މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ފަސިންޖަރުންގެ ސަމާލުކަމަށް

Loading

Facebook
Twitter
WhatsApp

މެލޭޝިޔާއަކީ ވަރަށްގިން ދިވެހިން އެކިއެކި ބޭނުމުގައި ގޮސް އުޅޭ މަންޒިލެކެވެ. އެހެންކަމާއިއެކު މެލޭޝިޔާއަށް ދަތުރުކުރުމުގައި ލިބޭ ލުއިތަކާއި ދިމާވެދާނެ ގޮންޖެހުންތައް އެނގިފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ.  

ޗައިނާގައި އިތުރުވަމުންދާ ކޯވިޑް 19 ގެ ބަލިމަޑުކަމާހުރެ މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ދަތުރުވެރިންގެ ކިބައިގާ ކޯވިޑް 19 ގެ އަލާމާތެއް ހުރިތޯ ބެލުން އިތުރަށް ފުޅާކުރަން މެލޭޝިޔާ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ދަތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެފައިވަނީ އަހަރެމެން ވަކި ގައުމަކުން ދަތުރުކުރާ މީހުންފާހަގަކޮށް އެމީހުންނާއިމެދު ތަފާތު ފިޔަވަޅުތަކެއް ނާޅާނެކަމަށެވެ.

އަންވަރު ވިދާޅުވީ އަހަރެމެން އަޅަންބޭނުންވަނީ މެލޭޝިޔާގެ ރައްޔިތުންނާއި އަދި ޒިޔާރަތްކުރާ މެހެމާނުންނަށްވެސް ފުރިހަމަ ސިއްޙަތެއް ކަށަވަރު ކުރެވިދާނެ ފިޔަވަޅު ތަކެކެވެ. އެކަމުގައި ވަކި ގައުމަކުން އަންނަ ދަތުރުވެރިންނާއި ފަތުރުވެރިން ތަފާތެއް ނުކުރާނަމެވެ. އަހަރެމެން އަޅަން ގަސްދުކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި އެއްވެސްގައުމެއް އިންތިސްނާ ކުރުމެއް ނޯންނާނެއެވެ. މެލޭޝިޔާއިން އަޅަންގަސްދު ކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިބެހޭ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ޗައިނާގައި އާދަޔާ ޚިލާފަށް ކޯވިޑް 19 ފެތުރެމުންދާތީ މިވަގުތަށް އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާއިން ދަތުރުކުރާ ފްލައިޓްތަކުގެ ފާޚާނާއާއި ތަށިދޮންނަފެން ތަޙްލީލު ކުރާނެކަމަށް މެލޭޝިޔާގެ ސިއްޙީ ވަޒީރު ޒަލީހާ މުސްތަފާ މިދިޔަ ހަފްތާގައި ވިދާޅުވެފާވެއެވެ.  

ކޯވިޑް 19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ޗައިނާއަކީ މެލޭޝިޔާގެ އެންމެ ބޮޑު ޓްއަރިޒަމް މާރކެޓެވެ. އަހަރަކު މެލޭޝިޔާއަށް ޒިޔާރަތްކުރާ ގާތްގަނޑަކަށް 27 މިލިއަން ފަތުރުވެރިންގެ ތެރެއިން ޗައިނާއަށް ނިސްބަތްކުރެވޭ 3 މިލިއަނަށްވުރެން ގިނަ މީހުން ޒިޔާރަތް ކުރާކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް