ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލުގެ ޙުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރުމަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ޙައްގަށް ސަރުކާރުން ހުރަސް އަޅަމުން ދާކަމުގައި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ޙުކުމެއްވަނީ 25 ޑިސެމްބަރުގައި އިއްވާފައެވެ.
ޒޭން ވިދާޅުވީ ދަށު ކޯޓުން ކުރާ ޙުކުމް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ޙައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްގެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ އެ ޙައްގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
އަދި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ މައްސަލައަށް ފޯރުވަމުން ދާކަމަށް ޒޭން ވިދާޅުވެފައި ވެއެވެ. އެކަމުގެ ސަބަބުން އަދިވެސް ހައިކޯޓަށް މައްސަލެ ލެވިފައިނުވާކަމީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
ޝަރިޢަތް ނިމުނުގޮތުގެ ތަފްސީލް ރިޕޯޓް ނުލިބި އެ ޙުކުމް ހައިކޯޓްގައި އިސްތިޢުނާފް ނުކުރެވިގެން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމާއި ޕީޕީއެމްގެ ވެރީންވެސް ވަނީ ކްރިމިނަލް ކޯޓްއަށް ތަކުރާރުކޮށް ގުޅައި ކޯޓަށް ގޮސް އެކަން ލަސްވަމުންދާ ސަބަބު ބަޔާންކޮށް ދިނުމަށް އެދިފައެވެ.
One Response
ކީއްވެބާ އިސްތިޢުނާފު ކުރިޔަ ނުދީ ލަސްކުރަނީ. ވެދާނެ މަތީކޯޓަކުން އަވަހަށް ސަލާމަތް ވެއްޖެއްޔާ އިލެކްޝަންގައި ކުރިމަތި ލެވިދާނެތީ ކަމަށްދޯ. ވެރިކަން ބީވެދާނެތީ ދިވެހި ތާރީޚުގައި އެބައޮތް މީހުން މަރައިގެންވެސް ވެރިކަމުގަ ހުރެފާ. ވީމާ ޔާމީނަށް ރިޔާސީ ރޭހުގައި ކުރިމަތި ނުލެވޭނެ ހުރިހާގޮތެއް ހަދާނެކަމަށް ބައްލަވާށެވެ. ކުޅިބައި ހުރިހާގޮތަކަށް ރާއްވަން ޖެހޭނެއެވެ. އެހެނީ ޔާމީނަކީ މިހާރު އެބައިމީހުނަށާއި އިންޑިއާ އަށް އޮތްވަރަށް ބޮޑު ބޮލުގަ ރިހުމަކަށް ވެއްޖެއެވެ. ޖަލުގައި ދެ ކާނާޔަށްވެސް ބަލަން ޖެހޭކަމަށް ދެކެމެވެ.