މާދަމާ ރައީސް ސޯލިޙް އައްޑޫއަށް 

Loading

Facebook
Twitter
WhatsApp

ދެވަނަ ދައުރަކަށް ވެރިކަން ހޯއްދެވުމަށްޓަކާ އެމްޑީޕީ ގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ހިންގަވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މާދަމާ އައްޑު އަށް ވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ޙާއްސަ ރަސްމިއްޔާތަކާއި ގުޅުވައިގެން ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.

އައްޑު އަށް މިކުރައްވާ ދަތުރުފުޅުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ސޯލިޙް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗްގައެވެ.

ރައީސް މިދަތުރުފުޅު ކުރަށްވާއިރު އެ މަނިކުފާނުގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން މިހަފުތާގައިވެސް ބައެއް އަތޮޅުތަކުގައި ކެމްޕޭން ކުރައްވާފައި ވެއެވެ. އެގޮތުން އިއްޔެ އިއްޔެ މާލެ ވަޑައިގެންނެވީ ރ، ނ، ޅ އަދި ބ. އަތޮޅުގެ ކެމްޕޭން ނިންމާލުމަށް ފަހުގައެވެ.

ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28ވާ ހޮނިހިރު ދުވަހުއެވެ. ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިރޭހުގައި ވާދަކުރައްވައެވެ. ކެމްޕޭނަށް ނަޝީދު މި މަހުގެ 23 ގައި އައްޑު އަށް ވަޑައިގަންނަވާ ގޮތަށް މިހާރުވަނީ ހަމަޖެހިފައިވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް