ޤާނޫނީ ކަންކަން - ކޯޓުން ބޭރުން ކަންކަން ހައްލު ކުރުން 1

Loading

Facebook
Twitter
WhatsApp

(މިއީ އަޅުގަނޑު ޑިޑްރީ ކޯސްގައި ހެދި އެސައިންމަންޓް އެކެވެ)ކިއުންތެރީންނަށް މުހިންމު މަޢުލޫމާތުކޮޅެކެވެ.

އިސްލާމީ ޖުޑިޝަރީގައި އާބިޓްރޭޝަންގެ ދައުރު

ތައާރުފު

އެންމެހައި ޙަމްދާއި ސަނާ ޙައްޤުވެގެން ވަނީ އާލަމްތަކުގެ ވެރި އިލާޙު މާތްﷲ އަށެވެ. އަދި އެންމެހައި ޙަމްދާއި ސަނާ ލެއްވުން އެދި ދުޢާކުރަނީ އާލަމްތަކަށް ރަޙުމަތެއް ކަމުގައި ލައްވާ ފޮނުއްވެވި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلّم އަށެވެ. އަދި ޞަލަވާޠާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުންގެ މައްޗަށެވެ.

​       މާތް ﷲ ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވަނި “ فَلَا وَرَبِّکَ لَا یُؤۡمِنُوۡنَ حَتّٰی یُحَکِّمُوۡکَ فِیۡمَا شَجَرَ بَیۡنهمۡ ثُمَّ لَا یَجِدُوۡا فِیۡۤ اَنۡفُسهمۡ حَرَجًا مِّمَّا قَضَیۡتَ وَیُسَلِّمُوۡا تَسۡلِیۡمًا “ މާނައީ “ އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފަދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙަކަމް ވެރި ކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން ( އެ ނިޔާއަށް ) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ“ މި  ބަޔާން ކުރެވުނު ދަލީލުންވެސް އެނގެނީ އިސްލާމީ ޖޫޑިޝަރީގައި އާރބިޓްރޭޓަރ އެއްގެ މުހިންމުކަމެވެ. 

    އަރަބި ބަހުގައި އާބިޓްރޭޝަންއަކީ “ ތަޙްކިމް “  އެވެ. ޞުލްޙަ ހުދައިބިއްޔާގެ މަޝްވަރާތައް ހިނގަމުންދިޔައިރު ކީރިތި ރަސޫލާ صلى الله عليه وسلّم މިއާޔަތުގެ މައްޗަށް އަލިއަޅުވާލެއްވިކަން އެނގެން އޮވެއެވެ.މިހެންކަމުންވެސް އިސްލާމީ ޖޫޑިޝަރީގައި އާބިޓްރޭޝަން އެދައުރުގައިވެސް ފައްކާވެފައިވާކަން އެނގެން އެބައޮތެވެ. 

      ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނު 2013/10 ގެ 7 ވަނަ މާއްދާގައި އާބިޓުރޭޝަން ކަމަށް ބަޔާންކޮށްފައިވަނީ “ “ އާބިޓްރޭޝަން“ ކަމަށް ބުނެފައިއެވަނީ، ޤާނޫނު ޤަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، ޝަރުޢީ ކޯޓަކަށް ހުށަހެޅުމުގެ ބަދަލުގައި، މި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ޢައްޔަނުކުރާ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ބަލައި، އެފަރާތުން އެ މައްސަލަ ނިންމައިދޭ ގޮތަށް ތަބާވެ އެ މައްސަލަޙައްލުކުރުމުގެ ބައިނަލްއަޤްވާމީ އުޞޫލަށެވެ. “ އަދި ހަމަ އެޤާނޫނުގެ 9 ވަނަ މާއްދާގައި އާބިޓްރޭޓަރކަމަށް ބަޔާންކޮށްފައިވަނީ } “ އާބިޓްރޭޓަރު“ ކަމަށް ބުނެފައިއެވަނީ، މައްސަލައެއް ބަލައިދީ ގޮތެއް ކަނޑައެޅުމަށް އައްޔަނުކުރެވޭ، އަދި އެ މައްސަލައެއް ބަލައިދީ، ގޮތެއް ކަނޑައަޅައިދިނުމަށް ހުށަހެޅިފައިވާ،ތިންވަނަ ފަރާތުގެ މާނައިގައި ހިމެނޭ މީހާއަށް ނުވަތަ މީހުންގެ ތެރެއިން މީހަކަށެވެ. {

އަޅުގަނޑުގެ ދުޢާއަކީ މި އެސައިމަންޓްގެ ސަބަބުން ބަޔަކަށް މަޢުލޫމާތުތަކެއް ލިބި އަޅުގަނޑުގެ މި މަސައްކަތުގައި ބަރާކާތް ލެއްވުމެވެ. އާމީން!

ދިރާސާ ކުރުމުގެ ބޭނުން

      އިޚުތިޔާރީ ބާރު ނުވަތަ އާބިޓުރަރީ ޕަވަރ ދައުލަތެއްގައި ނެތުމުން ވަރަށް ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން، ދައުލަތަށް ލިބިގެންވާ ބާރުތައް އޮންނަންވާނީ ގާނޫނުން ގައިދުކުރެވި މަހުދޫދު ކުރެވިފައެވެ. ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކުރާނީ ގާނޫނުންނެވެ. މިގޮތަށް ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމަކީ، ދައުލަތަށް ފުޅާ އިޚުތިޔާރީ ބާރުތައް ލިބިނުދިނުމަށާއި އެފަދަ އިޚުތިޔާރީ ބާރުތައް ހަމައެއް ލަމައެއްނެތި ހިތަށް އެރި ގޮތަކަށް ބޭނުންކޮށްފާނެތީއެވެ. ދައުލަތުގެ ބާރުތަކަކީ ރައްޔިތް އަމާންކަމާއި، ޞުލްޙަ މަސަލަސްކަމުގައި ގެންގުޅެންޖެހޭ އާލާތަކަށް ވާއިރު އެ އާލާތް ކޮންޓްރޯލް ކުރުމުގެ ރިމޯޓްވެސް ދައުލަތުގެ ކިބައިގައި އޮންނާންޖެހޭނެއެވެ. ދައުލަތުގެ ކަންކަން ރާވާ ހިންގުމުގައި ނަންގަނެވުނު ރިމޯޓްގެ ނާޖާއިޒު ފާއިދާ ނަގައިގެންނުވާނެއެވެ.  

      އިސްލާމީ ޝަރީޢަތުގައިވެސް މިކަން އޮތީ މިމޭރުމުންނެވެ. އެހެންނޫނީ އެމީހަކު ބޭނުން ގޮތަކަށްއުޅެ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި މީސްތަކުން ގެއްލުމުގެ ތެރެއަށް ހިނގައިދާނެއެވެ. މިދިރާސާ ކުރުމުގެ ބޭނުމަކީ އިސްލާމީ ޖޫޑިޝަރީގައި އާބީޓްރޭޝަން ނުވަތަ އިޚުތިޔާރު ގެ ދައުރު އޮތް ގޮތަށް ބަލާލުމެވެ.    

​       އާބިޓްރޭޝަން ނުވަތަ ތަޙްކިމް ނުވަތަ އިޚުތިޔާރު އަކީ ބައެއްގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެ ހިނދުގައި އެކަމެއް ޞުލްޙަވެރިކަމުގައި ޙައްލުކުރުމަށް ހުޅުވިފައިވާ މަގެވެ. އެމަގަކީ މައްސަލައިގައި ނުހިމެނޭ ތިންވަނަ ފަރާތެއް ހިމެނިގެން ނޫނީ ބެލުމުގެ ދަށުން މައްސަލަދިމާވެގެން އުޅޭ ދެފަރާތުން ބައްދަލުވެ ވާހަކަދައްކައިގެން އެ މައްސަލަ ޙައްލު ކުރުމެވެ. އާބިޓްރޭޝަން އަކީ އެއްވެސް ގޮތެއްގައި އިސްލާމީ ޖުޑިޝަރީއާ ދެކޮޅު ކަމެއް ނޫނެވެ. އެއީ އިސްލާމީ ޖުޑިޝަރީގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން އަޅުގަނޑުގެ މިދިރާސާ އިން ހާމަވެގެންދާނެއެވެ. 

ދިރާސާގެ ހޯދުންތައް

     އިސްލާމީ ޖުޑިޝަރީގައި އާބިޓްރޭޝަން ހުއްދަ ކުރެވިފައިވާކަން ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތުން އެނގެން އޮވެއެވެ. އިސްލާމީ ފިޤުޙު ޢިލްމްވެރިން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައެވެ. އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ލިއާން ކުރުމާއި އަދި އަދަބު ކަނޑައެޅިގެންވާ ކުއްތަކުގައި އާބިޓްރޭޝަން އެއް ނޯވެއެވެ. ބައެއް އިސްލާމީ އަދި އަރަބި ޤައުމު ތަކުގައި އެބައިމީހުންގެ ޤާނޫނުތަކުގައި އާބިޓްރޭޝަން އަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ނައިޖީރިއާ އަދި މެލޭޝިއާ ފާހަގަ ކުރެވެއެވެ. އަނެއްބައި ޤައުމުތަކުގައި އާޞިޓްރޭޝަން އަކީ މިނިވަން ދާއިރާއެއް ކަމުގައި ބަލައެވެ. އެގޮތުން ޔުނައިޓެޑް އެރެބް އެމިރޭޓްސް ފާހަގަ ކުރެވެއެވެ. އެއީ އެޤައުމުގެ ފެޑެރަލް ޤާނޫން ނަންބަރު 2018/06 އިންނެވެ. ގިނަ އިސްލާމީ އަދި އަރަބި ޤައުމުތައްވަނީ 1958ގެ ނިއުޔޯރކް ކޮންވެންޝަންގައިވެސް ބައިވެރިފައެވެ.  އޭޕްރީލް 1995ގައި އަބޫދާބީގައި ބޭއްވުނު ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑެމީގެ ބައްދަލުވުމުގައި އާބީޓްރޭޝަންއަކީ ޞުލްހަވެރި އެއްބަސްވުންތައް ގާއިމް ކުރުމަށް ޞައްޙަ ކަމެއްކަމަށް ހިތްވަރު ދެއްވައި އަދި މައްސަލަ ޖެހިފައިވާ ދެފަރާތެއް، ތިންވަނަ ފަރާތެއްގެ އެހީގައި މައްސަލަ ހައްލުކުރުން އިސްލާމީ ޖުޑިޝަރީގައި އޮންނަކަމާއި، އެވެވުނު އެއްބަސްވުން ގާއިމް ކުރަންޖެހޭނެ ކަމަށްވެސް ކަނޑައެޅުއްވިއެވެ.

އިސްލާމީ ޖުޑިޝަރީގައި ޤަބޫލުކުރެވޭ މައްސަލަ ހައްލު ކުރުމުގެ ވައްތަރުތަކަކީ:

(ހ) ޕްރައިވެޓް ސެޓްލްމަންޓް (ޞުލްޙަ)

ޕްރައިވެޓް ސެޓްލްމަންޓްގައި ދޭދޭ ފަރުދުން އެއްބަސްވަނީ ތިންވަނަ ފަރާތެއް ބައިވެރިނުކޮށް ޞުލްޙަ ވުމެވެ. ބަހަވީ ގޮތުން ޞުލްޙަގެ މާނައަކީ މައްސަލައެއްގެ ނިމުމެވެ. ޤާނޫނީ މާނައަކީ އެއްބަސްވުމެއްގެ ދަށުން މައްސަލައެއް ނިމުމެވެ. މީގެ ދަލިލަކީ ކީރިތި ޤުރުއާނުގެ އައްނިސާ ސޫރަތުގައި 128 ވަނަ އާޔަތުގައި މާތް ﷲ  ވަޙީ ކުރައްވާފައި ބަސްފުޅެވެ. “  وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا “ މާނައީ “ ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްހަ ވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްހަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން އިޙުސާން ތެރިވެ އަދި ތަޤުވާ ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّهވޮޑިގެންވެއެވެ.“

(ށ) ޤާޟީ އައްޔަން ކުރެވިގެން (ޤަޟާ) 

އެންމެ އާންމު އަދި އެންމެ ބާރުގަދަ މައްސަލަ ހައްލު ކުރުމުގެ ބާވަތަކީ ޤާޟީ އެއް އައްޔަންކޮށް ކުރެވޭ ޙުކުމްއެވެ. އާދައިގެ ގޮތުންނަމަ ޤަޟާ އެވެ. މިކަމުގެ ދަލީލަކި ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 49 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަފައިވާ ބަސްފުޅެވެ. “ وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ  “ މާނައީ “ އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ﷲއިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ. “ 

(ނ) އާބިޓްރޭޝަން (ތަޙްކީމް)

މައްސަލަ ޖެހިފައިވާ ދެފަރާތުން އާބިޓްރޭޓަރ އެއް އައްޔަން ކުރެވެއެވެ. ބަހަވީ މާނައަކީ ތަޙްކީމް އެވެ. މިކަމުގެ ދަލީލަކި “ وَاِنۡ خِفۡتُمۡ شِقَاقَ بَیۡنهمَا فَابۡعَثُوۡا حَکَمًا مِّنۡ اهله وَحَکَمًا مِّنۡ اهلها ۚ اِنۡ یُّرِیۡدَاۤ اِصۡلَاحًا یُّوَفِّقِ اللّه بَیۡنهمَا ؕ اِنَّ اللّه کَانَ عَلِیۡمًا خَبِیۡرًا “ މާނައީ “ އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އެނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަ ކުރުމަށް އެދެމީހުން ޤަސްދު ކުރާނަމަ، ﷲ އެ ދެމީހުން ޞުލްޙަ ކުރައްވައި، އެއްބަސް ކުރައްވައި ފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ.“

(ރ) މެޑް-އާބް (ޞުލްހަ އަދި ތަޙްކީމް ގެ އެއްކުރުމެއް)

މީޑިއޭޝަން އަދި އާބިޓްރޭޝަން ގެ އެއްވުމެކެވެ. މިއީ ނަންގަނެވުނު ދެބައިން އުފެދިފައިވާ ހައިބްރިޑް ބާވަތެކެވެ. މީގެވެސް ދަލިލަކީ އައްނިސާ ސޫރަތުގެ 35 އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުލެވެ.  

(ބ) މުހުތަސިބް (އޮމްބަޑްސްމަން)

އޮމްބަޑްސްމަންގެ އިދާރާ އަކީވެސް އާބިޓްރޭޝަންގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. އެއީ ޕްރައިވެޓް އަދި ޕަބްލިކް ދާއިރާގައިވެސް މައްސަލަ ހައްލުކުރުމަށް މިޒަމާނުގައި ބޭނުންކުރެވޭ ބާވަތެކެވެ. އަރަބި ބަހުންނަމަ މުހުތަސިބް އަކީވެސް އިސްލާމް ދީން ބަލައިގަނެފައިވާ ބާވަތެކެވެ. މިކަމުގެ ދަލީލަކީ އާލްއިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެވެ. “  وَلۡتَکُنۡ مِّنۡکُمۡ اُمَّۃٌ یَّدۡعُوۡنَ اِلَی الۡخَیۡرِ وَیَاۡمُرُوۡنَ بِالۡمَعۡرُوۡفِ وَیَنهوۡنَ عَنِ الۡمُنۡکَرِ ؕ وَاُولٰٓئِکهمُ الۡمُفۡلِحُوۡنَ “ މާނައީ “ ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރު ކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.“

(ނުނިމޭ)

ރިފަރެންސް

ކީރިތި ޤުރުއާން

ކީރިތި ޤުރުއާން ދިވެހި ތަރުޖަމާ

https://alislam.org/quran/app

https://zulkiflihasan.files.wordpress.com/2008/06/week-xi-arbitration-in-islamic-law.pdf

https://www.lse.ac.uk/law/working-paper-series/2007-08/WPS2008-12-Al-Ramahi.pdf

https://www.mvlaw.gov.mv/pdf/ganoon/chapterVIII/10-2013.pdf

https://eprints.lancs.ac.uk/id/eprint/133607/1/11003801.pdf

https://s3.amazonaws.com/documents.lexology.com/c39b3f84-b5c8-43f1-9fb2-6fb4483fab41.pdf?AWSAccessKeyId=AKIAVYILUYJ754JTDY6T&Expires=1666244614&Signature=GdHHV%2BSWIzxx8%2FHiyX86CQp9ZSs%3D

https://uncitral.un.org/sites/uncitral.un.org/files/media-documents/uncitral/en/new-york-convention-e.pdf

http://nigerianlawguru.com/articles/arbitration/ARBITRATION%20UNDER%20THE%20ISLAMIC%20SHARIA.pdf

https://www.ijicc.net/images/vol9iss10/91016_Arifin_2019_E_R.pdf

https://core.ac.uk/download/pdf/234694604.pdf

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް