އަވަށްޓެރި އިންޑިއާގެ ލަކްނަވުން ޚަބަރުލިބޭގޮތުގައި އިންޑިއާގެ ހިމާލިޔާ ސަރަޙައްދުގެއުއްތަރުކަންދުގެ ޖޮޝިމަތު ޓައުންގެ ބިންގަނޑު ގަބައިގެންދާތީ އެޓައުނުގައި ދިރިއުޅޭމީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށައިފިއެވެ. އަދި ބިންގަނޑު ގަބއިގެން ދިއުމުގެ ސަބަބުން ވެއްޓިފައިވާ ފައްޅި މަރާމާތު ކުރުންވެސް ހުއްޓާލައިފިއެވެ.
ފައްޅިވެއްޓިގެން އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. ޖޮޝިމަތަކީ ފަންސަވީސް ހާހަކަށް މީހުންގެ އާބާދީއެއް ދިރިއުޅެމުން ގެންދާ އަވަށެކެވެ. އަދި އެއީ ފަރުބަދަ މަތީގައި ގާތްގަނޑަކަށް އަށެއްކަ ހާސް ފޫޓު އުސްމިނުގައި އޮންނަ އަވަށެއްވެސް މެއެވެ. މި އަވަށަށް 2013 އަދި 2019 ގައިވެސް ވރަށް ބޮޑަށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 2015 ވަނައަހަރާއި 2021 ވަނައަހަރާއި ދެމެދު އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމުގެ ގާތްގަނޑަކަށް އަށްހާސް ހާދިސާ މެދުވެރިވެފައިވެއވެ.
ބިންގަނޑު ގަނބައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ހައެއްކަ ސަތޭކަ ގެއެއް ވަނީ ވީރާނާވެ މުޅިން ހަލާކުވެފައެވެ. ޖޮޝިމަތުގައި ދިރިއުޅޭ މީހުން ބުނަނީ މިއީ 2021 ވަނައަހަރު ދިމާވި ފެންބޮޑުވުމަށްފަހު ދިމާވަމުން އަންނަކަމެކެވެ.
ޖޮޝިމަތު ޓައުނުގެ އަވަށެއްގެ އެޑްމިނިސޓްރޭޓަރ ހިމަންޝޫ ޚުރާނާ ބުނާގޮތުގައި އެ އަވަށުން ފަސްދޮޅަހަކަށް ޢާއިލާ މިހާރުވަނީ ރައްކާތެރި ހިސާބަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް މީޑިއާއިން ދޭ މަޢުލޫމާތަށް ބަލާއިރު އެ އަދަދު ހަސަތޭކަ އާއިލާއަށް އިތުރުވުން އެކަށީގެންވެއެވެ.
ޚުރާނާ ބުނާގޮތުގައި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވޭ ޢާއިލާތަކަށް ހަމަސްދުވަސްވަންދެން ކޮންމެމަހަކު ކޮންމެ އާއިލާއަކަށް 4000 ރުފީސް ސަރުކާރުން ދެމުންގެންދާނެއެވެ. ސްޓޭޓް ގެ ޑިޒާސްޓަރ މެނޭޖެމެންގައި ޙަރަކާތްތތެރިވާ ވަރަށް އިސްބޭފުޅަކުކަމުގައިވާ ރަންޖީތު ސިންހާ ދެކޭގޮތުގައި ދިމާވެގެން މިއުޅޭ މައްސަލައަކީ ނަރުދަމާހޮޅި އެޅުމުގައި ހެދިފައިވާ ގޯސްތަކެއްގެ ނަތީޖާއެވެ.
One Response
އެނގެމުންދާ މިފަދާ އެނގުންތަކަށް ބަލާއިރު އިންޑިއާއިން ކުރާ މިބާވަތުގެ މުހިންމު ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ މަސައްކަތްތައް އަމިއްލަޤައުމުގައިވެސް ދޯހަޅިއެވެ. ހިތަށްއަރަނީ އެހެން ޤައުމެއްގައި އެމީހުން ހިންގާ މަޝްރޫޢު ތަކުގެ މަސައްކަތުގެ ފެންވަރު ކިހިނެތްވާނެބާއޭ؟؟؟