އަޅުގަނޑުގެ ސަރުކާރެއްގައި ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނަން: ނަޝީދު

Loading

Facebook
Twitter
WhatsApp

ތ.ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވަޢުދުވެވަޑައިގެންފިއެވެ.

އެ މަނިކުފާނު އެ ގޮތަށް ވަޢުދުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލިފުށީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

“އަޅުގަނޑު ވެސް މިރޭ ވަޢުދެއްވާނަން. ވިލިފުށީގައި އެއާޕޯޓު ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނަން.“

އެ މަސައްކަތް ކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮޅުމަޑުލުގެ ރަށްތަކުގެ ވިޔަފާރި ރަނގަޅުކޮށްދިނުމަށް އެހީތެރިވެދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ޢާންމުކޮށް އަޅުގަނޑުމެން ދެކިގެން މި އުޅެނީ 30 މޭލާއި 30 މޭލާއި ގާތުގައި ވައިގެ މަގުން ދަތުރުކުރާ ސްޓޭޝަންތައް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫންކަމަށް. އެހެންނަމަވެސް ވިލިފުށީގައި އެއާޕޯޓެއް އޮވެ އެ އެއާޕޯޓަކީ ރަށުގެ މި އަތޮޅުގެ ރަށްތަކަށް ޓޫރިޒަމް ތަޢާރަފުކުރުމަށް އެހީތެރިވެދޭނޭ ވަސީލަތަކަށް ވެގެންދާނެ.“ ތިމަރަފުށީގައި އެއާޕޯޓެއް އޮތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުން ނުވަތަ ލޯނެއް ނަގައިގެން އެ މަސައްކަތް ކުރުން ބުއްދިވެރިއެއް ނޫން ކަމަށެވެ. އަދި އެދެވޭ ގޮތަކީ ފަޅުރަށެއް ނުވަތަ ބިމެއް ދިނުމަށްފަހު އެއާޕޯޓު ތަަރައްޤީކުރުން ކަމަށެވެ.

ވިލިފުށި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ހުޅުވައިލެއްވީ 2021 ވަނަ އަހަރުއެވެ. ސަރުކާރުން މީގެކުރިން ވިދާޅުވި ގޮތުން ވިލިފުށީގައި އެއާޕޯޓު އަޅަން ހަ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް އެ އެއާޕޯޓު އެޅުމަށް މިއަދާ ހަމައަށް ވެސް ބަޔަކާ ހަވާލު ކުރައްވާފައެއް ނުވެއެވެ.

Loading

One Response

  1. އަޅުގަނޑުގެ ވެރިކަމެއްގައި، ނައިފަރު މަޑިވަރު މަޑިވަރު ފެލިވަރު ފެލިވަރު ހިންނަވަރު މި ހަތަރު ރަށް ބުރިޖަކުން ގުޅާލެވޭންދެން މަސައްކަތް ކޮށްދޭނަން….!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް