެ. ނަމަވެސް ރަޝިޔާއާއި ދެކުނު އެފްރިކާއަށް ކުރިމަތި ވެފައިވާ މައްސަލާ ތަކާހުރެ ބަލިކަށި އިގްތިސާދެއް އޮތް ގައުމުތައްވެސް ބައިވެރި ކޮށްފިނަމަ ޖަމާޢަތުގެ އިގްތިސާދަށް ނުރަނގަޅު އަސަރު ތަކެއް ކޮށްފާނެކަމަށްވެސް ބަލަންޖެހެއެވެ.

ދުނިޔޭގެ އާބާދީގެ 42 އިންސައްތަ މީހުން މިޖަމާޢަތަށް ނިސްބަތް ކުރެވުނަސް ދުނިޔޭގެ ބޭންކާއި ދުނިޔޭގެ މާލީ އިދާރާގައި މި ގައުމުތަކުގެ ވޯޓަކީ ފަނަރަ އިން ސައްތައަށްވުރެންވެސް ކުޑަ އަދަދެކެވެ. މިއީ ބްރިކްސްއަށް މެމްބަރުން އިތުރުކޮށް ފުޅާކުރުމުގައި މިވަގުތަށް އަހަރެމެން ވިސްނައި ގޮތެއް ނިންމަން ޖެހިފައިވާ މައްސަލައެކެވެ. ހަމަޔަގީނުންވެސް ދެކުނު އެފްރިކާގެ ރިޔާސަތުގައި މިކަންކަމާމެދު ގޮތެއް ނިންމާނެއެވެ.
ބްރިކްސް ޖަމާޢަތުގައި މިހާރު ހިމެނޭ ގައުމުތަކަކީ ބްރެޒިލް ރަޝިޔާ އިންޑިއާ ޗައިނާ އަދި ދެކުނު އެފްރިކާއެވެ. އެ ޖަމާޢަތުގެ ރިޔާސަތު މީގެކުރިން ޗައިނާއަށް އޮތް އިރު މެމްބަރުންނަށް ވުން އެދި ބައެއް ގައުމުތަކުން ހުށައަޅާފައިވެއެވެ.
One Response
ހުޅަނގުގެ ބާރު ކެނޑޭކަމަކަށް ފުރުސަތެއް ނުދޭނެ. އެމީހުންގެ ވިސްނުމަކީ ދެންތިބި މީހުން ނާށިގަނޑު ހިފައިގެން ސަލާން ޖެއްސުން.