މެލޭޝިޔާގެ މަރޑެކާ 118 އަށް ވަގަށްއެރި އެމެރިކާ ބަޔަކު ހައްޔަރު ކޮށްފި

Loading

January 14, 2023
profile
Facebook
Twitter
WhatsApp


ދުނިޔޭގައި ހުރި ދެވަނައަށް އެންމެ އުސް އިމާރާތް މެލޭޝިޔާގެ މަރޑެކާ 118 އަށް ވަގަށް އަރާއުޅުނު ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ. އެމީހުން އެތަނަށް އެރި މަންޒަރު އެމެރިކާގެ ސިފައިންގެ ތެރޭގައި ކުރިންއުޅުނު އަދި މިހާރު ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގައި ހުރި ތަންތަން ދިރާސާކުރާ އައިސާކް ރައިޓް ކިޔާ މީހަކު ވީޑިއޯ ކޮށް އަދި އޭނާގެ ޔޫޓިއުބް ޗެނަލްއަށް މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަދުވަހު ވަނީ އަޕްލޯޑްކޮށްފައެވެ.

މި ނުރައްކާތެރި ހަރާކާތް ހިންގާފައިވާ ދުވަހަކާ ބެހޭ ގޮތުން އެ ވީޑިއޯގައި އެއްވެސް މައުލޫމާތެއް ދީފަކާ ނުވެއެވެ. އެހެންނަމަވެސް މެލޭޝިޔާގެ ޕަރްމޯޑަލާން ނާސިއޯނަލް ބަރްހައްދު އިން މިދިޔަ އަންގާރް ދުވަހު ބުނެފައިވަނީ އެބައިމީހުން އެތަނަށް ވަގަށް ވަދެ އެ ޙަރަކާތް ހިންގާފައިވަނީ މިދިޔަ އަހަރު މޭ މަހުގެ 1 ވަނަ ދުވަހުގައި ކަމަށެވެ. ޕީ. އެން. ބީ. ގެ ބަޔާނުގައި ބުނެފައިވަނީ ރައިޓްވެސް ހިމެނޭ އެ ގްރޫޕްހަމަ އެދުވަހު ހައްޔަރުކޮށް މެލޭޝިޔާގެ ގާނޫނުލް އުގޫބާތުގެ 457 ވަނަ މާއްދާގެ ދަށުން އެމީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވިފައި ވާކަމަށެވެ.                                                         

މަރްޑެކާ 118 އަކީ މިހާރުވެސް އިމާރާތް ކުރެވެމުންދާ ތަނެކެވެ. މިޙާދިސާއާއި ގުޅިގެން ޢިމާރާތް ކުރެވެމުންދާ ސަރަޙައްދު ސެކިއުރިޓީ އަދިވެސް އިތުރަށް ވަރުގަދަ ކުރާނެކަމަށް އެ މަސައްކަތް ކުރަމުންގެންދާ ކުންފުނިން ޔަގީންކަން ދީފައި ވެއެވެ. 

އެތަން ނިންމޭނެކަމަށް ލަފާކުރެވެނީ 2023 ގެ މެދެއްހާ ތަނުގައި ކަމަށް އެ މަސައްކަތް ކުރަމުން ގެންދާ ފަރާތުން ހާމަ ކޮށްފައިވެއެވެ. މަރްޑޭކާ 118 ނިމޭއިރު އުސްމިނުގައި 679 މީޓަރު ( ގާތްގަނޑަކަށް 2228 ފޫޓު ) ހުންނާނެއެވެ. 

އެކުންފުނިން އިތުރަށް ބުނެފައިވާ ގޮތުގައި މިގޮތަށް ބަޔަކު ވަގަށްވަދެ އެ ޢިމާރާތަށް އެރުން މެލޭޝިޔާގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމަށާއި އެފަދަ ޙަރަކާތެއްގެ ސަބަބުން އެމީހުންނަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ހުރަސްއެޅި އިންސާނުންގެ ފުރާނެވެސް ގެއްލިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. އަދި މިފަދަ ގޮތަކަށް އެ ޢިމާރާތް ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން ފައިދާ ހޯދުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.           

ވީޑިއޯއިން ފެންނަނީ ރައިޓް އާއި އެހެން ތިން މީހުން މޫނު ފޮރުވައިގެން މަސައްކަތު މީހުންގެ ހެދުމުގައި މަރްޑެކާ 118 ގެ ތެރެއަށްވަގަށް ވަދެގެންދާ މަންޒަރެވެ. އޭގެފަހުން މަޑުމަޑުން ހިގާފާގޮސް އެތާގެ ކޮޓަރި ތަކަށްވަދެ ދެން ސިޑިއަކުން އަރައިގެން ގޮސް އެންމެފަހުން ބަންދުކޮށްފާ ހުރި ސިޑިއަކާ ހަމަޔަށް ދިޔައިރު އެތަންހުރީ ގޭޓަކުން ތަޅުލާފައެވެ. 

ސިޑީގެ އަތްގަނޑުތައް ހުރީ ވަރަށް ދިގު ފޮތިގަނޑަކުން ކަވަރު ކޮށްފައެވެ. އެހިސާބަށް ދިއުމަކީ ހުއްދަނެތް ކަމެއްކަން އަންގާފައި އޮތްނަމަވެސް އެ ގްރޫޕުން އެކަމަކާ ފަރުވާލެއް ނުބަހައްޓައި އެންމެ މައްޗަށް އެރީއެވެ. އެހިސާބުން ވިދުމާއި ގުގުރުމާވެސް އެމީހުން ކުރިމަތިލާން ޖެހުނެވެ.                          

އައިސާކް ރައިޓް އަކީ މީގެކުރިންވެސް ގައުމުތަކުގެ އުސް އިމާރާތްތަކާއި ބްރިޖްތައް ފޮޓޯ ނަގައިގެން އެފޮޓޯތައް އޭނާގެ އޮންލައިން ޕްލެޓްފޯމަށް ލައިގެން ވިޔަފާރި ކުރުމުގެ ކަންތައްގަނޑެއް ފަޅާއަރާފައިވާ މީހެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް