ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެންނާނެ: ރައީސް 

Loading

January 14, 2023
profile
Facebook
Twitter
WhatsApp

ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ވަަރަށް މުހިންމު ކަމަށާއި ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާއެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫ އުސްގަނޑަ ބީޗުގައި ސަޕޯޓަރުންނާ މުޚާަތަބު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އައްޑޫ ރައްޔިތުންނާމެދު އިހުމާލުވެފައިވާ ކަމަށެވެ. އެ ގޮތުން އެ ސިޓީގެ ރައްޔިތުން ދިރިއުޅެމުން އައީ ތަކުލީފުތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ތަކުލީފުތަކަށް ނިމުމެއް ގެނައީ މި ސަރުކާރުންނެވެ. އެ ގޮތުން ވޭތުވެދިޔަ ސަރުކާރުތަކުން ނުގެންނަވަރުގެ ތަރައްޤީއެއް މި ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އައްޑުއަށް ގެނެސްދީފައިވާ ކަމަށާއި މިއަށްވުރެ ބޮޑަށް އައްޑުއަށް ތަރައްޤީ ގެނުވާ ސަރުކާރެއް ލިޔެކިޔުމުން ފެންނާން ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ތަރައްޤީކުރަން ސަރުކާރުން ފެށި  މަޝްރޫޢުތައް ނިންމުމަށް އައްޑޫ ރައްޔިތުންގެ ތާއީދު ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ވަަރަށް މުހިންމު ކަމަށާއި ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާއެއް އޮންނާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ މި ސިޓީން ލިބޭ ތާއީދަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން. އަދި އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރެއްްގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ“

ރައީސް ޞާލިޙް މިހެން ވިދާޅުވިއިރު ރަނިންމޭޓަކަށް ނަންގަވާނީ އައްޑޫ ޒުވާނެއްކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް